ޕީޕީއެމްގެ ހޯޕް ކޮންފަރެންސް ގެ ތެރެއިން
ހަބަރު
02 Feb 2023 | 22:52
ޕީޕީއެމުން ދީން ހަތިޔާރަކަށް ނުހަދާނެ: ޝިޔާމް

ޕީޕީއެމުން ދީން ހަތިޔާރަކަށް ނުހަދާނެ ކަމަށާ، ރައީސް ޔާމީން ވެރިކަން ކުރެއްވީވެސް ދީން ހަތިޔާރަކަށް ހަދައިގެން ނޫން ކަމަށް އެޕާޓީގެ ނައިބްރައީސް އަހްމަދް ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ޕީޕީއެމް އިން މިހާރު ކުރިއަށް ގެންދަ ހޯޕް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

ޕީޕީއެމްގެ އަގުކުރުންތައް މައިގަނޑު ގޮތެއްގައި އޮތީ ދެބަޔަކަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެއީ ޤައުމިއްޔަތާއި ގުޅުން ހުރި ބަޔަކާއި ސިޔާސަތުތަކާއި ގުޅުން ހުރި ބައެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޤައުމިއްޔަތާއި ގުޅުންހުރި ބައިގައި އިސްލާމް ދީނާއި، ޤައުމިއްޔަތާއި، މިނިވަންކަމާއި ގުޅޭ އަގުކުރުންތައް ހިމެނެއެވެ.

"ދީނާއި ޤައުމިއްޔަތާއި ސިޔާސީ ޕާޓީތަކަށް ވިއްކޭނެ އެއްޗެއްނޫން، އަޅުގަނޑުމެން ނުވެސް ވިއްކަން" ޝިޔާމް ވިދާޅުވިއެވެ.

ދީން ހަތިޔާރަކަށް ހަދައިގެން ޕީޕީއެމުން މަސައްކަތެއް ނުކުރާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އިސްލާމް ދީނަކީ ހިމާޔަތް ކުރަން ޖެހޭ އެއްޗެއްކަމަށް ޤަބޫލްކޮށްގެން، އިސްލާމް ދީނުގެ މަތީގައި އަސާސްތައް ޤާއިމްކުރާ ބައެއް" ޝިޔާމް ވިދާޅުވިއެވެ.

ހޯޕް ކޮންފަރެންސްގެ ތެރެއިން

ރައީސް ޔާމީނުގެ ޒައާމަތުގައި އިސްލާމްދީން ހިމާޔަތް ކުރުމަށް އެމަނިކުފާނު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ ދީނީ ތައުލީމް އަށަގަންނަވައި ދީނީ ތައުލީމް އުގަންނައި ދެއްވުމަށްޓަކައި އިސްލާމިކް ޔުނިވަރސިޓީ އެއް އުފެއްދެވި ކަމަށާއި، ދީނީ ވައުޒު ވިދާޅުވުމަށް ޓަކައި ބޭރުން ބޭފުޅުން ގެންނަވައި ވަރަށް ގިނަ ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށާއި، އިސްލާމް ދީން ހިމާޔަތް ކުރުމުގެ މަސައްކަތް ޢަމަލުން ދައްކަވައިފައިވާ ކަމަށެވެ.

"ރައީސް ޔާމިން އެއްވެސް ހާލަތެއްގައި ދީން ހަތިޔާރަކަށް ހައްދަވައިގެން ވެރިކަން ކުރެއްވީކީ ނޫން، އިސްލާމް ދީނުގެ ހައްޤުގައި ވިދާޅުވާން ޖެހޭ އެއްވެސް ބަސްފުޅެއް ވިދާޅުވުމަކަށް އެމަނިކުފާނު ފަސްޖެހިވަޑައިގެންފައެއް ނުވޭ" ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ރައީސް ޔާމިން ދިޔައީ ދިވެހިންގެ ކަންކަމުގައި ގޮތް ނިންމުމުގެ ބާރާއި އިޚްތިޔާރު އޮތީ ދިވެހިންގެ އަތް މަތީގައި ކަން ޤަބޫލް ކުރައްވައި އެގޮތުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިހާރު ފެންނަމުންދަނީ ދިވެހިންގެ އަތްމަތިން އެބާރު މުޅިން ގެއްލިފައިވާ މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.