ހޯޕް ކޮންފަރެންސް ގައި ސައީދު ވާހަކަ ދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ހަބަރު
03 Feb 2023 | 13:17
ރައީސް ޔާމީންގެ އިގްތިސާދީ މޮޑެލް ދުނިޔޭގެ ބައެއް ލީޑަރުން އެބަ ބޭނުން ކުރައްވާ: ސައީދު

އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ އިގްތިސާދީ، ބައެއް މޮޑެލް ދުނިޔޭގެ ބައެއް ލީޑަރުން ބޭނުން ކުރައްވަމުންދާ ކަމަށް އެމަނިކުފާނުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް، އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ "ހޯޕް ކޮންފަރެންސް" ގެ ރޭގެ ސެޝަންގައި ޕީއެންސީގެ ނައިބު ރައީސް ސައީދު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި  އެމަނިކުފާނު ގެންގުޅުއްވި ހަރުދަނާ އިގްތިސާދީ ސިޔާސަތު ތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.  

އެގޮތުން ރައީސް ޔާމީން މަޝްރޫއުތަކަށް ފައިސާ ހޯއްދެވި ގޮތާއި، މިނިވަން ބާޒާރުގެ ތެރެއިން ރާއްޖެއަށް ފްރީ ޓްރޭޑް ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދެއްވި ކަމަށާ،  އަދި ބައިނަލްއަގުވާމީ ބޭންކިންގެ ހިދުމަތްތަކާއި، ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމާއި، ދިވެހި ވިޔަފާރިއަށް ފަހި ސިޔާސަތުއް އެކުލަވާލައި، ޑޮލަރުގެ ބާޒާރު މެނޭޖުކުރުން، ބައިނަލްއަގުވާމީ ރޭޓިން ހިފެހެއްޓެވިކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދެވި ސޮވެރެއިން ޑިވެލޮޕްމަންޓް ފަންޑް ވެސް އުފެއްދެވީ އެމަނިކުފާނުކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެ ފަންޑުގައިވާ ފައިސާ ބޭރުދުނިޔޭގައި އިންވެސްޓް ކުރުމަށް ބޭރުގެ ފަރާތްތަކާއިވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. 

"މިއީ ދިވެހިރާއްޖެ، ސްވިޒަލެންޑް އަކަށް ވިއްޔާ ސްވިޒަލޭންޑް އަކަށް ވާ ގޮތަކީ، ދިވެހިރާއްޖެ ސިންގަޕޫރަކަށް ވިއްޔާ ސިންގަޕޫރަކަށް ވާގޮތަކީ، ދިވެހިރާއްޖެ ދިވެހިރާއްޖެ އަކަށް ވަންޏާވެސް ކުރިމަގުގައި ޒުވާނުންގެ އުއްމީދު ގުޅިފައި ހުރީ މި ކަހަލަ ލީޑަރަކާ. ކޮންކަހަލަ ލީޑަރަކާ. ރައީސް ޔާމީން ކަހަލަ ލީޑަރަކާ." ސައީދު ވިދާޅުވި އެވެ.

މިއާއެކު ސައީދު ވަނީ ރާއްޖޭގެ އިގްތިސާދު ދަށަށް ނުގޮސް އަބަދުވެސް ކުރިއެރުވުމުގެ ގޮތުން، ޚާއްސަ ސްޓްރެޓެޖިކް ޕްރޮޑަކްޓް ތަކުގައި ރައީސް ޔާމީން އިންވެސްޓް ކުރެއްވި ކަމަށެވެ. 

"މިސާލަކަށް މަހާ ޖައްރާފް. ހަމައެކަނި ހިންގުމުގެ ނިޒާމަށް ގެނައި ބަދަލު. ދިވެހިރާއްޖެ ކެބިނެޓް ދެބަޔަކަށް ބަހާލައިގެން އިކޮނަމިކް ކައުންސިލް އަކާއި އުފެއްދެވީ. އަޅުގަނޑު ފަޚުރުވެރި ކަމާއި އެކު ދަންނަވާލާނަން، މި މޮޑެލް އޭރުގެ ރައީސް ޔާމީން އާއި ވާހަކަފުޅު ދެއްކެވި ބައެއް ދުނިޔޭގެ ލީޑަރުން، (މިއީ) މާ ބޮޑު ކޮށްލާފައި ދައްކާ ވާހަކައެއް ނޫން، މި މޮޑެލް އެބަ ޕްރެކްޓިސް ކުރައްވާ." ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް
އަލީ ބިން ޔޫސުފް
އެއީ އަމިއްލަ ޖީބުންނުލާ އެންމެ އަގުބޮޑު އޭރިޔާއިން ބިމެއް ގަނެ ގަޑުވަރެއް ހެދޭނެ މޮޑެލެކެވެ. އެހެންވީމާ، އެމޮޑެލް ޑިކްޓޭޓަރުންނަށް ވަރަށް މުހިންމުވާނެއެވެ.
03 Feb 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.