ވިނަރެސް ފްލެޓް-- ފޮޓޯ: އެޗްޑީސީ
ވިޔަފާރި
03 Feb 2023 | 16:09
ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ހުޅުމާލޭ ދެ ވަނަ ފޭސްގައި އަޅާފައިވާ 'ވިނަރެސް' ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާއްމުކޮށްފި އެވެ. 

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ދާއިމީ ލިސްޓު ނެރުނީ، ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށް ފަހު، ޕްލޭނިން މިނިސްޓްރީން މުރާޖައާކޮށްފަ ކަމަށެވެ. އަދި އެ ލިސްޓުގައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތައް ކަމަށްވާ ސީލައިފާއި ހިޔާ އަދި ގުޅީފަޅު ކެޓަގަރީގެ އެއްވެސް މީހަކު ނުހިމެނޭ ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ، ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށް ވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެންމެ ފޯމަކާއެކީގައި ކަމަށެވެ. އަދި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައިވީ ނަމަވެސް އެ ފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށާ، އެކަން ހައްލު ކުރުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. 

މިއާއެކު އެޗްޑީސީން ބުނީ، ވިނަރެސް މަޝްރޫއުން އެޕާޓްމެންޓް ގަތުމަށް ދެން ކުރިއަށް އޮތް މަރުހަލާއަކީ އާއްމު އުސޫލުގެ ދަށުން އަލަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔަތުކަން ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުުން ކަމަށެވެ. އަދި މި މަރުހަލާ ފުރިހަމަވުމުން، ބުކިން ފީ ނެގުމާއި ވިނަރެސް އެޕާޓްމެންޓް އިހްތިޔާރު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. 

އެޗްޑީސީން އިތުރަށް ބުނީ، އެޕާޓްމެންޓް އިހްތިޔާރުކުރުމަށް ފަހު 'ލީސް ޓު އޯން' އަދި 'ފުލްޕޭމަންޓް މޮޑެލްް' ހިޔާރުކޮށްފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔަތުކަން ކަށަވަރު ކުރާނީ ތިން ވަނަ ފަރާތެއް މެދުވެރިކޮށް އިވެލުއޭޝަން ހެދުމަށް ފަހުގައި ކަމަށާ،އަދި ޕޭމަންޓް މޮޑެލް ހިޔާރު ކުރި މީހުންނަށް ފްލެޓް ކަށަވަރު ވާނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމަށް ފަހު، މާލީ ގާބިލިއްޔަތުކަން ފުރިހަމަ ވާކަމަށް 'ތާޑް ޕާޓީ އިވެލުއޭޓަރުން' ނިންމުމުން ކަމަށެވެ.

ވިނަރެސް އަކީ ހުޅުމާލެ ފޭސް 2 ގައި އެޗްޑީސީއިން ތަރައްޤީކުރަމުން އަންނަ މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. މި މަޝްރޫއު އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ފެއްޓެވި މަޝްރޫއުއެކެވެ.

މި މަޝްރޫއުގައި ޖުމްލަ 1344 އެޕާޓްމަންޓް ހިމެނޭގޮތަށް ޖުމްލަ 10 ޓަވަރު ހިމެނެއެވެ. އަދި މިތަނުގައި 2 ވައްތަރެއްގެ އެޕާޓްމަންޓް ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓު ހިމެނޭ މި އެޕާޓްމަންޓް ތަކުގައި 3 ކޮޓަރި އަދި 3 ފާހަނާ އަދި ބެލްކަނީ ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.