ޝަންމަ ދަރިފުޅާއި އެކު އޮފީހުގައި: ފޮޓޯ/ ޝަންމަ އިންސްޓަގްރާމް
ހަބަރު
03 Feb 2023 | 16:41
ވިހައިގެން ޗުއްޓީއަށް ލިބުނީ ދެމަސް؛ އޮފީހަށް ދިޔައީ ތުއްތު ދަރިފުޅު ގޮވައިގެން

ދަރިފުޅު ވިހައިގެން އޮފީހުން ޗުއްޓީ އިތުރުކޮށް ނުދިނުމުން ދެމަހުގެ ތުއްތު ދަރިފުޅު ގޮވައިގެން އޮފީހަށް ނިކުމެއްޖެ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރެއް ކަމަށްވާ މަރިޔަމް ޝަމްއާ އިބްރާހިމް (ޝަންމަ) އޭނާގެ ހާލަތު ބަޔާންކޮށް އިންސްޓަގްރާމް ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ތުއްތު ދަރިފުޅަށް ދެ މަސް ވީތަނާ މަސައްކަތަށް ނުކުތުމަށް އޮފީހުން އެންގި ކަމަށެވެ.

އަދި އެފަދައިން އެންގުމުން އޭނާގެ ޗުއްޓީގެ މުއްދަތު އިތުރު ކޮށްދިނުމަށް އޮފީހުގައި އެދުނު ކަމަށާ، އެހެން ނަމަވެސް، އޮފީހުން އޭނާއަށް އެންގީ މުސާރަ ނުލިބޭ ގޮތަށް ނަމަ ގޭގައި މަޑު ކުރެވޭނެ ކަމަށާ، އެނޫން ގޮތަށް ޗުއްޓީ އިތުރު ކުރެވެން ނެތް ކަމަށެވެ.

"އަހަރެންގެ ޗުއްޓީގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި އޮފީހުގެ ހެޑްގެ އަރިހުގައި އަހަރެން އާދޭސް ކުރިން. (އެއީ ޗުއްޓީގައި ހުރެވެސް މަސައްކަތް ކުރާގޮތަށް.) އެހެން ނޫނީ ހަމަސް ނޫނީ ދަރިފުޅަށް 4 މަސް ވަންދެން ނަމަވެސް ޗުއްޓީ އިތުރު ކޮށްދިނުމަށް. އެހެންނަމަވެސް އެތަނުން އެއްގޮތެއްވެސް ހަމަޖައްސައި ނުދިން". ޝަންމަގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

އެހެންކަމުން، ގަޑި އިރަކުން ގަޑި އިރަކުން ތުއްތު ދަރިފުޅަށް ގާތުން ދެމުން ގެ އާއި އޮފީހާއި ދެމެދުގައި ދުވަން ޖެހުމަކީ ވަރަށް ވެސް އުނދަގޫ ކަމަކަށް ވާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވުމުން ދަރިފުޅު ގޮވައިގެން އޮފީހަށް ދާން ޖެހުނީ ކަމަށް އޭނާ ޕޯސްޓް ކޮށްފައި ވެއެވެ.

ޝަންމަގެ ޕޯސްޓުގައި އޭނާ އިތުރަށް ވިދާޅުވީ، އޭނާގެ ދަރިފުޅަކީ ޕްރީޓާރމް ނުވަތަ ދުވަސް ނުފުރައި ވިހޭ ދަރިއެއް ކަމަށެވެ. އެހެން ކަމުން ދަރިފުޅު ވިހޭއިރުގައި ބަރުދަން ވަރަށް ދަށް ކަމަށާ، ވޭތުވެދިޔަ ދެ މަހަކީީ ވަރަށް އުފާވެރި ދެމަސް ކަމުގައިވީ ނަމަވެސް ގޮންޖެހުންތަކާއި ދިމާވިކަމަށެވެ.

"ދަރިފުޅު ރޭގަނޑު ރަނގަޅަށް ނުނިދާ. ވަރަށް ގިނައިރު ރޯނެ. އެހެންވެ ދެމައިންނަށް އެއްވެސް ވަރަކަށް ހަމަނިންޖެއް ނުލިބެ. ވަރަށް ވަރުބަލި ކަން މަތީގައި އުފަލާއި އެކުގައި ދަރިފުޅު ބަލަމުން މި ދަނީ." ޝަންމަ ވިދާޅުވެފައި ވެއެވެ.

ވިހެއުމާ އެކު ކޮންމެ އަންހެނަކަށް ވެސް ހަ މަހުގެ ޗުއްޓީއެއް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނަމަވެސް، އެ އުސޫލު، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަކަށް ނޯވެ އެވެ. އެކަމަކު އެއީ އެ މުއައްސަސާގެ އެތެރެއިން، އަމިއްލައަށް ކުރެވިދާނެ ކަމެކެވެ. 

ކޮމެންޓް
ނާޒިމް
ތިތާވެރިމީހާގެ ނަންބުނެލަދީބަލަ
03 Feb 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.