އިދިކޮޅު ހިނގާލުމުގެ ތެރެއިން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަނީ: ފޮޓޯ/ވަގުތު
ހަބަރު
03 Feb 2023 | 18:01
ރީނދޫ ޓީޝާޓް ލައިގެން ހުރި މީހެއް އިދިކޮޅުގެ މުޒާހަރާއަށް ވަދެ ހަމަނުޖެހުން ހިންގަން އުޅެފި

ރީނދޫ ޓީޝާޓް ލައިގެން ހުރި މީހެއް އިދިކޮޅުގެ މުޒާހަރާއަށް ވަދެ ހަމަނުޖެހުން ހިންގަން އުޅެފިއެވެ. 

ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅުން އިއްޔެ ފެށި "ހޯޕް ކޮންފަރެންސް" ގެ ތެރެއިން މިއަދު ހަވީރު 4:00ގައި ފެށި "ބުންވަރު" ހިނގާލުމުން ކުރިއަށް ދަނިކޮށް ރީނދޫ ޓީޝާޓް ލައިގެން ހުރި މީހަކު ފުލުހުންނާއި، އެއްވުން އިންތިޒާމްކުރި ފަރާތްތަކުގެ ސެކިއުރިޓީ ފޫއާޅުވައި އެއްވުމުގެ ތެރެއަށް ވަނީ ވަދެފައެެވެ. 

އެހެން ނަމަވެސް، ފުލުހުންނާއި، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވަނީ އެކަން ހުއްޓުވާފައެވެ. 

ސެކިއުރިޓީ ފޫއަޅުވައި މިމީހާ ވަނުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގިކަމުަގއިވިޔަސް، އެއްވުން ވަނީ ސުލްހަވެރިކަމާއެކު އާޓިފިޝަލް ބީޗައް ނިންމާލާފައެވެ. ހަމަނުޖެހުން ހިންގި މީހާއަށް ފުލުހުން ވަނީ އެވަގުތު ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގެއެއްގެ ތެރެއަށް ވައްދާފައެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައެއްނުވެއެވެ.

ގާތްގަނޑަކަށް 5000 އެއްހާ މީހުން ބައިވެރިވި މި ހިނގާލުމުގައި ބައިވެރިން އަންނަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި އެމަނިކުފާނަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށް ބުނެ އަޑު އުފުލަމުންނެވެ. 

މި ހިނގާލުމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް ވިދާޅުވީ ހިނގާލުން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ފުލުހުންނާއި ބައްދަލުކޮށްފައިވާކަމަށެވެ. އަދި ފުލުހުންގެ އެއްބާރުލުން މި ހަރަކާތަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށާ، ހިނގާލުން ކުރިއަށްދާނީ ފުލުހުން އިރުޝާދު ދެއްވާފައިވާ ގޮތަށް ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

މި ހިނގާލުމުގެ އިތުރުން މިރޭވެސް ހޯޕް ކޮންފަރެންސް ކުރިއަށް ދާއިރު މިނކޮންފަރެސް ނިންމުމަށް މާލޭގައި "ދުއްޕާން" ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.