ސިއްދީޤް ކައްޕަން އޭނާގެ ދަރިފުޅު އަދި އަނބިމީހާއާއި އެކު
ހަބަރު
05 Feb 2023 | 08:46
ރޭޕް ކޭހެއް ކަވަރުކުރި އިންޑިޔާގެ ނޫސްވެރިޔާ ޖަލުން މިނިވަންވެއްޖެ

ގޭންގް ރޭޕް ކޭހެއް ރިޕޯޓު ކުރަން ދިޔަ އިންޑިޔާގެ މުސްލިމް ނޫސްވެރިއެއް ކަމަށް ވާ ސިއްދީޤް ކައްޕަން ދެ އަހަރަށް ފަހު ޖަލުން މިނިވަން ވެއްޖެއެވެ.

ސިއްދީޤް ކައްޕަން ޖަލުގައި ހުންނަތާ 2 އަހަރު ބަޔާއި ވަނީ ގާތްވެފައެވެ. ސިއްދީޤް ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ގޭންގް ރޭޕް ކޭސް އެއްގެ ރިޕޯޓް ކުރުމަށް ދަތުރު ކުރަމުންދަނިކޮށް އުއްތަރްޕްރަދޭޝް އިންނެވެ. އެއަށް ފަހު  އޭނާ ޖަލަށް ލައިފައިވަނީ މަނީ ލޯޑަރިންގ ގެ މައްސަލައެއްގެ ތުހުމަތު އޭނާގެ ބޮލުގައި އަޅުވައިފައެވެ. ސިއްދީޤް ޖަލުގައި ބަންދުކޮށްފައި ބަހަށްޓައިފައިވަނީ އެއްވެސް ޙުކުމެއް ނުކޮށެވެ. އޭނާ ޖަލުން މިނިވަން ކޮށްފައިމިވަނީ އޭނާ ޖަލުން ދޫކޮށްލުމަށް އަމުރުކުރިތާ އެއްމަސް ދުވަސް ފާއިތުވި ފަހުންނެވެ.

ސިއްދީޤް ޖަލަށް ލައިފައިވަނީ އިންޑިޔާގެ ޕީނަލް ކޯޑުގެ ދަށުން މަނީ ލޯޑަރިންގ އާއި ގުޅުން ހުރި ގިނަ ތުހުމަތު ތަކަކާއި އެކުއެވެ. ނަމަވެސް 2022 ސެޕްޓެމްބަރ ގައި ސްޕްރީމް ކޯޓުން އޭނާއަށް ވަނީ ބެއިލް ލިބިފައެވެ.

"ދެ އަހަރު ބަޔަށްފަހު ޖަލުން ސަލާމަތްވުމުން އަހަރެން ވަރަށް އުފާވެއްޖެ، އަހަރެންގެ އުއްމީދަކީ އަހަރެންގެ މައުސޫމް ކަން ސާބިތުކުރުން" 43 އަހަރުގެ ސިއްދީޤް ބުނެފައިވެއެވެ.

.

ސިއްދީޤް އާއި އޭނާ ގެ ޑްރައިވަރު މުހައްމަދް އައްލާމް އާއި އަދި އިތުރު ތިން މީހަކު މުސްލިމް އޮގަނައިޒޭޝަނަކަށް ނިސްބަތްވާ ކަމަށް ބުނެ ހައްޔަރު ކޮށްފައިވެއެވެ.

ސިއްދީޤް މިހާތަނަށްވެސް ވަނީ މިމައްސަލައިގައި އޭނާގެ މައުސޫމް ކަން ސާބިތު ކޮށްދީފައެވެ. އޭނާ ބުނެފައިވަނީ އޭނާ ކެރެލާއިން ފުރައިގެން ފެށި ދަތުރަކީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އޭނާގެ ޑިޔުޓީ އަދާ ކުރުމަށް ކުރި ދަތުރެއް ކަމަށެވެ.

"އަހަރެން ދިޔައީ ރިޕޯޓް ކުރުމަށް، އޭގަ އޮތް ގޯހަކީ ކޮބައި؟، އަހަރެން އަތުގައި އޮތީ ދެ ގަލަމާއި ނޯޓް ޕެޑެއް އެކަނި" ހިންދޫންގެ ޤަދަރުވެރި އާއިލާ އެއްގެ ހިމެނޭ ގޭންގަކުން ރޭޕް ކުރި ޒުވާން އަންހެންކުއްޖެއްގެ މައްސަލަ ރިޕޯޓް ކޮށް އެކަމުގެ ތަފްސީލް ގެނެސްދިނުމަށް މަސައްކަތް ކުރި ސިއްދީޤް ބުނެފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.