އިދިކޮޅު ކޯލިޝަނުން ބޭއްވި ދުއްޕާން ޖަލްސާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
05 Feb 2023 | 09:29
ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަށް ހޯޕް ކޮންފަރެންސްގެ ބައިވެރިން އަހުދުވެއްޖެ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމު އަނބުރާ ވެރިކަމަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ހޯޕް ކޮންފަރެންސްގެ ބައިވެރިން އަހުދުވެއްޖެ އެވެ. 

ގާތްގަނޑަކަށް 1100 މީހުން ހޯޕް ކޮންފަރެންސްގައި ބައިވެރިވެފައިވާއިރު ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަށް އަހުދުވެފައިވަނީ ހޯޕް ކޮންފަރެންސް ނިންމާލުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދުއްޕާން" ޖަލްސާގަ އެވެ. 

އެ އަހުދުގައި ބައިވެރިން ވަނީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯދާދިނުމަށް އެ ބޭފުޅުންގެ ލެވެލްގައި ކުރެވެން ހުރި ހުރިހާކަމެއް ކޮށްދިނުމަށް އަހުދުވެފައެވެ. 

"ދިވެހި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލު ދިފާއުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ދިވެހިގައުމާއި ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ އެދުމާއި އުންމީދުތަކާއި އެއްގޮތަށް ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީން އަބްދުލްގައްޔޫމަށް ހޯދައިދިނުމަށާއި، ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީނުގެ ނަންފުޅު އޮންނާނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށާއި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް ރައީސް ޔާމީން އަބްދުލްގައްޔޫމު އިންތިޚާބު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށާއި އެކަންކަން ކުރުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހުރިހާ މެމްބަރުންނާއެކު އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބުމަށް އަހުރެން އަހުދުވަމެވެ"

ހޯޕް ކޮންފަރެންސްގެ ބައިވެރިންގެ އަހުދު 

އިދިކޮޅުން ބޭއްވި ދުއްޕާން ޖަލްސާގެ ތެރެއިން

އެ އަހުދުގެ އިތުރުން ރޭގެ އެ ޖަލްސާގައި ހޯޕް ކޮންފަރެންސްގެ ބައިވެރިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ހަރާން ހުކުމެއްކަމަށް ގޮވާލާފަ އެވެ. އަދި އެމަނިކުފާނުގެ މައްޗަށް ސިޔާސީ ދައުވާތައް އުފުލުން ހުއްޓާލާ، މިހާރުން މިހާރަށް އެމަނިކުފާނު މިނިވަންކުރުމަށް ބައިވެރިން ވަނީ ގޮވާލައްވާފަ އެވެ. 

ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަށް ހޯޕް ކޮންފަރެންސްގެ ބައިވެރިން ރޭ އަހުދުވެފައިވާއިރު، އެމީހުންގެ ކޮނޑުގައި އެއެޅުނީ ވަރަށް ބޮޑު ޒިންމާއެއްގެ ގޮތުގައި އިދިކޮޅުގެ ލީޑަޝިޕުން ފާހަގަކުރައްވަ އެވެ. އެކަމާއި ގުޅޭގޮތުން ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ވިދާޅުވީ، ހޯޕް ކޮންފަރެންސްގެ ބައިވެރިންނަކީ ރައްޔިތުންގެ މަންދޫބުން ކަމަށެވެ.

ލީޑަޝިޕްގެ ބޭފުޅުން މާލޭގައި ކުރައްވާ މަސައްކަތްޕުޅު ރަށްރަށުގައި ކުރައްވާނީ އެ ރަށްރަށުގެ މަންދޫބުން ކަމަށާއި، މި ކޮންފަރެންސްގެ ބޭނުން ހިފާ މިހާރުން ފެށިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ފެށުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޝިޔާމު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.