އިދިކޮޅުގެ ޖަލްސާގައި ސައީދު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
05 Feb 2023 | 09:50
ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބޭނީ ހަމައެކަނި ރައީސް ޔާމީނަށް: ސައީދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ޕާޓީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށްކަމަށާއި އެކަމާއި އެއްވެސް ބޭފުޅަކު ދެކޮޅު ނަހައްދަވާކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލުގައި ހުންނެވުމާއި ގުޅިގެން ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޕާޓީގެ އެތެރެއިން ބަޔަކު މަސައްކަތް ކުރާކަމަށް ބައެއް ނޫސްތަކުގައި ލިޔަމުންދާ ޚަބަރުތައް ދޮގު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

އެގޮތުން އިދިކޮޅުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދުއްޕާން" ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުން މިވަގުތު ތިއްބެވީ އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި މި ވަގުތު އިދިކޮޅުގެ ހަރަކާތްތައް ކުރިއަށް ގެންދާނީވެސް އަބްދުއްރަހީމްގެ އިރުޝާދާއި އެއްގޮތަށްކަމަށެވެ. 

ޕާޓީގެ ލީޑަޝިޕްގެ މެދުގައި އޮތް އެއްބައިވަންތަކަން ރޫޅާލާ ބައިބައިކުރުމަށް އެއްވެސް ޖާގައެއް ނެތްކަމަށާއި، ޕާޓީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ޕާޓީގެ ޖޮއިންޓު ސެނެޓުގެ އިއްތިފާގުން ނިންމާފައިވާ ގޮތަށް ރައީސް ޔާމީނަށްކަމަށް ސައީދު ވިދާޅުވި އެވެ. 

"ރައީސް ވަޑައިގަންނަވަންދެން އަބްދުއްރަހީމް މައިކް ހިއްޕަވައިގެން ހުންނަވާ.. އަޅުގަނޑުމެން އެންމެން މިތިބީ މިވަގުތު ޕާޓީ ހިންގަން ހަވާލުވެ ހުންނެވި އަބްދުއްރަހީމްގެ ފަހަތްޕުޅުގައި، މި ޕާޓީގެ ރައީސް އަކީ ރައީސް ޔާމީން.. މި ޕާޓީގެ ޓިކެޓެއް އެއްވެސް ފަރާތަކަށް، ދޫންޏެއް ބާޒެއް އެހެންއެއްޗެއް ކިޔާނެކަމެއް ނެތް ނުލިބޭނެ، އަޅުގަނޑުމެންގެ ޓިކެޓު ލިބޭނީ ރައީސް ޔާމީންއަށް"

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު 

ސައީދު ވިދާޅުވީ ރައްޔިތުންގެ އުންމީދު ގުޅިފައިވަނީ ރައީސް ޔާމީނަށް ކަމަށެވެ. އެމަނިކުފާނުގެ ތަސައްވަރަކީ ޒުވާނުންނާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންގެ ކުރިމަގު ބިނާކޮށް، ރައްޔިތުންނަށް އުފާ ފާގަތި ދިިރިއުޅުމެއް ހޯދައިދޭނެ ތަސައްވަރެއް ކަމަށެވެ. 

މިހާރު ސަރުކާރުން އެކި ގޮތްގޮތުން ރައްޔިތުންނަށް ކުރަމުންދާ "ދުއްޕާން" ނިނުމަކަށް ގެނެސްދެއްވާނީވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާ ރައީސް ޔާމީންކަމާމެދު ޝައްކު ނުކުރައްވާކަމަށް ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.