އިދިކޮޅުގެ ޖަލްސާގައި ޝިޔާމު ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
05 Feb 2023 | 10:04
އެމްޑީޕީއިން ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ނުދެއްކިއްޔާ މާ ތާހިރު ވާނެ: ޝިޔާމު

ޝަރުއީ ދާއިރާ އިސްލާހުކުރަން ވީ ވައުދު ނުފުއްދުނު ޕާޓީ (އެމްޑީޕީ) އިން ފަނޑިޔާރުގެ އިސްލާހުކޮށް ތާހިރުކުރާ ވާހަކަ ނުދެއްކުމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ގޮވާލައްވައިފި އެވެ. 

އިދިކޮޅު ކޯލިޝަނުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދުއްޕާން" ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ އެމްޑީޕީއަކީ ފަނޑިޔާރު ގެތަކުގެ ހުރުމަތް ކެނޑުމަށް ފެށުނީއްސުރެ މަސައްކަތް ކުރަމުން އައި ޕާޓީއެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ނިންމުންތަކަށް ބޯ ނުލެނބުމަށް އެ ޕާޓީއިން މީގެ ކުރިން ނިންމުމެއް ނިންމާ، އެފަދައިން އަމަލުތައް ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮސިޝަން ބަދުލުކުރާނެކަމަށް ވައުދުވެފައި ވީ ނަމަވެސް މިހާތަނަށް އެކަން ކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖޭއެސްސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ތިން ފަހަރުމަތިން ހުށައެޅުމުންވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީއިން ޖޭއެސްސީ އިސްލާހުކުރުމަށް ހުށައެޅި ބިލު ބޭރުކޮށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

"ތިން ފަހަރު އަޅުގަނޑުމެންގެ ޕާޓީއިން، ރައީސް ޔާމީންގެ ޕާޓީއިން ހުށައެޅުއްވި.. ޓޮމް ހުށައެޅުއްވި. އެއްކަލަ ސުޕަ މެޖޯރިޓީ އޮތް.. އެއްކަލަ ޖުޑިޝަރީ އިސްލާހުކުރަން، ޖޭއެސްސީ އިސްލާހުކުރަން އައި މީހުން ބޭރުކޮށްލީ އެ މައްސަލަ"

ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު 

އެކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރާ ވާހަކަ ދައްކަން އެމްޑީޕީ ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަދި އެމީހުން އިތުރަށް ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ނުދެއްކިއްޔާ މާ ތާހިރުވާނެ ކަމަށެވެ. 

"ޖޭއެސްސީ އިސްލާހުކުރަން.. ދިވެހިރާއްޖޭގެ ފަނޑިޔާރުގެ ތާހިރުކުރާ ވާހަކަ މި މީހުން ނުދެއްކިއްޔާ މާ ތާހިރުވާނެ"

ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު 

ޝިޔާމުގެ ވާހަކައިގައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިވިއްހި ހުކުމަށް ރައްޔިތުން ހަރާން ހުކުން ކިޔަމުންދާ ދިއުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން ޖޭއެސްސީގެ ރައީސާ ހިސާން ހުސެއިންގެ އަމުރަކަށް "ހަރާން ހުކުމް" ކިޔުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްޗާ ޝިޔާމު ވިދާޅުވީ އެހެން ކިޔުން ހުއްޓާ ނުލާނެކަމަށެވެ. 

އެ ހުކުމަކީ ސިޔާސީ ދައުވާތަކެއްގެ މައްޗަށް ނުހައްގުން ކޮށްފައިވާ ހުކުމެއްކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށާއި، އަދި އެ ހުކުމް މަތީ ކޯޓުން ބާތިލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން އެ ހުކުމަށް ރައްޔިތުން ދީފައިވާ ނަން (ހަރާން ހުކުމް) ބަދަލު ނުކުރާނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.