ފަޒުލް އިދިކޮޅުގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
05 Feb 2023 | 11:04
ސަރުކާރު ކުންފުނިތަކުގެ ހިއްސާ ވިއްކުމުގެ މަސައްކަތް ފަށައިފި، މިއީ ނުރައްކާތެރި ކަމެއް: ފަޒުލް

ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާ ވިއްކުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެއީ ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއްކަމަށް މަޖިލީހުގެ ފުލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފަޒުލް މިފަދައިން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅުން މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި "ދުއްޕާން" ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ފަޒުލް ވިދާޅުވީ ރައްޔިތުންގެ ފެން ބިލުތައް ކުޑަ ނުކުރެވިގެން އުޅެނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސަރުކާރުގެ ފެންކުނީގެ 20 އިންސައްތަ ހިއްސާ ބޭރު ކުންފުންޏަކަށް ވިއްކާލުމާއި ގުޅިގެން ކަމަށެވެ.

އެ ހިއްސާ ހޯދުމަށް ރައީސް ޔާމިންގެ ޒައާމަތުގައި މުހިންމު މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އަލުން އަނބުރާ އެ ހިއްސާ ދިނުމަށް ބޭރުގެ ކުންފުނިން ދެކޮޅު ހަދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"3 އަހަރުވީއިރުގައި ހިޓާޗީ ކުންފުންޏަށް 16 މިލިއަން ޑޮލަރު އޮތީ ދެއްކިފަ، ޑިވިޑެންޓުގެ ގޮތުގައި ދައްކާ ޚަލާސް ކުރެވިފައި އޮތީ، އެހެން ނަމަވެސް އިތުރަށް 16 މިލިއަން ޑޮލަރު ހުށައެޅީ.. 16 މިލިއަން ޑޮލަރު ހުށައެޅީމާ ހިޓާޗީ ކުންފުނިން ބުނީ ކީކޭތޯ؟ "ނޫން ތިމަންނަމެން ތި އަގުގައެއް ނުވިއްކާނަމޭ، 16 މިލިއަން ޑިލަރަކަށް ތިމަންނަމެން އެމްޑަބްލިއުއެސްސީގެ ހިއްސާއެއް ނުވިއްކާމޭ" ދެން އަޅުގަނޑުމެން ރައީސްއާ މަޝްވަރާކުރުމަށް ފަހު އަޅުގަނޑުމެން ހުށައެޅީ 20 މިލިއަން ޑޮލަރު.. 20 މިލިއަން ޑޮލަރު ދީފަ އަޅުގަނޑުމެން ހިއްސާ ގަންނަން ތައްޔާރޭ. ވިދާޅުވީ ނޫނެކޭ ތި އަގުގައިވެސް އަޅުގަނޑުމެން ނުވިއްކާނަމޭ އެމްޑަބްލިއުއެސްސީގެ 20 ޕަސެންޓު ހިއްސާއެއް. އެމްޑީޕީއިން އެމްޑަބްލިއުއެސްސީގެ ހިއްސާ ވިއްކާލާފަ އޮތީމަ މިއަދާއި ހަމަޔަށް ރައްޔިތުންނަށް ފެނުގެ އަގުހެޔޮ ނުކޮށް ރައީސް ޔާމީނަށް ދައުރު ނިންމާލަން ޖެހުނީ"

ފުލިދޫ ދާއިރާގެ މެމްބަރު ފަޒުލް

އެކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ މިހާރުވެސް ސަރުކާރުން ކުންފުނިތަކުގެ ހިއްސާ ނުއަގުގައި ބޭރު ފަރާތްތަކަށް ވިއްކާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީޕީ ގެ އުސޫލުން މިބޭފުޅުން މިހާރު ވެލުއޭޝަންތަކެއް އެބަ ހައްދާ.. ދިވެހި ދައުލަތުގެ ކުންފުނިތައް ބޭރު ކުންފުނިތަކަށް ވިއްކާލުމުގެ މަސައްކަތްތަކެއް މިބޭފުޅުން އެބަ ކުރޭ! މީގެ ނަތީޖާއަކަށް ވާނީ ދިވެހިން އަޅުގަނޑުމެންގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ނުލިބުން. އަޅުގަނޑުމެންގެ ދިވެހިންނަށް އެތެރެވާ ބޭރު ފައިސާ ބޭރަށް ދިއުން"

ފުލިދޫ ދާއިރާގެ މެމްބަރު ފަޒުލް 

އެއާއެކު ފަޒުލް ވަނީ ސަރުކާރު ކުންފުނިތަކުގެ ހިއްސާ ބޭރު ފަރާތްތަކަށް ވިއްކާލުމާއި ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައްވާފަ އެވެ.

ކުންފުނިތަކުގެ ހިއްސާ ވިއްކާލައިފިނަމަ އެ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެ ކަމަށާއި، އެފަދައިން އެކަންކަން ކުރާނަމަ މާލީ ގޮތުން ބޮޑެތި ގެއްލުންތަކާއި ރައްޔިތުން ކުރިމަތިލާން ޖެހޭނެކަމަށް ފަޒުލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.