ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް--
ހަބަރު
05 Feb 2023 | 12:29
ޕީޖީ އޮފީހަށް 24,000 ރުފިޔާގެ ގޮނޑިއެއް ގަނެފި

ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް 24,300 ރުފިޔާގެ އަގުބޮޑު ގޮޮނޑިއެއްގަނެފި އެވެ.  

މިކަން ހާމަވެފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުއެ އޮފީހުން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލު ހާމަކޮށް މިއަދު ނެރެފައިވާ މައުލޫމާތު ތަކުންނެވެ. 

އެގޮތުން އާއްމު ކޮށްފައިވާ މައުލޫމާތު ތަކުން ހާމަވާގޮތުގައި ޕީޖީ އޮފީހުން ގަނެފައިވަނީ މީޑިއަމް ސައިޒުގެ އޮފީސް ގޮނޑިއެކެވެ. މި ގޮނޑި ގަނެފައިވަނީ ރެއިންބޯ އެންޓަޕްރައިސަސް އިންނެވެ. 

މީގެ އިތުރުން އޮފީހުގައި ހަރުކުރާ ގައުމީ ދިދައާއި، ޕީޖީ އޮފީހުގެ ދިދަ ގަންނަން 31،050ރ. ހަރަދުކޮށްފައިވާއިރު، ޑީވީޑީ އާރެއް ރަބާ ކަވަރަކާއެކު ގަތުމަށް ވެސް 27،000ރ. މިދިޔަ މަހު ހަރަދުކޮށްފަ އެވެ. މި ޑީވީޑީ އާރު ގަނެފައިވަނީ ފްރެޝިއޮން ކިޔާ ތަނަކުންނެވެ. 

މިދިޔަ ޖަނަވަރީ މަހު ޕީޖީ އޮފީހުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދަތުރު ތަކަށެވެ. އެގޮތުން މުޅި ޖުމުލަ 1,25,500 (އެއްލައްކަ ފަންސަވީސް ހާސް ފަސް ސަތޭކަ) އަށްވުރެ ގިނަ ރުފިޔާ ވަނީ ދަތުރުތަކަށް ހޭދަކޮށްފައެވެ. ދަތުރު ތަކުގެ ތެރެއިން އެންމެ ބޮޑ ޚަރަދެއް އެއް ދަތުރަކަށް ކޮށްފައިވަނީ އެ އޮފީހުގެ 2 ސްޓާފުން ސަން އައިލެންޑް އަށް ކޮށްފައިވާ ދަތުރަށެވެ. މުޅި އެ ދަތުރަށް ޖުމުލަ 50,000 އަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. 

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ ސަރކިއުލާގައި ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް މައުލޫމާތު ހާމަކުރަން ލާޒިމުކުރެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.