ރަސްމާދޫ ސްކޫލް--
ހަބަރު
05 Feb 2023 | 14:15
ރަސްމާދޫ ސުކޫލުގެ ޕްރިންސިޕަލް ޗުއްޓީއަށް ދިޔަގޮތަށް "ފިލައިފި"

ރ. ރަސްމާދޫ ސުކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ޗުއްޓީއަށް ދިޔަ ގޮތަށް ސުކޫލަށް ހާޒިރު ނުވެ، ޕްރިންސިޕަލް އެއް ނެތި ސްކޫލު ހިންގަމުންދާތީ އެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ސުކޫލުގެ ޕްރިންސިޕަލަކީ ޅ. ހިންނަވަރަށް އުފަން މީހެއް ކަމަށެވެ. އަދި އޭނާ ޗުއްޓީ ނެގިފަހުން ދެމަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ދެން އޭނާ އެ ވަޒީފާ އަށް އެރަށަށް ނުދާނެ ކަމަށް އެޑިޔުކޭޝަން އަންގައި އެކަމާއި ގުޅިގެން ނިންމަންޖެހޭ ހުރިހާ ނިންމުމެއް ނިންމާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވާ އާސިފް ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިކަން ރަސްމީކޮށް އެ ސުކޫލަށް އޭނާ އަންގާފައި ނުވާއިރު، ޕްރިންސިޕަލް ނެތުމުގެ ސަބަބުން އެ ސުކޫލް ހިންގުމުގެ ކަންކަން މިހާރު ކުރަންޖެހިފައިވަނީ ލީޑިން ޓީޗަރަކަަށް ކަމަށްވެސް އާސިފް ވިދާޅުވިއެވެ. 

"ޕްރިންސިޕަލުގެ ލީވިންގެ ކަންކަމާއި ގުޅިގެން ނިންމަންޖެހޭ ކަންކަން މިހާރު ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެނީ. އެ މަސައްކަތް ނިމުނީމަ ކުރިއަށް އޮތް ގާތްގަނޑަކަށް ދެ ހަފްތާ ތެރޭގައި އައު ޕްރިންސިޕަލެއް ހަމަޖެހޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގަވާފަ އޮތީ،" އާސިފް ވިދާޅުވި އެވެ.

ރަސްމާދޫ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ޒިޔާދު ރަޝާދު ޗުއްޓީ އަށް ދިޔަ ގޮތަށް ސުކޫލަށް "ފިލާފައި" ވާއިރު، އޭނާ އެމްއެންޕީގެ ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން އެޕާޓީގެ ރައީސް މުހައްމަދު ނާޒިމްގެ އަރިހުން ފެންނަ ކަމަށް އެރަށު ފަރާތެއް "ވޮއިސް" އަށް ވަނީ މައުލޫމާތު ދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.