އަޤްބަތް ޖަބަރް ގައި ދިން ހަމަލާތަކަށްފަހު އެސަރަހައްދުގެ ގެއެއް ވެެއްޓިފައި
ހަބަރު
05 Feb 2023 | 15:31
އިޒްރާއިލުން ކުށްވެރިން ހޯދުމުގެ ނަމުގައި ފަލަސްޠީނުގެ ގިނަ ބަޔަކަށް ހަމަލާދީފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހުންނަ އަޤްބަތް ޖަބަރް ކިޔާ ރެފިޔުޖީ ކޭމްޕަކަށް، އިޒްރާއިލްގެ ސިފައިން ވަދެ ގަނެ 13 މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ވިދާޅުވެފައިވަނީ އަޤްބަތް ޖަބްރް ރެފިޔުޖީ ކޭމްޕަށް މިސައިލާއި ބަޑި އަދި ކަރުނަ ގޭހުން ދިން ހަމަލާތަކުގައި 13 މީހަކު ޒަހަމް ވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 2 މީހަކު ވަރަށް ބޮޑަށް ޒަހަމްވެ އެދެމީހުންގެ ހާލަތު ވަރަށް ގޯސް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިޒްރާއިލްގެ ސިފައިން މި ހަމަލާ ދިނުމުގައި ބޭނުން ކޮށްފައިވަނީ އެންޓި ޓޭންކް ގައިޑެޑް މިސައިލް ކަމަށް އިޒްރާއިލުން ވަނީ ބުނެފައެވެ.

ހަމަލާގައި ޒަހަމްވީ މީހުންނަށް ފަރުވާ ދިނުމަށް ދިޔަ ފަލަސްޠީނުގެ ރެޑް ކްރެސެންޓަށް އިޒްރާއިލުގެ ސިފައިން ހުރަސް އެޅި ކަމަށް ރެޑް ކްރަސެންޓުން ބުނެފައިވެއެވެ. އަދި އެމީހުންނަށް އެތަނަށް ވަނުމުގެ ފުރުސަތު ދީފައިވަނީ އިޒްރާއިލުން ހިންގި އޮޕަރޭޝަން ނިންމުމަށް ފަހުގައި ކަމަށެ ވެސް ބުނެފައިވެއެވެ.

ރާމައްﷲގެ ހުޅަނގު އައްސޭރީގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓް ކޮށްފައިވަނީ ފަސް ގަޑިއިރަށް ދެމިގެން ދިޔަ މި ހަމަލާތަކަކީ މި ފާއިތުވި ހޮނިހިރު ދުވަހު ޖެނީން ސިޓީ ގައި ފެށުނު ހަމަލާތަކުގެ  ރައްދެއް ކަމަށެވެ. 

"37،000 މީހުން ދިރިއުޅޭ ޖެރިކޯ ސިޓީ، އިޒްރާއިލްގެ މިލިޓަރީ އިން ވަނީ ބަންދުކޮށްފައި، ހަމަލާ ދިން މީހުން ހޯދުމަށް އިޒްރާއިލްގެ ފޯސްތަކުން ހަފްތާއެއް ވަންދެން ވަނީ އޮޕަރޭޝަން ހިންގައިފައި،  އިޒްރާއިލްގެ ސިފައިން ވަނީ 10 މީހަކު ހައްޔަރުކޮށްފައި، ޤަބޫލު ކުރެވޭ ގޮތުގައި އެއީ އެހަމަލާ ތައްދިނުމުގައި ހަރަކާތްތެރިވި މީހުން" އަލްޖަޒީރާގެ ރިޕޯޓަރު ބަރނެޑް ސްމިތް ބުނެފައިވެއެވެ.

މީގެ ހަފްތާ އެއްހާ ދުވަސް ކުރިން ޖެނީން ރެފިޔުޖީ ކޭމްޕަގައި ބަލާ ފާސްކުރުމުގެ ނަމުގައި ވަދެ ގަނެ ފަލަސްޠީނުގެ 9 މީހަކު ޝަހީދު ކޮށްލައިފައިވެއެވެ. މި އަހަރުގެ މިހާތަނަށް ފަލަސްޠީނުގެ 36 މީހަކު ޝަހީދުކޮށްލައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.