ރައީސް ޞާލިޙް މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Feb 2023 | 16:23
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ 23 ބިލް

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ދައުލަތުގެ ފަރާތުން 23 ބިލެއް މަޖިލީހަށް ފޮނުވައިފި އެވެ. 

އެގޮތުން ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިހާރުވަނީ ފޮނުވައިފައެވެ.

ސަރުކާރުން ފޮނުވާފައިވާ ބިލް ތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށް އިސްލާޙް ގެނައުމުގެ ބިލް، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް، ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތައް އިސްލާޙް ގެނައުމުގެ ބިލް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް އަދި ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިސްލާޙު ގެންނަ ބިލް ހިމެނެއެވެ.

މީގެ އިތުރުން މަސްތުވާ ތަކެއްޗާއި ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް، ގޭންގު ކުށްތައް މަނާކުރުމާއި ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް އިސްލާޙް ގެންނަ ބިލް އަދި މަނީލޯންޑްރިން  އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ހިމެނެއެވެ.

ދިވެހި ފުލުހުންގެ ޚިދްމަތުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް، އިންތިޚާބުތަކާއި ގުޅޭ ޢާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް، ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ވެސް މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށައެޅުމަށް ގަސްދު ކުރާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ޙައްޖާއި ޢުމްރާގެ ބިލް، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް، އިސްރަށްވެހިންގެ ބިލް، ފޮރިން އިންވެސްޓްމަންޓްގެ ބިލް، އިންޑަސްޓްރިއަލް  ރިލޭޝަންސްގެ ބިލް އަދި މޯލްޑިވްސް މީޑީއާ އެންޑް ބްރޮޑްކާސްޓިންގ އޮތޯރިޓީގެ ބިލް ހިމެނެއެވެ.

އަދި އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ގެ އިތުރުން ކުނި މެނޭޖްކުރުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް ވެސް މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ދައުލަތުން އެ މަޖިލީހަށް ހުށައަޅާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.