މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް
ހަބަރު
06 Feb 2023 | 09:13
ޓެކްސް ބިލަށް ވޯޓު ނުދިނުމުން ޢާޒިމަށް ނަސޭހަތްދީފި

ޓެކްސް ބިލަށް ވޯޓު ދިނުމުގައި ޕާޓީގެ ވިޕްލައިނާއި ޚިލާފްވި ކަމަށް ބުނެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމަށް ނަސޭހަތްތެރިވެ ސިޓީ އެއް ފޮނުވައިފިއެވެ.  

އެމްޑީޕީ އިން ފޮނުވައިފައިވާ ސިޓީ އާއި އެކު ޢާޒިމް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރަން ވޯޓު ނުދިނުމުން ކުރީ ކުށެއްކަމަށް ބުނެ ފިޔަވަޅު އަޅައިފިކަމަށެވެ. އަދި ސިޓީ ލިބުނީ މިއަދު ކަމަށާއި ސޮއި ކޮށްފައިވަނީ 2022 ނޮވެމްބަރ 16 ކަމަށެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ސޮއިކުރައްވައި ފޮނުވައިފައިވާ ސިޓީގައި ބުނެފައިވަނީ މުދަލާއި ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލަށް ގޮތް ނިންމުމަށް 18 އޮކްޓޯބަރ 2022 ގައި ޕާޓީ އިން ވިޕްލައިނެއް ނެރެފައިވާނެ ކަމަށެވެ.  

އަދި 16 ނޮވެމްބަރ 2022 ވަނަ ވީ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އެބިލަށް ނެގުނު ވޯޓުގައި ޢާޒިމް ވިޕްލައިނާއި ޚިލާފުވެފައިވާކަމަށެވެ. އަދި ޕާޓީގެ ޤަވާއިދުގައި އޮންނަ ގޮތުން ޕާޓީއިން ތްރީލައިން ވިޕެއް ކަނޑައަޅައިފިނަމަ ޕާލިމެންޓްރީ ގްރޫޕްގެ ކޮންމެ މެމްބަރެއް މަޖިލީހަށް ހާޒިރުވުމާއި ކަނޑައެޅިފައިވާ ވިޕްލައިނާއި އެއްގޮތަށް ވޯޓު ދިނުން ލާޒިމްވާ ކަމަށެވެ. ލީޑަރޝިޕަށް ޤަބޫލްކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަށް އެދުމަކާއި ނުލައި ތްރީލައިން ވިޕަށް ޢަމަލުކުރުމަށް މަޖިލިހަށް ހާޒިރުނުވުމާއި ވޯޓުގައި ބައިވެރިނުވުމަކީ ކުށެއް ކަމަށް އެސިޓީގައި ބުނެފައިވެއެވެ.

ސިޓީގައި މެމްބަރ ޢަލީ ޢާޒިމަށް ނަސޭހަތް ތެރިވެފައިވަނީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިނާއި އެއްގޮތަށް ޢަމަލުކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް