ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު: ފޮޓޯ/ މަޖިލިސް
ހަބަރު
06 Feb 2023 | 18:26
ރިޒާވް ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެ ކަމުގެ އިތުބާރު ލިބިއްޖެ: ރައީސް ޞާލިހު

ދައުލަތުގެ ރިޒާވް، އޭގެ ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެ ކަމުގެ އިތުބާރު ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ގައި ރައީސް ޞާލިޙް މިއަދު ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވަނީ ފާއިތުވި އަހަރުގެ ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަލިއަޅުވާލައްވާފައެވެ. 

އެގޮތުން ވިދާޅުވީ، މިދިޔަ 2022 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ވާރލްޑް ބޭންކުން ފުރަތަމަ ލަފާކުރީ 7.6 އިންސައްތައަށް ކަމަށެވެ. އެހެންނަމަވެސް އަހަރު ނިމުނުއިރު ވާރލްޑް ބޭންކުގެ އަންދާޒާ 7.6 އިންސައްތައިން 12.4 އިންސައްތައަށް މަތިކޮށްފައިވާ ކަމަށާ، މި ހިނގާ އަހަރަށް ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ ކަމަށް ވާރލްޑް ބޭންކުން ލަފާކުރަނީ 8.2 އިންސައްތައިން ކަމަށެވެ. 

"ކޯވިޑް-19 އާއި، ހަނގުރާމައިގެ ހާލަތުން ދުނިޔޭގެ އިޤްތިޞާދަށް އެރި ލޮޅުމުގެ އަސަރު ރާއްޖެއަށް ނުހަނު ބޮޑުވި. މި ކަމަށްޓަކައި ސަމާލުވެ، ހޭލައި ތިބެ އަޅަންޖެހުނު މުހިންމު ފިޔަވަޅުތައް، ސަރުކާރުން އެޅިން. ރާއްޖޭގެ އިޤްތިޞާދުގެ ހަމަ ހިފެހެއްޓުމަށްޓަކައި މާލީ ސިޔާސަތަށް ގެންނަން ޖެހުނު ބަދަލު މިވަނީ ގެނެވިފައި. މި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ އިޤްތިޞާދީ އަޑިގުޑަން ކުޑަކުރެވިއްޖެ." ރައީސް ޞާލިހް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، ހުސްވި ޖަނަވަރީ މަހަކީ، މިހާތަނަށް ރާއްޖޭގެ ތާރީޚުގައި އެއްމަސްތެރޭ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް ކަމަށެވެ. އެގޮތުން އެމަހު 3.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑު ތަކުލީފެއް ކުރިމަތިނުވާނެ ކަމުގެ އުންމީދު ހޯދިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދި ދައުލަތުގެ ރިޒާވް، އޭގެ ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެ ކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފައި. މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި 827 މިލިއަން އެމެރިކާ ޑޮލަރު ހުރި." ރައީސް ޞާލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިހް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީތެރިވެދޭ އެސް.އެމް.އީ. ބޭންކަކީ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. އެ ބޭންކުގެ ހިސާބުތަކަށް ބަލާއިރު ފެންނަނީ އުންމީދީ މަންޒަރެއް ކަމަށާ ޒުވާނުންނާއި، އަންހެނުންނާއި، އުފެއްދުންތެރި ކަމުގައި ކުރިއަށްދާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން ދެމުންދާކަމަށެވެ. މިގޮތުން، ޖުމުލަ 1100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެ ބޭންކުން މިހާތަނަށް ދޫކޮށްފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.