މުޒާހަރާގެ ތެރެއިން-- ފޮޓޯ/ ވޮއިސް
ހަބަރު
06 Feb 2023 | 19:34
މުޒާހަރާގައި އަނިޔާވި ނޫސްވެރިޔާ އިތުރު ފަރުވާއަށް ބޭރަށް ފުރައިފި

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންގެ ތެރެއިން އަނިޔާލިބި ހާލު ސީރިއަސްވި ނޫސްވެރިޔާ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދަން ފުރައިފިއެވެ.

ފަރުވާއަށް ބޭރަށް ގެންދަނީ ޗެނަލް13 ގެ ނޫސްވެރިޔާ ހަސަން ޝަހީދެވެ. ޝަހީދުގެ އާއިލާއާއި ހަވާލާ ދީ އިދިކޮޅު ޕީޕިއެމުން ބުނީ އޭނާގެ ސިކުނޑިއާއި މައިބަދައަށް ގެއްލުންވެފައިވާކަމަށެވެ. 

މިއަދުގެ މުޒާހަރާގައި ނޫސްވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައި ވާއިރު، މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭއިން) ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޖޭއޭއިން  ބުނީ މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯޖާނަލިސްޓަށް ފުލުހުންގެ ޝީލްޑުން ޖެހި އަނިޔާވެފައިވާއިރު, ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ކޮށްފައިވާ ކަމަށެވެ.

މިއަދުގެ މުޒާހަރާއަށް ފުލުހުން ވަނީ ވަރަށް ބޮޑަށް ހުރަސްއަޅާފަ އެވެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން ގެންދިޔައީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންނެވެ. 

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭވެސް ޖަހާފައެވެ. ޕެޕާ ސްޕްރޭ ޖެހީ އިންޒާރަކާއި ނުލާކަމަށާއި، އެ ވަގުތު މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންގެ ގަޔަށްވެސް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާކަމަށް މައުލޫމާތު ލިބިއެވެ. 

އެގޮތުން މޫނާއި ކައިރިން ޕެޕާ ސްޕްރޭ ޖެހުމާއި ގުޅިގެން ޗެނަލް-13 ގެ ދެ ނޫސްވެރިންނަށް އަނިޔާވެފައިވާއިރު، އެކަކު ވަނީ ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ހޮސްިޓަލަށް ގެންގޮސްފަ އެވެ. 

މިއަދުގެ މުޒާހަރާގައި ފުލުހުންގެ ފަރާތުން އަނިޔާލިބުނު އިތުރު 4 މީހަކަށްވެސް ހޮސްޕިޓަލުގައި ފަރުވާ ދިންކަމަށް އިދިކޮޅު ކޯލިޝަންގެ ތަރިޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން މިއަދުގެ މުޒާހަރާ ރޫޅާލުމުގެ ތެރެއިން ފުލުހުން ވަނީ 11 މީހުން ހައްޔަރުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.