އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިއަކަށް އަނިޔާވެފައި/ ފޮޓޯ: ވޮއިސް
ހަބަރު
07 Feb 2023 | 08:31
ނޫސްވެރިންނަށް ހުރަސްއަޅާ ކުރި އަނިޔާތައް ސިޔާސީ ޕާޓީތަކުން ކުށްވެރިކޮށްފި

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ މިއަދު މާލޭގައި އިދިކޮޅުން ކުރި މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންނަށް ހުރަސްއަޅާ ކުރި އަނިޔާތައް ސިޔާސީ ޕާޓީތަކުން ކުށްވެރިކޮށްފި އެވެ. 

އެކަމާއި ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ އިދިކޮޅުގެ މުޒާހަރާގައި ބައިވެރިވި މަޖިލީސް މެމްބަރުންނާއި އާންމު ރައްޔިތުންގެ އިތުރުން މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ދިން އަނިޔާތައް ކުށްވެރިކޮށްފަ އެވެ. 

އިދިކޮޅުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިހުގެ އަމުރަށް ޤާނޫނާއި ޚިލާފަށް ސިފައިން ހިންގި ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. 

އަދި މަގުމަތީގައި ކުރިއަށް ގެންދިޔަ އިޙުތިޖާޖުގައި ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އިޙުތިޖާޖުގައި ބައިވެރިންނަށް ފުލުހުން މެދުވެރިކޮށް އަނިޔާކޮށް، ޕެޕަރ ސްޕްރޭ ޖެހުމާއި، ނޫސްވެރިންނަށް އަނިޔާ ކުރުންވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

އެއާއެކު އިދިކޮޅު ކޯލިޝަނުން ވަނީ އިޙުތިޖާޖުގެ ތެރެއިން ހައްޔަރުކޮށްފައިވާ ދިވެހި ރައްޔިތުން އެއްވެސް ޝަރުތަކާއި ނުލާ މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލާފަ އެވެ. އަދި ފުލުހުން މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބެލުމަށް ގޮވާލާފަ އެވެ. 

ޗެނަލް-13 ގެ ނޫސްވެރިއާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ތާއްޔާރުވެފައި 

އިދިކޮޅުގެ މުޒާހަރާ ވަކަރުކުރަމުން ދިޔަ ނޫސްވެރިންނަށް ފުރައްސާރަކޮށް އަނިޔާކޮށްފައިވާކަން ފާހަގަކޮށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެގޮތުން އެ ޕާޓީގެ ރަސްމީ ޓްވީޓާ ހޭންޑަލްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރިޔާސީ ބަޔާން އިއްވުން އޮތުމާއި ގުޅިގެން މާލޭގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ބައިވެރިންގެ ތެރެއިން ބަޔަކު ނޫސްވެރިއަކަށް ފުރައްސާރަ ކުރި މައްސަލައާއި މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތައް ކުށްވެރިކުރާ ކަމަށެވެ. 

އޭގެ އިތުރުން މި ހަފްތާ ތެރޭގައި ވަގުތު ނޫސްވެރިންނަށް އިންޒާރުދިން މައްސަލަވެސް އެ ޕާޓީއިން ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ.

އެއާއެކު އެމްޓީޑީއިން ވަނީ ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ސިޔާސީ ޕާޓީތަކާއި ދައުލަތުގެ އެންމެހާ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ. 

އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިއަކު ވެއްޓި އަނިޔާވެފައި

އިދިކޮޅުގެ މުޒާހަރާގައި ނޫސްވެރިންނަށް ހުރަސްއެޅި މައްސަލައިގައި ޖުމްހޫރީ ޕާޓީއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ޖޭޕީއިން ބުނީ އިދިކޮޅުގެ މުޒާހަރާގެ މަންޒަރުތައް ކަވަރުކުރަމުން ދިޔަ ވީޓީވީގެ ނޫސްވެރިއަކަށް މުޒާހަރާގެ ބައިވެރިން ފުރައްސާރަކޮށް އެ ނޫސްވެރިއާގެ މަސައްކަތަށް ހުރަސްއަޅާފައިވާކަމަށެވެ. އަދި އެކަން ބަލައި ނުގަންނަ ކަމަށާއި، އެފަދަ އަމަލުތައް ކުށްވެރިކުރާކަމަށް ޖޭޕީއިން ބުނެފައި ވެއެވެ. 

ޖޭޕީއިން ވަނީ އިދިކޮޅުގެ މުޒާހަރާ ކަވަރުކުރަމުން ދިޔަ ނޫސްވެރިންނަށް އަނިޔާކުރި ހަބަރަކީ ހިތާމަވެރި ހަބަރެއްކަން ފާހަގަކޮށް އެފަދަ އަނިޔާތައްވެސް ކުށްވެރިކޮށްފަ އެވެ.  

އިދިކޮޅުގެ މުޒާހަރާ ކަވަރުކުރި ނޫސްވެރިންނަށް ފުރައްސާރަކޮށް އަނިޔާކޮށްފައިވާކަން ފާހަގަކޮށް ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، ނޫސްވެރިންނަށް އަނިޔާކުރި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.