ހަބަރު
07 Feb 2023 | 12:11
ތުރުކިޔޭއާއި ސީރިއާއަށް އައި ބިންހެލުމާއި ގުޅިގެން އައިއޭސީއިން ކުއްލި އެހީ ފަންޑެއް

އިއްޔެގެ ވަގުތެއްގައި ތުރުކިޔޭއަށާއި އުތުރު ސީރިއާއަށް އައި ވަރުގަދަ ބިންހެލުންތަކާއި ގުޅިގެން އެހީ ފޯރުކޮށްދިނުމަށްޓަކައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިން (އައިއޭސީ) ކުއްލި އެހީ ފަންޑެއް ހުޅުވާލައިފިއެވެ.

އައޭސީން ބުނީ، ތުރުކިޔޭ އާއި ސީރިޔާއަށް އައި ބިން ހެލުމާއި ގުޅިގެން ކުއްލި އެހީގެ ފަނޑު ހުޅުވާލެވިފަިވާ ކަމަށާ، އެ ޖަމިއްޔާގެ ޓީމުން ގެންދަނީ މިވަގުތަށް އެންމެ ބޭނުންޖެހިފައިވާ ހޮޓްމީލް ޕެކޭޖު ބެހެމުގެ އިންތިޒާމްތަށް ކުރަމުން ކަމަށެވެ. 

އެގޮތުން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އައިއޭސީއިން ފަށާފައިވާ މަސައްކަތައް މާލީގޮތުން އެހީވުމުގެ ފުރުސަތު އާއްމުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށް އައިއޭސީއިން ބުނެއެވެ. 

އެހީތެރިކަން ފޯރުކޮށްދިނުމަށް ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރުމަށްވެސް އެދިފައިވެއެވެ.

ބީއެމްއެލް އިސްލާމިކް 

އެކައުންޓް ނަމްބަރު: 7770000062741 

އެކައުންޓް ނަން: International Aid Campaign 

އެކައުންޓް ލޭބަލް: IAC | EMERGENCY

7.8 މެގްނެޓިޔުޓް ބާރު މިނުގައި ތުރްކިޔޭގެ ދެކުނަށާއި ސީރިޔާގެ އުތުރަށް އައި ބިންހެލުމުގައި ބޮޑެތި ޢިމާރާތް ތަކެއް ވަނީ ވެއްޓީ ބިމާއި ހަމަވެފައެވެ. އިމާރާތް ތަކުގެ ދަށުވެފައި އެތަށް ބަޔަކު ތިބި އިރު، ބިން ހެލުމުގެ ސަބަބުން އެތައް ބަޔަކު ވަނީ މަގުމަތިވެފައެވެ.

ބިންހެލުމާއި ގުޅިގެން ތުރުކީގައި މިހާތަނަށް 3000 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެ، 15،000 އަށް ވުރެން ގިނަ މީހުން ޒަހަމްވެފައިވާއިރުގައި، 6000 އަށް ވުރެން ގިނަ އިމާރާތް ބިމާ އެއްހަމައެއްވެފައިވެއެވެ. ސީރިއާގައި ވަނީ މިހާރު 1500 އާއި ގާތް ކުރާ އަދަދެއްގެ މީހުން މަރުވެފައިކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ދައްކާގޮތުން މި ބިންހެލުން އުފެދިފައިވަނީ ގަޒިއަންޓެޕް ކިޔާ ހިސާބާއި 20 މޭލު ކައިރިން ކަމަށާއި އަދި ބިން ހެލުން އަތުވެފައިވަނީ 11 މޭލު އަޑިން ކަމަށެވެ. 6.7 މެގްނެޓިޔުޓް ގައި އައިކަމަށް ރިކޯޑް ކުރެވިފައިވާ ބިންހެލުން ހުއްޓުމަށްފަހު އޭގެ އަސަރު 10 މިނިޓަށް ދެމިގެން ދިޔަ ކަމަށެވެ. އަދި ބިންހެލުމުގެ އިހްސާސް ސައިޕްރަސް އާއި ލުބްނާން ވަނީ ކޮށްފައިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.