ތުރުކިޔޭ-ސީރިޔާގެ ބިންހެލުމުގެ ތެރެއިން-- ފޮޓޯ: އިންޓަނެޓް
ހަބަރު
07 Feb 2023 | 17:25
ބިންހެލުމުގައި ނިޔާވި މީހުންނަށް ފުރައްސާރަ ކޮށްފި

އިސްލާމް ދީނާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ފްރާންސުގެ ހައްދުފަހަނައަޅާފައިވާ ނޫސް މަޖައްލާ, ޗާލީ ހެބްޑޯ އިން، ތުރުކިޔޭ-ސީރިޔާ ބިންހެލުމުގައި ނިޔާވި މީހުންނަށް ފުރައްސާރަ ކޮށްފިއެވެ. 

ފާއިތުވި 48 ގަޑިއިރުތެރެއިން 5 ބިންހެލުން އައިސް ތުރްކިޔޭ އާއި ސީރިޔާއިން ނިޔާވި މީހުންގެ ޢަދަދު 5000 އަށް މިހާރު ވަނީ އަރާފައެވެ. އަދި މި ކާރިސާގައި ތުރްކިޔޭ އާއި ސީރިޔާއިން ޒަހަމްވެ އަނިޔާވި މީހުންގެ ޢަދަދު 10 ހާހުން މައްޗައް ވަނީ އަރައިފައެވެ.

އެކި އުމުރު ފުރައިގެ އެތައް މީހުން ނިޔާވެ އެތައް ބައެއް ގެދޮރު ގެއްލި، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ މި ހިތާމަވެރި ހާދިސާއާއި ގުޅިގެން މުޅި ދުނިޔެ އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. 

އެހެން ނަމަވެސް، ހައްދުފަހަނައަޅާފައިވާ ފްރާންސްގެ މަޖައްލާ، "ޗާލީ ހެބްޑޯ" އިން މި ފަހަރުވެސް ވަނީ މުސްލިމުންނަށާއި އިންސާނިއްޔަތަށް ވެސް އެއްވެސް ގަދަރެއް އެމީހުން ނުކުރާކަން ދުނިޔެއަށް ހާމަކޮށްދީފައެވެ. 

އެގޮތުން، ތުރުކިޔޭ-ސީރިޔާގެ ބިންހެލުމުގައި ނިޔާވި މީހުންނަށް ފުރައްސާރަ ކޮށް، އެ މަޖައްލާގެ ރަސްމީ ޓުވީޓާ އެކައުންޓް ގައި ހިއްސާކޮށްފައިވާ ކުރެހުމެއްގައި ވަނީ، "ދެން ޓޭންކްގެ (ހަނގުރާމަވެރި އުޅަނދުގެ) ބޭނުމެއް ނެތް" ކަމަށް ބުނެފައެވެ. 

ޓޭންކަކީ ބޮޑެތި ހަނގުރާމަ ތަކުގައި ވަރުގަދަ މިސައިލްތައް ފޮނުވައި އެއްފަހަރާ އެތައް ބަޔަކު މަރާލައި ތަން ތަން ސުންނާފަތި ކޮށްލަން ބޭނުންކުރާ އުޅަނދެކެވެ. 

ޗާލީ ހެބްޑޯގެ މި ކުރެހުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ނޫހަށް ވަނީ އަމާޒުވެފައެވެ. އަދި އެއީ ވަރަށް ލާއިންސާނީ އަމަލެއް ކަމަށާ، މަރުވެފައިވާ މީހުންނަށް އަމާޒުކޮށް އެފަދައިން ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މީހުން އަންނަނީ ބުނަމުންނެވެ.

ޗާލީ ހެބްޑޯ ނޫހުންވަނީ މީގެ ކުރިން ތުރުކިޔޭގެ ރައީސް ތައްޔިބް އުރުދުޣާންގެ ކާޓޫންވެސް ކުރަހާފައެވެ. އެ ނޫހުން އެފަދައިން ކަން ކޮށްފައިވަނީ، އޭގެ ކުރިން އެނޫހުން ރަސޫލާ ޞޢވ ގެ ކާޓޫން ކުރެހުމާއި ގުޅިގެން މުސްލިމުންގެ ނުރުހުން ފްރާންސް އަށް އަމާޒުވެފައި ވަނިކޮށް، އެ ކާޓޫންތައް ކުރެހުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ ފުރާންސު ސަރުކާރުން ފަތުރަމުންދިޔަ މުސްލިމުން ރުޅިއެރުވުމުގެ ޕުރޮޕެގެންޑާއާއި ދެކޮޅަށް އުރުދުޣާން ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.