ތުރުކިޔޭ-ސީރިޔާގެ ބިންހެލުމުގެ ތެރެއިން-- ފޮޓޯ: އިންޓަނެޓް
ހަބަރު
08 Feb 2023 | 09:40
ޕްރޮގްރެސިވް ކޯލިޝަނުން ތުރުކިޔޭއަށް ތައުޒިޔާ ކިޔައިފި

ޕްރޮގްރެސިވް ކޯލިޝާނުން ބިންހެލުމުގެ ސަބަބުން އަސަރު ކޮށްފައިވާ ތުރްކިޔޭގެ ރައްޔިތުންނަށް ތައުޒިޔާ ކިޔާފިއެވެ.

އިދިކޮޅުން އިއްޔެގެ ވަގުތެއްގައި ނެރުން ހަމްދަރުދީގެ މެސެޖްއެއްގައި ފަނާކުރަނިވި ބިންހެލުމުގެ ސަބަބުން އަސަރުކުރި އެކުވެރި ތުރްކިޔޭގެ ރައްޔިތުންނަށް އެންމެ ފުން ހަމްދަރުދީ ފާޅުކުރާ ކަމަށް ވަނީ ބުނެފައެެވެ.

އެއާއިއެކު ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންގެ ފަރާތުންނާއި، ލީޑާޝިޕް ގްރޫޕްގެ ފަރާތުންނާއި، ސެނެޓް އަދި ޕާޓީގެ މެމްބަރުންގެ ފަރާތުން، މި ބިންހެލުމުގެ ސަބަބުން އަސަރު ކޮށްފައި ތިބި އާއިލާތަކަށް ތައުޒިޔާ ކިޔައިފައިވެއެވެ.

އެ ކޯލިޝަންގެ އުންމީދަކީ އަވަސް ޝިފާއެއް ތުރްކިޔޭގެ ރައްޔިތުންނަށް ލިބުމަށާއި މި ރައްޔިތުންގެ ދިރިއުޅުން ވީހާވެސް އަވަހަކަށް އާދައިގެ ހާލަތަކަށް އެނބުރި ދިޔުން ކަމަށް ވެސް މިމެސްޖެގައިވެއެވެ.

އަދި ބިންހެލުމުން ސަލާމަތް ކުރެވިފައިވާ މީހުންގެ ދުޅަހެޔޮ ކަމަށް ދުއާކުރާކަމަށް ވެސް އިދިކޮޅުން ބުނެފައިވެއެވެ.

މީގެ އިތުރުން އިދިކޮޅުން ވަނީ ތުރްކިޔޭގެ ރައީސް ރެޖެޕް ތައިޔިޕް އާރދޮއަން އަކީ ރިކަވަރީއަށް ފޯކަސް ކޮށްގެން މިފަދަ ކާރިސާއެއްގެ ތެރެއިން ކުރިއަށް ދިޔުމުގެ ޤާބިލިއްޔަތުކަން ހުރި ބޭފުޅެއްކަން އެ ކޯލިޝަނުން ޤަބޫލް ކުރާ ކަމަށް ބުނެފައެވެ.

ފާއިތުވި 48 ގަޑިއިރުތެރެއިން 5 ބިންހެލުން އައިސް ތުރްކިޔޭ އާއި ސީރިޔާއިން ނިޔާވި މީހުންގެ ޢަދަދު 5000 އަށް މިހާރު ވަނީ އަރާފައެވެ. އަދި މި ކާރިސާގައި ތުރްކިޔޭ އާއި ސީރިޔާއިން ޒަހަމްވެ އަނިޔާވި މީހުންގެ ޢަދަދު 10 ހާހުން މައްޗައް ވަނީ އަރައިފައެވެ.

އެކި އުމުރު ފުރައިގެ އެތައް މީހުން ނިޔާވެ އެތައް ބައެއް ގެދޮރު ގެއްލި، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ މި ހިތާމަވެރި ހާދިސާއާއި ގުޅިގެން މުޅި ދުނިޔެ އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.