ހުޅުމާލެއިން ގޯތިދޫކުރަން ނިންމާފައިވޭ/ ފޮޓޯ: އިންޓަނެޓު
ހަބަރު
08 Feb 2023 | 06:21
މާލެ ސަރަހައްދުން ގޯތި ދޫކުރާ އަދަދު އިތުރުކުރުމާއި ގުޅިގެން އާންމުންގެ ޖަމުއިއްޔާގެ ކަންބޮޑުވުން!

މާލެ ސަރަހައްދުން ގޯތި ދޫކުރާ އަދަދު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމުމާއި ގުޅިގެން ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އާންމުންގެ އެކުވެރި ޖަމުއިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ސަރުކާރުގެ އެ ނިންމުމާއި ގުޅިގެން އެ ޖަމުއިއްޔާގެ ކަންބޮޑުވުންތައް ހިއްސާކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން ސަރުކާރުން ނިންމާފައިވަނީ ގިރާވަރުފަޅު ހިއްކައިގެން 5000 ގޯތި ދޫކުރުމަށް ކަމަށެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2000 ގޯއްޗެވެ. 

އެހެން ނަމަވެސް މިއަހަރަށް މަޖިލީސް ފައްޓަވާދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާނު ކުރައްވާފަ އެވެ. 

އާންމުންގެ ޖަމުއިއްޔާއިން ބުނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ސަރުކާރުން 3،000 މީހުންނަށް ބަހަން މިހާރުވެސް ނިންމާފައިވަނީ 7،000 ހިޔާ ފްލެޓު އަޅާފައިވާ ބިމަށްވުރެ 16 ގުނަ ބޮޑު ސަރަހައްދެއް ކަމަށެވެ.

އެއީ ހިޔާ 25 ބުރީގެ 250 ޓަވަރަށް ވުރެ ގިނަ ޓަވަރު އަޅައި، 200،000 އަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ޖާގަ ކަމަށެވެ.

ހިލޭ ބަހަން ސަރުކާރުން ޕްލޭން ކުރާ ބޮޑު ބިމަކީ ބިންތަދު މާލޭ ސަރަހައްދުގައި އަގުގެ ގޮތުން ބެލިޔަސް އެތައް ބިލިއަން ރުފިޔާގެ އަގުހުރި ރައުސުލްމާލެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި 3،000 މީހުންނަށް ބަހަން ޕްލޭން ކުރެވިފައިވާ ބިމުގެ އަގު އެތައް ބިލިއަން ރުފިޔާއަށް އަރާއިރު އެއީ އޭގެ އެތައް ގުނަ ގިނަ އާބާދީއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ފައިސާ ކަމަށެވެ.

އާންމުންގެ ޖަމުއިއްޔާއިން ވަނީ މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި ބޮޑެތި ކޮރަޕްޝަން ހިންގަމުންދާކަމަށް ތުހުމަތުތައް ކުރެވެމުންދާކަން ފާހަގަކޮށްފަ އެވެ. ނިމިގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ވެސް ގޯތީގެ އެކިއެކި ޑީލުތައް ސަރުކާރުގެ އިސް ފަރާތްތަކުން ހަދަމުން ދިޔަކަމުގެ އެތައް ތުހުމަތެއްވެސް ކުރެވުނުކަން އެ ޖަމުއިއްޔާއިން ފާހަގަކުރި އެވެ. 

ގޯތި ބަހަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެޖަމިއްޔާއިން ބުނި ގޮތުގައި ނިކަމެތި 3،000 މީހުންނަށް ހުސް ބިމެއް ދީގެން އެ މައްސަލަ ހައްލު ނުވާނެ އެވެ. 

ނުވިތާކަށް އެފަދައިން އެކަން ކުރުމުގެ ސަބަބުން މުސްތަގުބަލުގައި އެތަންތަނުގެ ސަބަބުން ކުލީގެ އަޅުންނަށް މީހުން ހެދުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އާންމުންގެ ޖަމުއިއްޔާއިން ވަނީ ބުނެފަ އެވެ. 

އާންމުންގެ ޖަމުއިއްޔާއިން ބުނީ ރިޔާސީ އިންތިޚާބުގެ އަހަރާއި ދިމާކޮށް އެއްވެސް ދިރާއެއް ނެތި ގޯތި ދޫކުރާނެ އިތުރު ބިންތަކެއް ދިނުމަށް ކަނޑައެޅީ ސިޔާސީ މަގްސަދަކަށްޓަކައިކަމަށް ގަބޫލު ކުރެވޭކަމަށެވެ. 

""ގޯއްޗަށް 15،000 މީހުން ކުރިމަތި ލާފައިވާއިރު ސަރުކާރުން ބޭނުންވާ ގޮތަކަށް ބޭނުންވާ ބަޔަކަށް ފުރަތަމަ 3،000 ގޯތި ބަހާފައި، ބާކީ ތިބި ފަރާތްތަކަށް ގޯތި ދެވޭނީ އަންނަ ދައުރުގައި ކަމަށް ބުނެ ގޯތި ލިސްޓު 2023 ގެ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ބެލެވެ އެވެ"

އާންމުންގެ ޖަމުއިއްޔާގެ ބަޔާން

އެކަންކަން ފާހަގަކޮށް އާންމުންގެ ޖަމުއިއްޔާއިން ބުނީ ގޯތި ދޫކުރާނެ ސާފު އުސޫލުތަކެއް މިހާތަނަށް އައިރު ކަނޑައަޅާފައި ނުވާއިރު، 3،000 މީހުންނަށް 200،000 މީހުން އާބާދު ކުރެވޭނެ ބިން ރިޔާސީ އިންތިހާބާއި ދިމާކޮށް ބަހާލަން އުޅުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. 

ސަރުކާރުން ބަހާލަން ނިންމާފައިވާ ބިންތަކަކީ ކުރިއަށް އޮތް އެތައް ޖީލެއްގެ ހައްގު ހިމެނޭ ބިންތަކެއް ކަމަށްވާއިރު، އެ ބިންތައް މަދު މިސްކޮޅެއްގެ ހަރު މުދަލަށް ބަދަލުކޮށް ސިއްކަ ޖެހިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި އެ ޖަމުއިއްޔާއިން ވަނީ އެ މަސައްކަތުގައި ހުރިހާ ދިވެހިން ބައިވެރިވުމަށް ގޮވާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.