ސައީދު މަޖިލިސްކުރާ ގެކޮޅު ކައިރީގައި/ ފޮޓޯ: ވޮއިސް
ހަބަރު
08 Feb 2023 | 09:44
ތިލަފުށިން ބޭރު މީހުންނަށް ބިން ވިއްކާނަމަ ދިވެހި ވިޔަފާރިވެރިން ފުނޑޭނެ: ސައީދު

ފުރަމާލެއާއި ގުޅާލުމަށް ނިންމާފައިވާ ތިލަފުށިން ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން ވިއްކުމަކީ ދިވެހި ވިޔަފާރިވެރިންނަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ބޭރު ފަރާތްތަކަށް ތިލަފުށިން ބިން ވިއްކުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެ ޓްވީޓުގައި ސައީދު ވަނީ ދުރު މުސްތަގުބަލަށް ބަލާއިރު، ބޭރު މީހުންނަށް ތިލަފުށިން ބިން ވިއްކުމުން ދިވެހި ވިޔަފާރިވެރިންނަށް ލިބޭނެ ބައެއްކަހަލަ ގެއްލުންތަކަށް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން ސައީދު ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނަށް މާލެ ސަރަހައްދުން ވިޔަފާރި ބިންތައް ހޯދުމަށް މިހާރުވެސް ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ. މާލެ ސަރަހައްދުގެ ބިން ތަކަކީ އަގު ބޮޑެތި ބިންތަކެއްކަމަށާއި، އަދި ބިން ހޯދުމަށް ބޮޑެތި ދަތުތަކެއް މިހާރުވެސް ހުރިކަމަށެވެ. 

މިހާލަތު އޮތް އިރު، ތިލަފުށިން ބޭރު މީހުންނަށް ބިން ދޫކުރާނަމަ އޭގެ ސަބަބުން ދިވެހި ވިޔަފާރިވެރިން ވިޔަފާރިކުރާނެ ބިންތައް ހޯދުމަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. 

މިހާރުވެސް ސަރުކާރުން ތިލަފުށިން ދެ ބިން ބޭރުގެ ފަރާތްތަކަށް ދޫކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި ތިލަފުށީގެ ބިންތައް ކޮންޓްރޯލު ކުރާނީ ބަކި ބައެއްކަމާމެދު ޝައްކު ނުކުރައްވާކަމަށް ސައީދު ވިދާޅުވިއެވެ. 

އެކަން ފާހަގަކުރައްވާ އޭނާ ވަނީ ތިލަފުށިން 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތައް އަނބުރާ ސަރުކާރަށް ހޯދާ، ބޭރު މީހުންނަށް ބިން ދޫކުރެވޭ އުސޫލު މިހާރުން މިހާރަށް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

އެފަދައިން ބިން ދޫކުރުމަކީ ދިވެހި ވިޔަފާރިވެރިންގެ މުސްތަގުބަލަށް ވަރަށް ބޮޑަށް ހިޔަނި އެޅޭނެ ކަމެއްގެ ގޮތުގައި ސައީދު ވަނީ މީގެ ކުރިންވެސް ސިފަކުރައްވާފަ އެވެ. 

ބޭރު މީހުންނަށް ތިލަފުށިން ބިން ވިއްކޭ އުސޫލަށް އިދިކޮޅުން ގެންދަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ. އަދި އެކަމާއި އިދިކޮޅުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އެގޮތަށް އެކަން ނުކުރުމަށް ގޮވާލާ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއްވެސް އިދިކޮޅުން ވަނީ ވައްދާފައެވެ. 

އެހެން ނަމަވެސް އެމްޑީޕީ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ