މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު: ފޮޓޯ/ވޮއިސް
ހަބަރު
08 Feb 2023 | 14:52
ބޭރުމީހުނަށް ޤަރުނަކަށް ނުއަގުގަ އެވިއްކަނީ ދިވެހިންގެ މުސްތަޤްބަލް: ސައީދު

ދިވެހި ގިނަ ވިޔަފާރިތަކެއްގެ ސިނާއީ މަސައްކަތް ކުރާ ރަށް، ތިލަފުށީގައި އިންޑަސްޓްރިއަލް ހަބެއް ހެދުމުގެ ބޭނުމުގައި އެރަށުގެ ބިން 99 އަހަރަށް ވިއްކާލަން ސަރުކާރުން ނިންމާފައިވާ ނިންމެވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ސައީދު ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ، މާލޭކޮމާޝަލް ބަނދަރާއި، ބްރިޖާއި، އެއާޕޯޓް ފަދަ މުހިއްމު މުދަލަކީ ރާއްޖޭގެ އިޤްތިސާދުގެ ކުރިމަގު ކަމަށެވެ.

އަދި އެ ހުރިހާ ތަނަކާއި ގުޅިފައިވާ ބިމެއް، ވެރިކަންނިމެން 7 މަހަށްވުމުން އަވަސްއަރުވާލާފަ ނުއަގުގަ ބޭރުގެ ބަޔަކަށް ވިއްކާލަނީ ވެރިކަން ދަމަހައްޓަން ކަމަށް ވިދާޅުވެ އެ އަމަލަކީ ވޯރާ ވިޔަފާރީގެ 2 ވަނަ އެނބުރި އައުން ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

"ބޭރުމީހުނަށް ޤަރުނަކަށް ނުއަގުގަ އެވިއްކަނީ ދިވެހިންގެ މުސްތަޤްބަލް." ސައީދު ވިދާޅުވި އެވެ. 

ކުނި އަޅައިގެން ހިއްކާފައިވާ ތިލަފުށި 220 މިލިއަން ޑޮލަރު (18 ބިލިއަން ރުފިޔާ) ގެ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާއިރު، މި މަޝްރޫއު ފަރުމާކޮށްފައިވަނީ މާލޭގައި ހުރި ހުރިހާ އިންޑަސްޓްރިއަލް މަސައްކަތްތަކެއް ތިލަފުއްޓަށް ބަދަލު ކުރުމަށެވެ.

ތިލަފުށި އެއްވަނަ ފިޔައްވަސާއި ދެވަނަ ފިޔަވަހި ވަކިކޮށްލަން ބްރިޖުން ގުޅާލައި ޗެނަލް އަކުން ވަކި ކޮށްލާނެ އެވެ. މި މަޝްރޫއުގެ ދަށުން މިހާރު ތިލަފުށީގައި ހުރި 120 ހެކްޓަރުގެ އިތުރުން އިތުރު 140 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ. މިތަނުގައި ކުދި އިންޑަސްރިއަލް މަސައްކަތްތަކާއި ބޮޑެތި މަސައްކަތް ތަކަށް ވެސް ބިން ދޭނެ އެވެ. އެއްބައިގައި ގުދަންތަކާއި ހެވީ އިންޑަސްރިއަލް މަސައްކަތްތަކަށް ހާއްސަ ސަރަހަދެއް އޮންނާނެ އެވެ. މީގެ އިތުރުން އޮފީސް ޖާހައަކާއި ތެޔޮ ރައްކާ ކުރާ ވަސީލަތް ވެސް ހުންނާނެ އެވެ. މީގެ އިތުރުން "ލޭބަ ވިލެޖެއް" ވެސް އޮންނާނެ އެވެ. ތިލަފުށީގެ ބަނދަރު ބޮޑުކޮށް ބޭނުން ކުރެވޭނެ ފެސިލިޓީ ގާއިމް ކުރާނެ އެވެ. 

މިފަދަ ޕްލޭންއެއް އޮތް އިރު، އެރަށުން ބޭރު މީހުންނަށް ބިން ވިއްކުމަކީ ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވާނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.