ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
ހަބަރު
08 Feb 2023 | 18:33
ގަން އެއާޕޯޓު ތަރައްގީކުރަން އިންޑިއާގެ ރެނާޓަސްއަށް ހަވާލުކުރަނީ

އައްޑޫ ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުނި، ރެނާޓަސްއާ ހަވާލުކުރަން ނިންމައިފި އެވެ.

އައްޑޫ އެއާޕޯޓަށް 80 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާމަން އަޒާން އަހުމަދު ޒުހައިރު ވިދާޅުވީ، އެ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓް އިންޑިއާގެ ރެނާޓަސްއާ މީގެ 2-3 ހަފުތާ ކުރިން ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.

ގަން އެއާޕޯޓު ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން، 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްޤީ ކުރަން ވަނީ ނިންމާފައެވެ. 

ހަމައެއާއެކު އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަން އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީކޮށް ޕާކިން ސަރަހައްދެއް ވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މީގެ އިތުރުން ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖު އަދި އެ ނޫން ވެސް އެއާޕޯޓް ތަރައްގީ ކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫއުގެ ތެރެއިން ކުރުމަށް ވަނީ ހަމަޖހެިފައެވެ.

މި މަސައްކަތް ހަވާލުކުރެވުނު ރެނާޓަސް އަކީ ދެކުނު އިންޑިއާގައި ފުޅާ ދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން އަންނަ އާރުޕީޕީ ގްރޫޕުގެ ސަބްސިޑަރީ ކުންފުންޏެކެވެ. ސަރަހައްދުގައި ކޮންސްޓްރަކްޝަން މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ހުޅުމާލޭގައި 'ރެނާޓަސް އިތާ މުތް' ފްލެޓް އިމާރާތް ވެސް ހަދާފަ އެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް ފްލެޓް އިމާރާތެއްގެ މަސައްކަތް ރެނާޓަސް އިން ކުރިއަށް އެބަ ގެންދެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ރަޝިޔާގެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފި
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، އެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފިއެވެ.
12 Aug 2026
އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓުތައް އެތައް ޤައުމަކުން އެތެރެކުރުން ހުއްޓާލަނީ
ޖަޕާނުން އިންޑިއާގެ އަނބު އެތެރެކުރުން ހުއްޓައިލައި، ޗައިނާއިން ހަނޑޫ ރިޖެކްޓްކޮށް، ޔޫރަޕާއި ހޮންގް ކޮންގުން ހަވާދުގެ ސާމްޕަލްތަކުން މައްސަލަ ފެނުމާ އެކު، އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
12 Aug 2026
ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
ރާއްޖޭގައި މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް، ޚާއްޞަކޮށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
12 Aug 2026
ފާއިތުވި ހަފްތާގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރީ ބޭރުގެ ލޯނުތައް އަދާކުރުމަށް
ފާއިތުވި ހަފްތާގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ހާމަކޮށްފިއެވެ.
12 Aug 2026
ކުދިން ދިވެހި ބަހުން ވާހަކަދެއްކުމަށް ފަސްޖެހޭ ކަމީ ސީރިއަސް މައްސަލައެއް
39 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ހުޅުވައިދެއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވާހަކަދެއްކުންތެރިކަމުގެ ހުނަރަކީ ކުރިއަށް އޮތް ޖީލުތަކުގެ ކިބައިގައި ހަރުލެއްވުން ވަރަށް މުހިންމު ސިފައެއް ކަމަށް ވިދާޅުވެފައިވެއެވެ. ދިރިއުޅުމުގައި ކާމިޔާބީ ހޯދުމަށް އެހެން މީހުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން ލިބިފައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ހީނާ ވިދާޅުވެފައިވެއެވެ.
12 Aug 2026
ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ބާރު، ފުރުސަތުތައް ފަހިކޮށްދޭނަން
ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށާ، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Aug 2026
ފަލަސްތީނުގެ 1,700 މީހުންގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައި
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން، މުސްތަގުބަލުގައި ބަދަލުކުރެވޭ "ބާގޭނިންގ ޗިޕްސް"ގެ ގޮތުގައި ފަލަސްތީނުގެ 1,700 އެއްހާ މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ކުޑަކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅުހެދުމުން ކެނެޑާގެ ފްލައިޓެއް ކެންސަލްކޮށްފި
މި މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ފްލައިޓް ނައްޓާލަން ތައްޔާރުވަމުން ދަނިކޮށް އެ ކުއްޖާ ވަނީ ގޮނޑިން ތެދުވެ ސީޓްބެލްޓް އެޅުމަށް އިންކާރުކޮށްފައެވެ. އެއަރލައިނުން ބުނި ގޮތުގައި، ކުއްޖާގެ ބެލެނިވެރިޔާއާއި ފްލައިޓްގެ ކުރޫއިން އެ ކުއްޖާ މައިތިރިކޮށް ސީޓްބެލްޓް އެޅުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.