ބިންހެލުމުގައި ގެދޮރު ސުންނާފަތި ވެފައިވާ ކުއްޖެއް ފޮތެއް ހިފައިގެން: ފޮޓޯ/އިންޓަނެޓް
ހަބަރު
09 Feb 2023 | 08:03
ތުރުކިޔޭ ސީރިޔާ ބިންހެލުން: ހިތް ފަޅައިގެންދާވަރުގެ މަންޒަރުތަކެއް

ތުރުކިޔޭ އަށާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގެ ސިލްސިލާއަށްފަހު، ޢިމާރާތްތަކުގެ ދަށުވެފައިތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރެވެމުންދާއިރު، އެފަދަ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ދައުރު ވަމުންދާ، އެފަދަ ބައެއް ފޮޓޯ ތަކާއި ވީޑިއޯ ތަކުން ތާށިވެފައި ތިބި މީހުން ސަލާމަތް ކުރެވުނު ކަމަށްޓަކައި ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިދިނަސް އެތަނުން ގިނަ މަންޒަރު ތަކަކީ ހިތަށް ކެތް ކުރާން ދަތި މަންޒަރުތަކެކެވެ. 

އެގޮތުން ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތުގެ ދަށުގައި ގާތްގަނޑަކަށް 36 ގަޑި އިރުވަންދެން ހޭދަކުރި އުމުރުން އެންމެ 7 އަހަރުގެ މަރިޔަމް އާއި އޭނާގެ ކޮއްކޮ އީލާފް ވީޑިއޯ ތަކެއް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިގެ ހިފައިގެން ގޮސްފައިވާއިރު އެ ވީޑިއޯ އިން ހިތެއް އޮތް މީހަކަށް އަސަރު ކުރާނެއެވެ. 

މަރިއަމް އާއި އޭނާގެ ކޮއްކޮ އެކީގައި ފިތިފައި ތިބި އިރު، މަރިއަމް ދިޔައީ ކޮއްކޮގެ ބޮލުގައި މަޑު މަޑުން ފިރުމަމުން ހިރަފުހާ ކުނޑިތަކުން ކޮއްކޮގެ މޫނު ރައްކާތެރިކޮށްދެވޭތޯ މަސައްކަތް ކުރަމުންނެވެ.

ސީރިއާގެ އުތުރުގައި އޮންނަ ހަރަމް ގެ ކުޑަ ކުޑަ އަވަށެއްގައި، އެކުދިން ދިރިއުޅުނު ގޭގެ ބައިތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ރެސްކިޔު ޓީމަށް އެ ދެކުދިން ފެނުމުން މަރިޔަމް އެދުނީ ދެކުދިން ސަލާމަތް ކޮށްދިނުމަށެވެ. އަދި އޭގެ ބަދަލުގައި އެމީހުން ބުނި ކޮންމެ ކަމެއް ކޮށްދޭނެ ކަމަށް ވެސް އޭނާ ބުނެއެވެ. 

"އަހަރެން މިތަނުން ނެރެދީ، އަހަރެން ކޮންމެ ކަމެއްވެސް ކޮށްދީފާނަން،" 

"އަހަރެން ޚާދިމަކަށް ވާނަން." އާންމުވެފައިވާ ވީޑިއޯގައި މަރިޔަމް ބުނެއެވެ. "ނޫން، ނޫން"، އެއާއެކު ކުދިން ސަލާމަތް ކުރަން އުޅުނު މީހާ ރައްދުގައި ވަގުތުން ޖަވާބު ދެއެވެ.

ދެކުދިންގެ ބައްޕައާއި ހަވާލާދީ ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހޯމަދުވަހުގެ ފަތިހު ބިން ގުޑައިގެން ދިޔައިރު، އޭނާއާއި، އޭނާގެ އަންހެނުންނާއި، ތިން ދަރިން ތިބީ ނިދާފައެވެ. އަދި އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި އިރު ސަލާމަތްވޭތޯ އެމީހުން ދުޢާ ކުރަމުންދިޔައިރު، ރެސްކިޔު ޓީމުތަކުންވަނީ އެ އާއިލާ އެންމެންވެސް ސަލާމަތްކޮށްފައެވެ. 

ބިންހެލުމުގައި ފެނިދިޔަ މިފަދަ ހިތްދަތި އެހެން މަންޒަރެކެވެ. ބިންހެލުމުގެ ސަބަބުން ތުރުކީވިލާތުގެ ކަހްރަމަންމަރާޝްގައި ބިމާ ހަމަވެފައިވާ އިމާރާތެއްގެ ދަށުވެ، މަރުވެފައިވާ ކުޑަ އަންހެން ކުއްޖެއްްގެ އަތުގައި ހިފައިގެން އޭނާގެ ބައްޕަ، މެސުތް ހެންސަރ އިނެވެ. އެ ބައްޕަގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމާއި ހިތާމައެވެ. ފެންނަ ފެނުމަށް އޭނާ އިނީ ހިނގައިދިޔަ ކަންކަމުގެ ސަބަބުން ވަރަށް ބޮޑު ޝޮކެއްގައެވެ. 

ވާނީވެސް އެހެންތާއެވެ. އުމުރުން 15 އަހަރުގެ، ލޯބިވާ އަންހެން ދަރިފުޅު، ދުނިޔެއާއި ވަކިވެގެންދިޔައީއެވެ. ފުނޑުވެފައިވާ އިމާރާތުގެ ގާފުނި މަތީ ހެންސަރ އިށީންދެގެން އިންއިރު އޭނާގެ އަންހެން ދަރިފުޅު، އިރްމާކްގެ އޮތީ ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފައި އޮތް އެނދުގައެވެ.

މިފަދަ އެހެން ފޮޓޯއެކެވެ. ފޮޓޯއިން ފެންނަނީ 18 މަހުގެ ރަޣަދު އިސްމާއީލެވެ. ބިންހެލުމުގައި އެކުޑަކުޑަ ކުއްޖާގެ މަންމަ އާއި ދައްތަ އަދި ބޭބެ ނިޔާވެފައިވާއިރު ބައްޕަ އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. ބިންހެލުމުގައި ލިބުނު އަނިޔާގެ ސަބަބުން ކުއްޖާގެ ބައްޕަގެ މައިބަދައަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. 

"ސީލިންގ ވެއްޓުނީ ސީދާ 2 ވަނަ އާއިލާގެ ގައިމައްޗަށް. ބައްޕައާއި އޭނާގެ ދޮޅު އަހަރުގެ ދަރިފުޅުގެ ހާލު ސްޓޭބަލް. ބައްޕަގެ މައިބަދަ ބިނދިފަހެން ހީވަނީ. އޭނަގެ ހަގު އަންހެން ދަރިފުޅު، ރަޣަދުގެ ހާލު ރަނގަޅު. ފިރިހެން މީހާގެ މާބަނޑު އަނބިމީހާއާ 5 އަހަރުގެ އަންހެން ދަރިފުޅާ 4 އަހަރުގެ ފިރިހެން ދަރިފުޅު މަރުވީ." ރަޣަދުގެ ބޮޑުބޭބެ އަބޫ ހުސާމް ކިޔައިދިނެވެ.

ރަޣަދުއާއި އޭނާގެ ބޮޑުބޭބެ ހަވާލުވެފައިވާއިރު އެ ތުއްތު މައުސޫމް ކުއްޖާ އަށް ދެން އޭނާގެ މަންމަ އާއި ބޭބެ އަދި ދައްތަ އެއްވެސް ނުފެންނާނެއެވެ. 

18 މަހުގެ ރަޣަދު-- ފޮޓޯ/ ރޮއިޓާސް 

ރަޣަދުގެ އިތުރުންވެސް އެތައް ތުއްތު ކުއްޖެއްގެ މައިންބަފައިން ވަނީ ބިންހެލުމުގެ ސަބަބުން ދުނިޔެއާއި ވަކިވެގެންގޮސްފައެވެ. އެގޮތުން ފެނިގެން ދިޔަ އެންމެ ހިތްދަތި އެއް ވީޑިއޯ އަކީ ބިންހެލުމުގެ ތެރެއިން ނެރުނު އެހެން ތުއްތު ކުއްޖެއްގެ ވީޑިއޯ އެވެ. 

ރެސްކިޔު ޓީމުން އިމާރާތުގެ ދަށުން އެ މައުސޫމް ފުރާނަ ސަލާމަތް ކުރި އިރު ކުއްޖާ އޮތީ އެ ކުއްޖާގެ ފޫޅު ދަނޑި އާއި އެއްކޮށެވެ. ޔަގީނުންވެސް އެއީ ފެންނަ ކޮންމެ މީހަކުވެސް ނޭވާ ހިފަހައްޓާލަން ޖެހޭނެ ފަދަ މަންޒަރެކެވެ. އެ ތުއްތު ކުއްޖާ ސަލާމަތުން ދިރިއޮއްވާ ސަލާމަތް ކުރެވުނު ނަމަވެސް އެ މައުސޫމް ކުއްޖާގެ މަންމަގެ ފުރާނަ ސަލާމަތެއް ނުވިއެވެ. ވެއްޓިފައިވާ އިމާރާތުގެ ދަށުގައި އެ މަންމަގެ ހަޔާތުގެ އެންމެ ފަހުވަގުތުތައް ހޭދަކޮށްފައި ވަނީ ސަލާމަތުން ބަނޑުގައި އޮތް ދަރިފުޅު އުފަން ކުރުމަށެވެ. އެވަގުތުގައި އެ މަންމަގެ ހިތަށް ކުރާނެ އަސަރާއި، ގަންނާނެ ބިރާއި، ނުތަނަވަސްކަން ތަސައްވުރުކޮށްލުމަކީވެސް އުނދަގޫ ކަމެކެވެ. 

ސުންނާފަތިވެފައިވާ ގެތަކުގެ ދަށުން ފެނުނު ކުޑަކުއްޖާ: ފޮޓޯ/ ރޮއިޓާސް

މި ނޫންވެސް މިފަދަ އެތަކެއް މަންޒަރުތަކެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ތުއްތު ތުއްތު ކުދިން އެތައް ގަޑި އިރެއް ވަންދެން އިމާރާތް ތަކުގެ ދަށުގައި ތާށިވެ، އެހީއަށް އެދެމުންދާއިރު، ރެސްކިޔު ޓީމުތަކުން އެކުދިންނާއި އެނޫންވެސް ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. 

ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކުގައި މީހުން ހޯދާ، ސަލާމަތް ކުރަން ތުރުކިޔޭގެ 12000 އަށް ވުރެ ގިނަ ފަރާތްތަކުން، ދަނީ 9000 ސިފައިންނާއި އެކު ހަރަކާތްތެރި ވަމުންނެވެ. އަދި ގާތްގަނޑަކަށް 70 އެއްހާ ގައުމުން ދަނީ ތުރުކިޔޭއަށް އެހީތެރިވުމަށް މީހުންނާއި، އާލާތްތަކާއި، އެހީތައް ފޮނުވަމުންނެވެ.

ތުރުކިޔޭގެ އިތުރުން ހުދު ހެލްމެޓްގެ ނަމުން މަޝްހޫރުވެފައިވާ ސީރިޔާގެ ސިވިލް ޑިފެންސް ފޯސް އިން ވެސް ދަނީ ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މަދު އާލަތް ތަކަކާއި އެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ހުދު ހެލްމެޓުން ވަނީ އެމީހުން ކުރަމުންދާ މަސައްކަތުގައި އެހީވުމަށް ބައިނަލް އަޤްވާމީ އިދާރާތަކަށް ގޮވައިލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.