ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް.- ފޮޓޯ:މިހާރު
ހަބަރު
09 Feb 2023 | 12:02
ޑްރަގް އެތެރެކުރާ ފަރާތްތައް ދޫކޮށްލުމަކީ އެމީހުންނަށް ދެވޭނެ ހިއްވަރެއް: ޑރ. ޝަހީމް

ރާއްޖެއަށް ޑްރަގް އެތެރެކުރާ ފަރާތްތައް ދޫކޮށްލުމަކީ އެފަދަ ޢަމަލު ހިންގާ ފަރާތްތަކަށް ދެވޭނެ ހިއްވަރަކަށްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

މިމަހު 6 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެ އައި އުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖްގައި މަސްތުވާތަކެތި ފެނުމުން ކަސްޓަމްސް އިން އެ މަސްތުވާތަކެތި އަތުލުމަށްފަހު އަންހެން މީހާ ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލީ އެވެ.

އެކަމާއި ގުޅިގެން، ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް ޑްރަގް އެތެރެކުރި ފަރާތް ހައްޔަރުނުކޮށް ދޫކޮށްލުމަކީ ބަލައިގަނެވޭނެކަމެއްނޫން ކަމަށެވެ. އަދި އެކަން އެފަދައިން ކުރުން ނޫން ގޮތެއް ހޯދަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ ހައިބަތު ނަގަހައްޓައި ޤާނޫނު ހިންގަންޖެހޭ. ޑްރަގް އެތެރެކުރާ ފަރާތްތައް ދޫކޮށްލުމަކީ އެފަދަ ޢަމަލު ހިންގާ ފަރާތްތަކަށް ދެވޭނެ ހިއްވަރަކަށްވާނެ. ވީމާ ދެވަނަ ވިސްނުމަކަށް ދާންޖެހޭ." ޝަހީމް ވިދާޅުވި އެވެ.  

މަސްތުވާތަކެތި އަތުލުމަށްފަހު އެމީހާ ރާއްޖެ އެތެރެވިޔަ ނުދީ ފޮނުވާލުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް އޮވެ އެވެ. އެ އަންހެން މީހާގެ އަތުން ފެނުނު 2.6 ކޮލޯގެ ކޮކެއިންގެ މަގުމަތީ އަގު 6.5 މިލިއަން ރުފިޔާ އަށް އަރާކަމަށް ކަސްޓަމްސް ބުންޏެވެ. އެތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

މީގެ ކުރިންވެސް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ބޭރުގެ މީހުން އަތުން އެތަކެތި އަތުލުމަށްފަހު އެމީހުން ރާއްޖެއިން ޑިޕޯޓް ކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.