ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ)
ހަބަރު
09 Feb 2023 | 15:27
ރިޔާސަތުން މަޖިލިސް ބޭނުން ކުރަނީ ސިޔާސީ ހަސަދަ ފިލުވަން: ޝަރީފް

ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާތަނަކަށް ރިޔާސަތުން ހައްދަވައިފިކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. 

ޝަރީފް މިއަދު ކުރެއްވި ވިދާޅުވީ، މަޖިލީހަކީ ރައްޔިތުންގެ ގެ ކަމަށެވެ. އަދި އެ މަޖިލީހުގެ ތަޅުން ބޭނުންކުރެވެން ވާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށާ އަދި ގައުމުގެ ސަލާމަތްތެރިކަން ދަމަހައްޓައި، މުޅި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ރިޔާސަތުން މަޖިލީހަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހައްދަވައިފި." ޝަރީފު ވިދާޅުވިއެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައި ވާއިރު, އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެފަދަށް ތުހުމަތު ތަކެއް ކުރައްވާފައެވެ. 

އެގޮތުން، ޕްލޭނިންގެ މިނިސްޓަރު މުހައްމަދު އަސްލަމް އާއި މެންބަރަކު ކުރެއްވި ސުވާލަށް ފުރިހަމައަށް ޖަވާބު ނުދެއްވުމުން ނަޝީދު ވަނީ މެމްބަރުންގެ ސުވާލުތަކަށް ސާފު ޖަވާބު ދެއްވުމަށާއި، އިތުރު ވާހަކަތައް މަދުކުރެއްވުމަށް މިނިސްޓަރު އަސްލަމްއަށް އިރުޝާދު ދެއްވާފައެވެ.

ނަޝީދަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ، ޖަވާބު ދިނުމުގައި ގާބިލުކަން ހުރި މިންވަރަކުން ޖަވާބުދެއްވަމުންދާކަމަށެވެ.

އަސްލަމް އެފަދައިން ވިދާޅުވުން އޭނާ އަށް ރައްދު ދެއްވައި ރައީސް ނަޝީދު ވަނީ، "ޖަވާބު ދިނުމުގައި ތެދު ޖަވާބު ސާފު ކޮށް ދެއްވީމާ ނިމުނީ" ކަމަށާ އަދި މިނިސްޓަރު ގެ ގާބިލްކަން އެ ޖަވާބުގެ ތެރެއަށް ވަނުމަކީ ބޭނުންތެރިކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެއާއި ގުޅިގެން، ރައީސް ނަޝީދުގެ ވާހަކަތަކަށް "ރައްދު ދޭކަށް ނެތިން" ކަމަށް އަސްލަމް ވިދާޅުވެ ވާހަކަ ކުރިއަށް ގެންދަވަނިކޮށް، ޝަރީފް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.

އަދި ފަހަކަށްއައިސް ވަޒީރުން މަޖިލީހަށް ގެނައުމަށްފަހު "ހާރުވާ ރޭރުކުރަން" އުޅުއްވާކަން ފާހަގަކުރެއްވޭކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ރަޝިޔާގެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފި
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، އެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފިއެވެ.
12 Aug 2026
އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓުތައް އެތައް ޤައުމަކުން އެތެރެކުރުން ހުއްޓާލަނީ
ޖަޕާނުން އިންޑިއާގެ އަނބު އެތެރެކުރުން ހުއްޓައިލައި، ޗައިނާއިން ހަނޑޫ ރިޖެކްޓްކޮށް، ޔޫރަޕާއި ހޮންގް ކޮންގުން ހަވާދުގެ ސާމްޕަލްތަކުން މައްސަލަ ފެނުމާ އެކު، އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
12 Aug 2026
ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
ރާއްޖޭގައި މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް، ޚާއްޞަކޮށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
12 Aug 2026
ފާއިތުވި ހަފްތާގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރީ ބޭރުގެ ލޯނުތައް އަދާކުރުމަށް
ފާއިތުވި ހަފްތާގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ހާމަކޮށްފިއެވެ.
12 Aug 2026
ކުދިން ދިވެހި ބަހުން ވާހަކަދެއްކުމަށް ފަސްޖެހޭ ކަމީ ސީރިއަސް މައްސަލައެއް
39 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ހުޅުވައިދެއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވާހަކަދެއްކުންތެރިކަމުގެ ހުނަރަކީ ކުރިއަށް އޮތް ޖީލުތަކުގެ ކިބައިގައި ހަރުލެއްވުން ވަރަށް މުހިންމު ސިފައެއް ކަމަށް ވިދާޅުވެފައިވެއެވެ. ދިރިއުޅުމުގައި ކާމިޔާބީ ހޯދުމަށް އެހެން މީހުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން ލިބިފައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ހީނާ ވިދާޅުވެފައިވެއެވެ.
12 Aug 2026
ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ބާރު، ފުރުސަތުތައް ފަހިކޮށްދޭނަން
ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށާ، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Aug 2026
ފަލަސްތީނުގެ 1,700 މީހުންގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައި
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން، މުސްތަގުބަލުގައި ބަދަލުކުރެވޭ "ބާގޭނިންގ ޗިޕްސް"ގެ ގޮތުގައި ފަލަސްތީނުގެ 1,700 އެއްހާ މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ކުޑަކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅުހެދުމުން ކެނެޑާގެ ފްލައިޓެއް ކެންސަލްކޮށްފި
މި މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ފްލައިޓް ނައްޓާލަން ތައްޔާރުވަމުން ދަނިކޮށް އެ ކުއްޖާ ވަނީ ގޮނޑިން ތެދުވެ ސީޓްބެލްޓް އެޅުމަށް އިންކާރުކޮށްފައެވެ. އެއަރލައިނުން ބުނި ގޮތުގައި، ކުއްޖާގެ ބެލެނިވެރިޔާއާއި ފްލައިޓްގެ ކުރޫއިން އެ ކުއްޖާ މައިތިރިކޮށް ސީޓްބެލްޓް އެޅުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.