ރައީސް ޔާމީން ނ މަނަދޫގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
09 Feb 2023 | 18:03
ޕީޕީއެމްގެ ވެރިކަމެއްގައި ބޭރު މީހުންނަށް ތިލަފުށިން ބިން ވެއްކޭ އުސޫލު ބަދަލުކޮށް، ވިއްކި ބިންތައް އަތުލާނަން: އިދިކޮޅު

ދެން އެންމެ އަވަހަށް އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި ބޭރު ފަރާތްތަކަށް ތިލަފުށިން ބިން ވިއްކޭގޮތަށް އޮތް އުސޫލު އުވާލާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ. 

އެފަދައިން އެ ކޯލިޝަނުން ހާމަކޮށްފައިވަނީ ބޭރު މީހުންނަށް ތިލަފުށިން ބިން 99 އަހަރަށް ދޫކުރުމާއި އެ ކޯލިޝަން ދެކޮޅުކަން ހާމަކޮށް ނެރުނު ބަޔާނެއްގަ އެވެ. 

އިދިކޮޅުން ބުނީ ތިލަފުށީގައި ބަނދަރާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރުމުގެ ކުރިން އެ ސަރަހައްދުގެ ބިން 99 އަހަރަށް ނުއަގުގައި ބޭރުގެ ފަރާތްތަކަށް ދިނުމަކީ އެ ބިން ލިބޭ ފަރާތްތަކަށް ފައިދާ ބޮޑުވާނެ ކަމެއް ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއްކަމަށް އިދިކޮޅުގެ އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

އިދިކޮޅުން ބުނީ ބޭރު ފަރާތްތަކަށް ތިލަފުށިން ބިން ފޫކުރެވޭގޮތަށް އޮތް އުސޫލު ނިނުމަކަށް ގެނެސް އެތަންތަން އަނބުރާ ހޯދި ނަމަވެސް، ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހޯދާދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. 

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތީ ރިކޯޑު އަދަދަކަށް ބޭރުގެ އިންވެސްޓުމަންޓުތައް ރާއްޖޭގައި ކުރިއަށް ގެންދިޔަ ދުވަސްވަރެއްކަން އިދިކޮޅުން ފާހަގަކުރި އެވެ. 

އިދިކޮޅުން ބުނީ ރާއްޖެއަކީ ބިމުގެ ވަސީލަތްތައް މަދު ގައުމަކަށް ވާއިރު، ރާއްޖޭގެ ބިންތައް ނުއަގުގައި ބޭރު މީހުންނަށް ދޫކުރުމަކީ ދިވެހި ވިޔަފާރިއަށް ވަރަށް ބޮޑަށް ހީނަރުވެގެންދާނެ ކަމެއް ކަމަށެވެ. 

އެއާއެކު އިދިކޮޅު ކޯލިޝަނުން ވަނީ ދުރުރާސްތާ ޕްލޭނެއް ނެތި ރާއްޖެއަށް ބޮޑު ގެއްލުމެއް ވާގޮތަށް ތިލަފުށިން ބޭރު މީހުންނަށް ބިން ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ. 

ސަރުކާރުން އެ ނިންމުން ބަދަލު ނުކުރާނަމަ ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ޔަގީނުންވެސް އެ އުސޫލު ބަދަލުކުރާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ދިވެހި މުސްކުޅިން
ހަގީގަތާ ޚިލާފު ވާހަކަތައް އުފަންކޮށް ބޭކާރު ވައުދުތައް ޔާމީން ތިވަނީ ރައްޔިތުން މިކަމާ ވިސްނާށެވެ.
10 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ