ފަލަސްޠީނުގެ އެއިޑް ޓީމް
ހަބަރު
10 Feb 2023 | 06:02
ބިންހެލުމުގައި ޙާލުގައި ޖެހުނު މީހުންނަށް ފަލަސްޠީނުގެ އެހީގެ އަތެއް

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ވަރުގަދަ ބިންހެލުން ތަކަށްފަހު އެހީތެރިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ފަލަސްޠީނުން އެހީތެރިވުމަށް ނިންމައި އެހީގެ ގާފިލާ ފުރައިފިއެވެ.

ފަލަސްޠީނުގެ އެއިޑް ޓީމެއް މިހާރު ވަނީ ތުރްކިޔޭ އާއި ސޫރިޔާގައި މީހުން ސަލާމަތްކުރަން މަސައްކަތް ކުރާ ޓީމްތަކަށް އެހީތެރވުމުގެ ގޮތުން ފުރައިފައެވެ.

ފަލަސްޠީނިއަން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ އިން ވަނީ 73 ރެސްކިޔު ވޯކާސްގެ ޓީމަކާއި އެކު ފަލަސްޠީނުގެ ފޮރިންގ މިނިސްޓްރީ ކުރިމަތިން ބަހުގައި ވަނީ ދަތުރުފަށައިފައެވެ.

ޓީމު ފުރަތަމަ ދަތުރުކުރާނީ ޖޯޑަން އަށެވެ. އަދި ޖޯޑަން އިން ޓީމު ދެބަޔަކަށް ބެހި ތުރްކިޔޭ އަށާއި ސީރިޔާގެ ބިންހެލުމުގެ އަސަރު ކޮށްފައިވާ ހިސާބަށް ދަތުރުކުރާނެއެވެ.

ޕީއައިސީއޭގެ ހެޑް އިމާދް ޒުހައިރީ ވިދާޅުވީ "އަހަރެމެންނަށް އެހީތެރިކަމަށް ނިހާޔަތަށް ބޭނުން ވެފައިވީނަމަވެސް އަހަރެންގެ ޓީމަށް އެމީހުންނަށް އެހީތެރި ނުވެ ނުތިބެވޭނެ" މިހެނެވެ.

"އަހަރެމެންނަކީ ދެރަނިކަމެތި ކަން ތަހައްމަލް ކުރަމުންދާ ބައެއް އެހެންވީމަ އެކަން ކަން އަހަރެމެންނަށް އިހުސާސު ކުރެވޭ" ޒުހައިރީ އިތުރަށް ވިދާޅުވިއެވެ.

ފަލަސްޠީނުގެ އެއިޑް ޓީމުގައި ހިމެނެނީ ފަލަސްޠީނުގެ ސިވިލް ޑިފެންސް ފޯސްގެ މީހުންނާއި، ހެލްތް މިނިސްޓްރީގެ މީހުންގެ އިތުރުން ފަލަސްޠީން ރެޑް ކޮރެސެންޓް ގެ މެމްބަރުންނެވެ.

ޒުހައިރީ ވިދާޅުވީ އޭނާގެ ޓީމު މިކަމުގައި ބައިވެރި މިވަނީ މިކަމުގައި ހުރި ދަތިކަމާއި އުނދަގުލާއި ނުރައްކާތެރިކަން އެނގިތިބެ އެކަންކަމާއި ކުރިމަތިލުމަށް ކަމަށެވެ.

ފަލަސްޠީނުގެ ސިވިލް ޑިފެންސް ފޯސް ގެ ބްރިގޭޑިއަރ އުދެއްޔު ޔޫނުސް ވިދާޅުވީ ސިވިލް ޑިފެންސް ފޯސް އިން 32 މީހަކު ފޮނުވާ ކަމަށެވެ. އަދި އެ ޓީމުގެ މައިގަނޑު މަގްސަދަކީ ވެއްޓިފައިވާ އިމާރާތް ތަކުގެ ދަށުން މީހުން ނެރުމާއި ބޭނުންވާ މެޑިކަލް އެހީ ތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ކާރިސާ އަށް 72 ގަޑިއިރު ވެފައި ވާއިރު މަރުވި މީހުންގެ ޢަދަދު މިހާރު 20،000 އަށް ވަނީ އަރައިފައެވެ. ތުރުކިޔޭ އިން 17،134 މީހުން މަރުވެފައިވާއިރު ސީރިޔާއިން 3،317 މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.