ޑރ. މުހައްމަދު ޢަލީ ރޮހިންޖާ ރެފިއުޖީ ކޭމްޕަށް ކުރި ދަތުރުގެ ތެރެއިން-- ފޮޓޯ: އައިއޭސީ
ހަބަރު
10 Feb 2023 | 07:45
ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޑރ. މުހައްމަދު ޢަލީ ތުރުކިޔޭ އަށް

މިދިޔަ ހޯމަދުވަހު އައި ބާރުގަދަ ދެ ބިންހެލުމެއްގައި ހާލުގައިޖެހިފައިވާ ތުރުކިޔޭ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން އެގައުމުގައި ކުރަމުންދާ މަސައްކަތުގައި އެތެރެހަށީގެ ޑޮކްޓަރ މުހައްމަދު ޢަލީ ބައިވެރިވެވަޑައިގެންފިއެވެ. 

ތުރުކިޔޭ އާއި ސީރިޔާ އަށް ސިލްސިލާކޮށް އައި ބާރުގަދަ ބިންހެލުން ތަކުގެ ސަބަބުން ނިޔާވި މީހުންގެ ޢަދަދު ވަނީ 16000 އަށް އަރާފައެވެ. މީގެތެރެއިން 12873 މީހުންނަކީ ތުރްކިޔޭ އިން ނިޔާވި މީހުންނެވެ. 

ބިންހެލުމުގައި ފުރާނަ ސަލާމަތްވި ނަމަވެސް، ބޯހިޔަލެއް، ފެނެއް، ކަރަންޓެއް، ތެލެއް، ކާނެ އެއްޗެއް ނުލިބި ހާލުގައިޖެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވެދާނެ ކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯ އިން ވަނީ ދީފަ އެވެ. އަދި އިމާރާތްތަކުގެ ދަށުވެގެންނާއި އެނޫންވެސް ގޮތްތަކުން އަނިޔާ ލިބި އެތައް ބަޔަކު ވަނީ އަވަސް ފަރުވާއަށް ޑޮކްޓަރުންގެ އެހީއަށްވެސް ބޭނުންވެފައެވެ. 

އެފަދަ ފަރާތްތަކަށް ގާތުން އެހީވުމަށް އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓަރު މުހައްމަދު އަލީ އާއި މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރު އަޒްހަދު އަހުމަދު ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ތުރުކިޔޭއަށް ފުރާފައެވެ. އަދި އައިއޭސީ މެދުވެރިކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހިންގެ އެހީ ފޯރުކޮށްދިނުމަށް އަމަލީ ގޮތުން އެ ދެ ބޭފުޅުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. 

ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހިން ހަދިޔާކުރި ފައިސާއިން އައިއޭސީ އިން ފޯރުކޮށްދިން ތަކެއްޗާ އެކު ތުރުކީގެ ކުޑަކުދިންތަކެއް. (ފޮޓޯ/އައިއޭސީ)

އައިއޭސީގެ ދެ އޮފިޝަލާ ގުޅިވަޑައިގަތުމަށް ޑރ. މުހައްމަދު އަލީ ވެސް ރޭ ތުރުކިޔޭ ފުރާވަޑައިގެންފައިވާއިރު، ފުރުމުގެ ކުރިން ފޭސްބުކުގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ތުރުކީއަށް ވަޑައިގަންނަވަނީ އެތާގެ ހާލަތު ދެނެގަތުމަށާއި އަދި ކިތަންމެ ކުޑަ ނަމަވެސް އެހީއެއް ވެދެވެން އޮތް ވަރަކަށް ވެދިނުމަށް ކަމަށެވެ.

"ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައި ވިޔަސް، އަޅުގަނޑުމެންނަކީ ހާލުގައިޖެހިފައި ތިބި ބަޔަކަށް އެހީވުމުގައި އެންމެ ކުރީ ސަފުގައި ތިބޭ ބައެއް،" ޑރ. މުހައްމަދު ޢަލީ ވިދާޅުވި އެވެ.

ޑރ. މުހައްމަދު ޢަލީގެ މި ޕޯސްޓް ހިއްސާކުރަމުން އައިއޭސީން ވަނީ، ޑރ. ގެ އަމިއްލަ އިސްނެންގެވުމާ އެކު އެޓީމާއި ބައިވެރިވުމަށް ނިންމިކަމީ އުފާ ކުރާ ކަމަށް ބުނެފައެވެ. 

ޑރ. މުހައްމަދު އަލީ މީގެ ކުރިން ވެސް އައިއޭސީގެ ޓީމާއި އެކު ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލީގޮތުން ހަރަކާތްތެރިވެފައިވެއެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ބަންގްލަދޭޝްއަށް ދަތުރުކުރައްވައި އެގައުމުގައި ތިބި ރޮހިންޖާ ރެފިއުޖީން ބެލުމުގެ މެޑިކަލް ކޭމްޕެއް ހިންގެވި އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ފުރުސަތު އަދިވެސް ހުޅުވިފައި 

ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އައިއޭސީގެ އެމެޖެންސީ ރިލީފް ފަންޑު ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުގެ ރޭގައެވެ. އެ ފުރުސަތު ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް 1 މިލިއަން ރުފިޔާ ޖަމާވި ކަމަށް އައިއޭސީ އިން ބުނެފައިވެ އެވެ. އަދި، އޭގެ ތެރޭގައި ގިނައީ 50 ރުފިޔާ އަދި 100 ރުފިޔާ ފަދަ މަދު އަދަދުތަކުން ގިނަ ބަޔަކު ހަދިޔާކުރި ފައިސާ ކަންވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ. 

ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހިން ހަދިޔާކުރި ފައިސާއިން އައިއޭސީ އިން ފޯރުކޮށްދިން ތަކެއްޗާ އެކު ތުރުކީގެ ކުޑަކުދިންތަކެއް. (ފޮޓޯ/އައިއޭސީ)

ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޒަރޫރީ އެހީތައް ފޯރުކޮށްދިނުމަށް އައިއޭސީއިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އައިއޭސީއިން ބުނެއެވެ. 

ބީއެމްއެލް އިސްލާމިކް 

އެކައުންޓް ނަމްބަރު: 7770000062741 

އެކައުންޓް ނަން: International Aid Campaign 

އެކައުންޓް ލޭބަލް: IAC | EMERGENCY

7.8 މެގްނެޓިޔުޓް ބާރު މިނުގައި ތުރްކިޔޭގެ ދެކުނަށާއި ސީރިޔާގެ އުތުރަށް އައި ބިންހެލުމުގައި ބޮޑެތި ޢިމާރާތް ތަކެއް ވަނީ ވެއްޓީ ބިމާއި ހަމަވެފައެވެ. އިމާރާތް ތަކުގެ ދަށުވެފައި އެތަށް ބަޔަކު ތިބި އިރު، ބިން ހެލުމުގެ ސަބަބުން އެތައް ބަޔަކު ވަނީ މަގުމަތިވެފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ދައްކާގޮތުން މި ބިންހެލުން އުފެދިފައިވަނީ ގަޒިއަންޓެޕް ކިޔާ ހިސާބާއި 20 މޭލު ކައިރިން ކަމަށާއި އަދި ބިން ހެލުން އަތުވެފައިވަނީ 11 މޭލު އަޑިން ކަމަށެވެ. 6.7 މެގްނެޓިޔުޓް ގައި އައިކަމަށް ރިކޯޑް ކުރެވިފައިވާ ބިންހެލުން ހުއްޓުމަށްފަހު އޭގެ އަސަރު 10 މިނިޓަށް ދެމިގެން ދިޔަ ކަމަށެވެ. އަދި ބިންހެލުމުގެ އިހްސާސް ސައިޕްރަސް އާއި ލުބްނާން ވަނީ ކޮށްފައިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.