މާލޭސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު--
ހަބަރު
10 Feb 2023 | 16:44
އަމީނީމަގު އަދިވެސް ހަދަނީ ހަނިކޮށް؛ ދެކޮޅަށް ދުއްވަން ދަތިވާނެ: ޑރ. މުޢިއްޒު

އަމީނީ އަދިވެސް ހަދަމުންދަނީ މަގުގެ ފުޅާމިން ހަނިވާ ގޮތަށް ކަމަށާ އޭގެ ސަބަބުން މަގުގައި ދެކޮޅަށް ދުއްވަން ދާއިމީ ގޮތެއްގައި ދަތިވާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާލުވެއްޖެ އެވެ.

އަމީނީމަގު ހަދަމުންދާގޮތުން މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެކަމަށް ވިދާޅުވެ މީގެ ކުރިންވެސް ޑރ. މުޢިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން މުޢިިއްޒު ވިދާޅުވީ އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށްފުޅާކޮށް، މަގުގެ ދުއްވަން އޮންނަބައި 25 ފޫޓުން 21 ފޫޓް 10އިންޗިއަށް ހަނިކޮށްކަމަށާއި މިކަމުގެ ސަބަބުން މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެންނަ ކަމަށެވެ. 

އެ މައްސަލާގައި މިއަދު މޭޔަރ ކުރެެއްވި އެހެން ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް އިންތިހާއަށް ލަސްކޮށް، އަދި އެހާމެ އަގުބޮޑުކޮށް ހަދަމުންދާއިރު، މަގުގެ ފުޅާމިނުން 3 ފޫޓް 2 އިންޗި ހަނިކޮށް ހަދާ ހެދުމަށް އަދިވެސް ބަދަލު ނުގެންނަ ކަމަށެވެ.

"[އެކަމަށް ބަދަލު ނުގެނައުމަކީ] ޕަބްލިކް ޓްރާންސްޕޯޓު ބަސްތައް އަދި ޓޫވޭ ޓްރެފިކަށް ކުރިމަތިވާ ދާއިމީ ދަތިކަމެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ

މާލޭގެ މަގު ހެދުމުގެ މަޝްރޫޢު އަކީ ނިމިދިޔަ ކައުންސިލާއި އާރްޑީސީ އާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމި މަޝްރޫޢުއެކެވެ.

އެހެން ނަމަވެސް 4 ވަނަ ދައުރުގެ ޕީޕީއެމް މެޖޯރިޓީ އޮތް ކައުންސިލް އިންތިޚާބުވެ އެދެވޭ ހެޔޮ ބަދަލުތަކާއިއެކު 39 މިލިއަން ރުފިޔާއަށް މި މަޝްރޫއު ނިންމޭނެކަމަށް ކަނޑައަޅާފައިވަނިކޮށް ސަރުކާރުން ވަނީ މި މަޝްރޫޢު މާލެ ސިޓީ ކައުންސިލްގެ އަތުން އަތުލައި، ކުރިން މި މަޝްރޫޢު ހިންގުމަށް އެއްބަސްވެފައިވާ އަގުގެ އެތައްގުނައެއް އަގުބޮޑުކޮށް 84 މިލިއަން ރުފިޔާއަށް އާރްޑީސީ އާއި ހަވާލުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލާއި އާރްޑީސީ އާއި ދެމެދު ހެދިފައިވާ އެއްބަސްވުމާއި ޚިލާފަށް މާލޭގެ މަގުހެދުމުގެ މަޝްރޫޢު ކައުންސިލް އަތުން އަތުލާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މަޝްރޫޢު ކުރިއަށް ގެންދަވާތީ ކައުންސިލުން ވަނީ މިކަމުގެ ކަންބޮޑުވުން ކަމާއި ގުޅުންހުރި އިދާރާތަކަށްވެސް ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.