އަބްދުއްރަހީމް ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
12 Feb 2023 | 12:34
ރައީސް ޞާލިހުގެ ވެރިކަމުގައި ބޮޑު ސިއްކައިން ސިއްކަ ޖަހާނަން: އަބްދުއްރަހީމް

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ވެރިކަން ނިންމާ ސިއްކަ ޖަހާނެކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޕީޕީއެމް އޮފީސް ދޮރުމަތީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމުގެ މަސައްކަތް އިދިކޮޅުން ކުރަމުންދަނީ ދިވެހި ވަންތަ ވެރިކަމެއް މި ގައުމުގައި އުފެއްދުމަށްކަމަށެވެ. އަދި އިންޑިއާގެ ނުފޫޒުން މި ގައުމު ސަލާމަތްކޮށް ގައުމުގެ ސިޔާދަތީ ބާރުތައް ނެގެހެއްޓުމަށް ކަމަށެވެ. 

އޭނާ ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ވެރިކަމަށް ގެންނާނެކަމަށެވެ. އަދި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ވެރިކަން ނިނުމަކަށް ގެނެސް އެ ވެރިކަމުގައި ސިއްކަ ޖަހާނެކަމަށެވެ. 

"މީ 2023، މި "ޗޯރު އިބޫ" ގެ ވެރިކަމުގެ ނިމުމުގެ ސިއްކަ ޖަހާނީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ. ބޮޑު ސިއްކައިން ސިއްކަ ޖަހާލާނީ.. ގައްދާރު ބޮޑު ސިއްކައިން ސިއްކަ ޖަހާލާނީ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް 

އަބްދުއްރަހީމް ވަނީ ޕީޕީއެމްއާއި ރައީސް ޔާމީންގެ ސަޕޯޓަރުން މާޔޫސް ނުވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

ރައީސް ޔާމީން ހުންނެވީ ސާބިތުކޮށް ކަމަށާއި، އެމަނިފާނު ހައިކޯޓު މަރުހަލާއިން މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީންގެ ގާނޫނީ ޓީމުން ދެއްވާއިރު ރައްޔިތުންވެސް ސާބިތުކަމާއެކު ތިއްބެވުމަށް އަބްދުއްރަހީމް ވަނީ އެދިލައްވާފަ އެވެ. 

އޭގެ އިތުރުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ސިލްސިލާގޮތެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވީހާވެސް ގިނަ މީހުން ބައިވެރިވެވަޑައިގަތުމަށް ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.