އިސްލާމިކް މިނިސްޓްރީ--
ހަބަރު
12 Feb 2023 | 10:40
މާލޭގެ ފަގީރުންގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މިއަހަރު މާލެ ސަރަހައްދުގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ޖެހެން ނަންނޯޓްކޮށްފައިވާ ފަރާތްތަަކުގެ ތެރެއިން އެ ދަފުތަރުގައި ނަން ނެތިގެން، އެކަމުގެ ޝަކުވާއެއް ހުށަހަޅަން އެދޭ ފަރާތަތަކަށް އެ ފުރުސަތު ހުޅާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ވާން ، 22 ޑިސެމްބަރު ، 2022 އިން 19 ޖެނުއަރީ 2013 އަށް ފޯމު ހުށަހެޅި ފަރާތްތަކަށް މިހާރު ޖަވާބު މެސެޖްކޮށްފައި ކަމަށެވެ.

އަދި ފަގީރުންގެ ދަފުތަރުގައި ނަން ނެތިގެން ޝަކުވާ ހުށަހަޅަން އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮންނާނީ މިހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް (16 ފެބްރުއަރީ އާ ހަމައަށް) ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އެގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ކައުންޓަރަށް، ލިއުމުން ހުށަހަޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ. އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާނީ [email protected] އަށް ކަމަށްވެސް އިއުލާންގައި ވެއެވެ. 

އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާ ނަމަ މެއިލްގެ ސަބްޖެކްޓްގައި ޝަކުވާ ހުށަހަޅާ މީހާގެ ނަމާއި، އައިޑީކާޑް ނަމްބަރު އަދި ފޯމު ނަމްބަރު ޖަހަން މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ، ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތުގެ ފަހުން އެއްވެސް ޝަކުވާއެއް ބަލައިނުގަންނާނެ ކަަމަށެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.