ޢިމާރާތް ތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަނީ--
ހަބަރު
12 Feb 2023 | 15:27
ބިންހެލުމާއި ގުޅިގެން ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ

ތުރުކިޔޭ އަށާއި ސޫރިޔާއަށް މިމަހުގެ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް 1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ތުރުކިޔޭ ސީރިޔާ އަށް ސިލްސިލާ ކޮށް އައި ބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްއިން ވަނީ 200 މިލިޔަން ސްވިސް ފްރެންކްސް އިމަރޖެންސީ އެހީގެ އިލްތިމާސެއްކޮށްފައެވެ.

މި އިލްތިމާސްއާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓުން މިމަހު 7 ވަނަ ދުވަހު ވަނީ ތުރުކީވިލާތަށާއި ސޫރިޔާގައި ހާލުގައި ޖެހިފައިތިބީ މީހުންނަށް އެހީވުމަށް ފައިސާ ޖަމާކުރާނެ ފަންޑެއް ހުޅުވާފައެވެ. އަދި މި ފަންޑަށް މިހާތަނަށް އެހީގެ ގޮތުގައި 1،227،632 ރުފިޔާ ލިބިފައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓް އިން ރޭ ވަނީ ބުނެފައެވެ. 

ދިވެހި ރެޑްކްރެސެންޓް ގެ މިފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރެޑްކްރެސެންޓުގެ ދިވެހި ފައިސާގެ އެކައުންޓާއި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތަކުގައި ދެޤައުމުން ނިޔާވި މީހުންގެ ޢަދަދު މިހާރު ވަނީ 29000 އަށް އަރާފައެވެ. އެގޮތުން ތުރްކިޔޭ އިން މިހާތަނަށް 24700 މީހުން ނިޔާވެފައިވާއިރު ސީރިޔާގެ 3500 މީހުން ވަނީ ނިޔާވެފައެވެ.

ސަލާމަތުން ގިނަ ބަޔަކު ފެނިދާނެ ކަމަށް ކުރަމުންދާ އުންމީދު ފަނޑުވި ނަމަވެސް ރެސްކިޔު ވޯކާސް ދަނީ ވެއްޓިފައިވާ އިމާރާތް ތަކުގެ ދަށުން މީހުން ސަލާމަތުން ނެރެވޭތޯ މަސައްކަތް ކުރަމުންނެވެ. ކާރިސާއަށް ފަސްދުވަސް ފާއިތުވި ފަހުންވެސް ބައެއް މީހުން ވަނީ ސަލާމަތުން ނެރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ފާއިތުވި ހަފްތާގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރީ ބޭރުގެ ލޯނުތައް އަދާކުރުމަށް
ފާއިތުވި ހަފްތާގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ހާމަކޮށްފިއެވެ.
12 Aug 2026
ކުދިން ދިވެހި ބަހުން ވާހަކަދެއްކުމަށް ފަސްޖެހޭ ކަމީ ސީރިއަސް މައްސަލައެއް
39 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ހުޅުވައިދެއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވާހަކަދެއްކުންތެރިކަމުގެ ހުނަރަކީ ކުރިއަށް އޮތް ޖީލުތަކުގެ ކިބައިގައި ހަރުލެއްވުން ވަރަށް މުހިންމު ސިފައެއް ކަމަށް ވިދާޅުވެފައިވެއެވެ. ދިރިއުޅުމުގައި ކާމިޔާބީ ހޯދުމަށް އެހެން މީހުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން ލިބިފައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ހީނާ ވިދާޅުވެފައިވެއެވެ.
12 Aug 2026
ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ބާރު، ފުރުސަތުތައް ފަހިކޮށްދޭނަން
ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށާ، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Aug 2026
ފަލަސްތީނުގެ 1,700 މީހުންގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައި
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން، މުސްތަގުބަލުގައި ބަދަލުކުރެވޭ "ބާގޭނިންގ ޗިޕްސް"ގެ ގޮތުގައި ފަލަސްތީނުގެ 1,700 އެއްހާ މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ކުޑަކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅުހެދުމުން ކެނެޑާގެ ފްލައިޓެއް ކެންސަލްކޮށްފި
މި މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ފްލައިޓް ނައްޓާލަން ތައްޔާރުވަމުން ދަނިކޮށް އެ ކުއްޖާ ވަނީ ގޮނޑިން ތެދުވެ ސީޓްބެލްޓް އެޅުމަށް އިންކާރުކޮށްފައެވެ. އެއަރލައިނުން ބުނި ގޮތުގައި، ކުއްޖާގެ ބެލެނިވެރިޔާއާއި ފްލައިޓްގެ ކުރޫއިން އެ ކުއްޖާ މައިތިރިކޮށް ސީޓްބެލްޓް އެޅުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
12 Aug 2026
މިސައިލް ނުރައްކަލާ ގުޅިގެން ޓްރަމްޕް ސިއްރުން ބޯޓު ބަދަލުކޮށްފި
މިދިޔަ މަހު ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓަށް ފަހު އެނބުރި އެމެރިކާއަށް ވަޑައިގެންނެވުމުގެ ދަތުރުގައި އީރާނުގެ މިސައިލް ހަމަލާއެއް އައިސްދާނެ ކަމުގެ ޖާސޫސީ މަޢުލޫމާތާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރިޔާތުގައި އެހެން މަތިންދާބޯޓަކަށް ބަދަލުކޮށްފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން ބައްޝާރުލް އަސަދާއި ކޮއްކޮ މާހިރާއި ދެބެންގެދެދަރި އާތިފް ނަޖީބުގެ މައްޗަށް ދިމިޝްގުގެ ކޯޓުން މަރުގެ ޙުކުމް އިއްވައިފިއެވެ.
11 Aug 2026
މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދަން ސްރީލަންކާއިން މަސައްކަތް ފަށައިފި
ސައެންސާއި ހިސާބު ފަދަ މާއްދާތަކަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު މަދުވެފައިވާތީ އައު މުދައްރިސުން ނެގުމުގެ މަރުޙަލާ އަވަސް ކުރުމަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ނިންމާފައި