ތުރުކިޔޭ ސީރިއާ ބިންހެލުމުގެ ތެރެއިން--
ހަބަރު
12 Feb 2023 | 16:49
ތުރުކިޔޭ އަންހެނަކު އިމާރާތްތަކުގެ ދަށުވެފައި އޮތް އިރު ކުރަމުންދިޔައީ މި ދުޢާ

މިމަހު 6 ވަނަދުވަހު ތުރުކިޔޭ އަދި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އިމާރާތް ތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރެވެމުންދާއިރު އެގޮތުން ސަލާމަތްކުރެވުނު އަންހެނަކު އޭނާ އިމާރާތް ތަކުގެ ދަށުގައި ތާށިވެފައި އޮތް އިރު ކުރަމުން ދިޔަ ދުޢާ ހާމަކޮށްފި އެވެ. 

ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތަކުގައި ދެޤައުމުން ނިޔާވި މީހުންގެ ޢަދަދު މިހާރު ވަނީ 29000 އަށް އަރާފައެވެ. އެގޮތުން ތުރްކިޔޭ އިން މިހާތަނަށް 24700 މީހުން ނިޔާވެފައިވާއިރު ސީރިޔާގެ 3500 މީހުން ވަނީ ނިޔާވެފައެވެ.

ސަލާމަތުން ގިނަ ބަޔަކު ފެނިދާނެ ކަމަށް ކުރަމުންދާ އުންމީދު ފަނޑުވި ނަމަވެސް ރެސްކިޔު ވޯކާސް ދަނީ ވެއްޓިފައިވާ އިމާރާތް ތަކުގެ ދަށުން މީހުން ސަލާމަތުން ނެރެވޭތޯ މަސައްކަތް ކުރަމުންނެވެ. ކާރިސާއަށް ފަސްދުވަސް ފާއިތުވި ފަހުންވެސް ބައެއް މީހުން ވަނީ ސަލާމަތުން ނެރެވިފައެވެ.

އެގޮތުން، ބިންހެލުމަށް 119 ގަޑިއިރު ވެދިޔަ ފަހުން އިމާރާތެއްގެ ދަށުވެފައިވާ އަންހެނަކު ސަލާމަތްކޮށްފައިވާއިރު، އެ އަންހެން މީހާ އާއި ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުން ވަނީ އޭނާ އިމާރާތުގެ ދަށުވެފައި ވަނިކޮށް ކުރަމުންދިޔަ ދުޢާ ހާމަކޮށްފައެވެ. 

އިމާރާތުގެ ދަށުގައި ގާތް ގަޑަކަށް 5 ގަޑިއިރު ހޭދަކުރި އެ އަންހެން މީހާ الله ސުބުޙާނަހޫވަތަޢާލާ އަށް ދުޢާ ދަންނަވަމުން ދިޔައީ ޔޫސުފް ޢަލައިހިއްސަލާމްގެ އަޚުން އެކަލޭގެފާނު ވަޅަކަށްލުމުން އެ ވަޅުގެ ތެރެއިން އެކަލޭގެފާނު ސަލާމަތް ކުރެއްވި ފަދައިން އޭނާވެސް އެ އިމާރާތުގެ ދަށުން ސަލާމަތް ކުރައްވާތޯއެވެ.   

މި ނޫންވެސް މިފަދަ އެތަކެއް ވާހަކަތަކެއް މިކާރިސާގައި ސަލާމަތްވި މީހުންގެ ފަރާތުން ރިޕޯޓް ކުރެވެމުންދާއިރު، އިމާރާތުގެ ދަށުގައި 104 ގަޑި އިރު ހޭދަކުރި ފިރިހެނެއް ސަލާމަތް ކުރިވަގުތު، ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް އޭނާ ކިޔަވަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯ އަކަށްވެސް ގިނަބައެއްގެ ސަމާލުކަން ހުއްޓުނެވެ. 

އެގޮތުން އޭނާ ކިޔަވަމުން ދިޔަ އާޔަތުގެ ބައެއްގެ މާނައިގައިވަނީ، އެއްވެސް އިންސާނަކަށް ނު އުފުލޭ ވަރުގެ ބުރައެއް މާތް الله ނުޖައްސަވާނެއޭ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.