ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއް--
ހަބަރު
13 Feb 2023 | 09:42
ތުރުކިޔޭ އާއި ސީރިޔާއަށް އެހީވުމަށް ވިޔަފާރިވެރިއެއް 30 މިލިއަން ޑޮލަރު ހަދިޔާކޮށްފި

މިމަހު 6 ވަނަދުވަހު ތުރުކިޔޭ އަދި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިއެއް 30 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފި އެވެ. 

އެމެރިކާގައި ދިރިއުޅޭ ޕާކިސްތާނުގެ މި ވިޔަފާރި ވެރިޔާ އަކީ ކާކުކަން ހާމަކުރަން އޭނާ ބޭނުން ނުވާއިރު، އޭނާ އެހީގެ ގޮތުގައި ދިން 30 މިލިއަން އެމެރިކާ ޑޮލަރު ހަވާލުކޮށްފައިވަނީ އެމެރިކާގައި ހުންނަ ތުރުކިޔޭ އެމްބަސީއަށެވެ. އަދި އޭނާގެ އެހީ ފޯރުކޮށްދީފައިވަނީ ތުރުކިޔޭ އަދި ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

ޕާކިސްތާނުގެ ކާކުކަން ނޭނގޭ މި ވިޔަފާރިވެރިޔާ ވެދިން ދީލަތި އެހީއާއި ގުޅިގެން އެ ގައުމުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް ވަނީ އެކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ. 

އެގޮތުން ކުރެއްވި ޓުވީޓެއްގައި ޝެހެބާޒް ވަނީ ޕާކިސްތާނުގެ ކާކުކަން ނޭނގޭ އެ ވިޔަފާރިވެރިޔާގެ އެ ޢަމަލުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. 

އަދި މިފަދަ ޒަމާނެއްގައި އިންސާނިއްޔަތު ކަން ދުނިޔޭގައި ދެމި މި އޮންނަނީވެސް އެފަދަ ހެޔޮ ދަރުމަވެރިންގެ ޢަމަލު ތަކުގެ ސަބަބުން ކަމަށްވެސް ޝެހެބާޒް ވިދާޅުވިއެވެ. 

ބިންހެލުމުގައި ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުން ތަކުގައި ދެޤައުމުން ނިޔާވި މީހުންގެ ޢަދަދު މިހާރު ވަނީ 34,000 އަށް އަރާފައެވެ. އެގޮތުން ތުރްކިޔޭ އިން މިހާތަނަށް 29،605 މީހުން ނިޔާވެފައިވާއިރު ސީރިޔާގެ 4،574 މީހުން ވަނީ ނިޔާވެފައެވެ.

ރިކްޓަރ މިންގަނޑުން 7.8އާއި 7.5ގެ ބާރުމިނުގައި އައި ބިންހެލުންތަކުގައި ތުރުކީވިލާތުގައި އެކަނިވެސް 6,000 އަށްވުރެ ގިނަ ޢިމާރާތް ވެއްޓިފައިވާއިރު، ޢިމާރާތްތަކުގެ ދަށުން މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ދަނީ ފެންނަމުންނެވެ. ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެތަކެއް ސަތޭކަ ބަޔަކު ދިރިތިއްބާ ސަލާމަތް ކުރެވިދާނެ ކަމުގެ އުންމީދު ފަނޑުވަމުންދިޔަ ނަމަވެސް، އެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.

ބިންހެލުމާ ގުޅިގެން ސޫރިޔާގައި 5.3 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުން އެކަށިގެންވާކަމަށާއި ތުރުކީއާއި ސޫރިޔާގައި ގާތްގަނޑަކަށް 900،000 މީހުން ބަނޑުހައި ހޫނުކަން ތަޙައްމަލުކުރަމުން އަންނަކަމަށް އދ.އިން ވަނީ ހާމަކޮށްފައެވެ.

ބިންހެލުމުން އައިފަހުން 150 ގަޑިއިރަށްވުރެ ގިނަ ވަގުތު ފާއިތުވެފައިވާއިރު، ވެއްޓިފައިވާ ބައެއް ޢިމާރާތްތަކުގެ ކޮންކްރީޓްތަކާއި ފާރުތަކުގެ ދަށުން ބައެއް މީހުން ވަނީ ދިރިތިއްބާ ސަލާމަތް ކުރެވިފައެވެ. މީހުން ސަލާމްތަކުރުމުގެ މަސައްކަތުގައި އެކި ޤައުމުތަކުން 100,000 އަށްވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.