ޣައްޒާ އަށް ރޭފަތިހު ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ރޯވި އިމާރާތެއް
ހަބަރު
13 Feb 2023 | 17:11
އިޒްރާއިލް ސިފައިން ޣައްޒާއަށް ވައިގެ ހަމަލާއެއްދީފި

އިޒްރާއިލް ސިފައިން ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދަށް ވައިގެ ހަމަލާއެއްދީފިއެވެ.

އިޒްރާއިލުން ބުނެފައިވަނީ ޣައްޒާއަށް ދިން މި ހަމަލާއަކީ ހަފްތާބަންދުގައި ފަލަސްޠީނުން ދިން ރޮކެޓުހަމަލާއެއްގެ ރައްދުގައިދިން ހަމަލާއެއްކަމަށެވެ.

މިއަދު ހެނދުނު ޣައްޒާގައި އެތައްގޮވުމެއްގެ އަޑު އިވިފައިވެއެވެ. އިޒްރާއިލް ސިފައިން ބުނެފައިވަނީ އެއީ ހަމާސްގެ ހަނގުރާމަވެރިން ހޮނިހިރުދުވަހު ހަމަލާދިނުމަށް ބޭނުންކުރި ރޮކެޓު ހެދުމަށް ބޭނުންކުރި ރޯމެޓީރިއަލްސް ގޮވައިގެން އިވުނު އަޑުތަކެއް ކަމަށެވެ.

ހަމާސް އިން ދިންކަމަށް ބުނާ ރޮކެޓް ހަމަލާގައި އެއްވެސް މީހަކަށް  ޒަހަމްވެ އަނިޔާވެފައެއް ނުވެއެވެ. އަދި ފަލަސްޠީނުގެ އެއްވެސް ހަނގުރާމަވެރި ގްރޫޕަކުން މިކަމުގެ ޒިންމާވެސް ނަގައިފައެއް ނުވެއެވެ.

ރޭ ފަތިހު އިޒްރާއިލުން ނާބުލްސް އަށް ވަދެ ހިންގި މިލިޓަރީ ރެއިޑްގައި އެކަކު ޝަހީދުވެފައި ވާކަމަށް ފަލަސްޠީނުގެ ރެޑްކްރޮސެންޓުން ވަނީ ބުނެފައެވެ. ފަލަސްޠީނުން ރޮކެޓް ހަމަލާއެއް ދިން ކަމަށް ބުނެ ވާހަކަދެއްކި އިޒްރާއިލްގެ މިލިޓަރީ އިން ނާބުލްސް ގައި ހިންގި މިލިޓަރީ ރެއިޑާއި މެދު އެއްޗެއް ބުނެފައެއް ނުވެއެވެ.

މި އަހަރުގެ މިހާތަނަށް އިޒްރާއިލުން ފަލަސްޠީނުގެ 42 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އިޒްރާއިލްގެ 10 މީހަކުވެސް އެމުއްދަތުގެ ތެރޭގައި މަރުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.