ފޮޓޯ/ ގޫގުލް
ވާހަކަ
13 Feb 2023 | 19:58
ބިންހެލުމުގެ ސަބަބުން، ދިރިއުޅުން އިސްލާހް ކުރަން ޢަޒުމް ކަނޑައެޅި އުޚުތެއްގެ ވާހަކަ

އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ ވަރަށް ގިނަ ހަގީގަތްތައް ވެއެވެ. އެއީ އުފަލެއް ކަމުގައި ވިޔަސް އަދި ހިތާމައެއް ކަމުގައި ވިޔަސް އެކަމާއިމެދު ފުންކޮށް ވިސްނައިފި ކޮންމެ މީހަކަށްވެސް އޭގައި ފޮރުވިފައިވާ ޢިބްރަތްތަކެއް ވާކަން އެނގޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަން ރެއާއި ދުވާލު ފެނި ހާމަވަމުންދާ ކަންކަމުން ވެސް އެނގިގެންދެއެވެ. 

ކިޔައިދޭން މިއުޅެނީ ވެސް އެފަދަ ޢިބުރަތުން ފުރިގެންވާ ވާހަކައެކެވެ. 

މިމަހުގެ 6 ވަނައަށްވީ ދުވަހުގެ އިރުއަރައިގެން އައި އިރު މުޅި ދުނިޔެވެސް ސިއްސުވާލި ޚަބަރަކަށް ވެގެންދިޔައީ ތުރުކިޔޭ އަށާއި ސީރިޔާއަށް އައި ވަރުގަދަ ބިންހެލުމުގެ ވާހަކައެވެ. 

ރިކްޓަރ މިންގަނޑުން 7.8އާއި 7.5ގެ ބާރުމިނުގައި އައި ސިލްސިލާ ބިންހެލުންތަކުގައި ތުރުކިޔޭއިން އެކަނިވެސް 6,000 އަށްވުރެ ގިނަ ޢިމާރާތް ވެއްޓިފައިވާއިރު، ދެ ގައުމުން ނިޔާވި މީހުންގެ އަދަދު 36,000 މިހާރު ވަނީ އަރާފައެވެ. ޢިމާރާތްތަކުގެ ދަށުން ނިޔާވެފައިވާ މީހުންގެ ހަށިތައް އަދިވެސް އަންނަނީ ފެންނަމުންނެވެ.

އެތަކެއް މީހުން އެމީހުންގެ ޢާއިލާއާއި އަބަދަށް އަލްވިދާޢު ކިޔަން ޖެހުނު މި ހާދިސާގައި ޢާއިލާގެ 7 މެންބަރުން އަބަދުގެ އަބަދަށް ވަކިވެ ދިޔުމުގެ ފުން ހިތާމަ ކުރަމުންދާ އުޚުތެއް ވަނީ އެ ހާދިސާ އިން އޭނާއަށް ލިބިގެންދިޔަ އަގުހުރި ޢިބުރަތާއި އޭގެ ސަބަބުން އޭނާގެ ހަޔާތައް ގެނައި ބަދަލު އެކުވެރިންނާއި، އަދި އެނޫންވެސް ފަރާތްތަކާއި ހިއްސާ ކޮށްފައެވެ. 

އެވާހަކައިން އެހެން މީހުންވެސް ޢިބްރަތް ހާސިލްކޮށް، ހެޔޮ މަގަށް އެނބުރި ރުޖޫޢަވުމަށް އޭނާ ފެށި ދަތުރުމަތީގައި ސާބިތުވެ ހުރުމަށް ލިބިދޭ ހިއްވަރަކަށް އެކަން ވުމުގެ އުއްމީދުގައެވެ. 

"ޖަންގ ޖެއި ރައި" ނަމުގައި ޓުވިޓާގައި ހަދާފައިވާ ޓުވިޓާ އެކައުންޓް ބޭނުން ކުރަމުންދާ ތުރުކިޔޭ ވިލާތަށް ނިސްބަތްވާ އެ އުޚުތާ ކިޔައިދީފައިވާ ގޮތުގައި ބިންހެލުމުގައި އޭނާއާއި ވަކިވެގެން ދިޔަ އާއިލާގެ 7 މީހުންވެސް ނިޔާވި ޚަބަރު އޭނާއަށް ލިބުނީ އެ ކާރިސާ ހިނގައިދިޔަ ދުވަސް, 6 ފެބްރުއަރީގައެވެ. 

އޭނާ މިވަގުތު ދިރިއުޅެމުންދަނީ ތުރުކިޔޭގައި ކަމުގައި ނުވާތީ ބިންހެލުމުން ސަލާމަތްވި ނަމަވެސް، އެއްފަހަރާ ދަންނަ އެތައް ބަޔަކު ދުނިޔެ ދޫކޮށްދިޔަ މި ހާދިސާގެ އަސަރު ހިތުގެ އެންމެ ފުންމިނަށް ވަނީ ކޮށްފައެވެ. 

ލޯބިވާ ޢާއިލާގެ އެތައް ބަޔަކަށް އެއްފަހަރާ އަލްވިދާޢު ކިޔަން ޖެހުމުން، އެ އެންމެން ދުނިޔެ ދޫކޮށްދިޔަ އިރު އޭނާ ދިރިހުރީ ކީއްވެތޯވެސް ހިތާއި ހިތުން ސުވާލު ކުރެވުނެވެ. 

ވާނީވެސް އެހެންތާއެވެ. އެކުގައި އުޅެބޮޑުވި، ދިރިއުޅުމުގައި ދިމާވި ހިތާމަޔާއި އުފާތައް ހިއްސާކޮށް، އެކުގައި އެތައް ހުވަފެންތަކެއް ދުއް ގާތް ތިމާގެ މީހުންނާއި އެކުވެރިންގެ ކުއްލި ވަކިވުމަކީ މީހާ ނަފްސާނީ ގޮތުންވެސް ވަރަށް ބަލިކަށި ކުރުވާ ކަމެކެވެ. 

ނަފްސު ބަލިކަށިވެގެންދިޔަ އެވަގުތު، ހިތަށް ވެރިވަމުންދިޔަ ޝައިޠާނީ ވަސްވާސްތަކަށް ޖާގަދިނުމުގެ ބަދަލުގައި އެ އުޚުތާ ޚިޔާރު ކުރީ އެކަމާއި ދެކޮޅަށް ހަނގުރާމަކުރާށެވެ. އެގޮތުން، އެތައް ބަޔަކު ދުނިޔެ ވަކިވެގެން ދިޔައިރުވެސް އޭނާ ދުނިޔޭގައި ހުރުމުން، އެއީ އޭނާއަށް ހެޔޮ ޢަމަލު ކޮށް، މާތް الله ސުބުޙާނަހޫވަތަޢާލާ އެންގެވި މަގަށް ރުޖޫޢަވުމަށް ލިބުނު ފުރުސަތެއް ކަމުގައި ދެކުނެވެ. 

ވެދިޔަ ތަނުގައި ހެދިފައިވާ ގޯސްތައް އިސްލާހުކޮށް، ކުރިއަށް އޮތް ތަނުގައި ތެދުމަގުގައި ސާބިތުވެ ހުރުމަށް އޭނާ ޢަޒުމް ކަނޑައެޅިއެވެ. އަދި އެގޮތުން، އެޅި އެންމެ ފުރަތަަމަ ފިޔަވަޅަކީ ހިޖާބު ވުން ކަމުގައި ހެދިއެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ސުވާލުތައް އޭނާއަށް އަމާޒުވެގެންދާނެކަންވެސް އެނގެއެވެ.

ކަން ވީވެސް އެހެންނެވެ. އެފަދަ ނިންމުމެއް ކުއްލި ގޮތަކަށް ނިންމި ސަބަބާއި މެދު ބައެއް މީހުން އޭނާ އާއި ސުވާލުވެސް ކޮށްފައިވާއިރު، އެ ނިންމުމާއިމެދު އިތުރަށް ވިސްނައި އެކަން ލަސްކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ދެކެއެވެ. އެހެނީ ހިޖާބް ވުމަކީ އޭގެ ކުރިންވެސް އޭނާ ކުރަން ބޭނުންވެފައި ނުކުރެވި އޮތް ކަމެކެވެ. ކިތަންމެ ބޭނުންވި ނަމަވެސް އޭރު އެކަމާއި އޭނަ އާއި ދެމެދަށް އައީ ހަވާނަފްސުގެ އެދުންތަކެވެ. އެހެން ނަމަވެސް ދެން އިތުރަށް އެންމެ ހިނދުކޮޅަކަށް ވެސް އެކަން ލަސްކުރަން އޭނާ ބޭނުން ނުވީއެވެ. މާދަމާ ވާނީ ކިހިނެއް ކަމެއް އެކަކަށްވެސް ނޭނގޭތީއެވެ.

އޭނާގެ އެ ޓުވީޓުގައިވެސް އެދިފައިވަނީ، ހެޔޮ މަގަށް ރުޖޫޢަވުމަށް އޭނާ މި ފެށި ދަތުރުގައި އެންމެންވެސް އޭނާ އަށްޓަކައި ހެޔޮ ދުޢާ ކުރުމަށެވެ. އަދި ބިންހެލުމާއި ގުޅިގެން ތުރުކިޔޭ އާއި ސީރިއާއިން ދުނިޔެ ދޫކޮށް ދިޔަ މީހުންނަށް ހެޔޮ ދުޢާކޮށް، ޢާއިލާތަކަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރުމަށާ ކާރިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށެވެ. 

ދުނިޔަވީ ހަޔާތަކީ ކުރު އެއްޗެކެވެ. ފަހުން ހެޔޮ އަމަލުތައް ކުރުމުގެ ޢަޒުމުގައި ހުއްޓާ ދުނިޔެ ދޫކުރި އެތައް ބަޔަކުވެއެވެ. ތިބާ ދުނިޔޭގައި ހުރީތީ އެކަމަށް ޝުކުރުކޮށް، ކުރިއަށް އޮތް ތަނުގައި ތެދުމަގުގައި ސާބިތުވެ ހުރުމަށް ޢަޒުމް ކަނޑައަޅާށެވެ. ތިބާއަށް ލިބިފައިވަނީ މިވަގުތެވެ. މިއީ ތިބާގެ ދުވަހަށް ހަދާށެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ހެވެއް ވާކަން ގަބޫލުކޮށް ހެޔޮ ޢަމަލު ކުރުން މަތީގައި ސާބިތުވެ ހުރެ ކުރިއަށްދާށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.