މުހައްމަދު އިސްމާއިލް ޕީޕީއެމްގެ މުޒާހަރާގައި/ ފޮޓޯ: ވޮއިސް
ހަބަރު
14 Feb 2023 | 10:01
ރާއްޖޭގައި ތަފާތު ދީންތަކަށް ޖާގަ ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރޭ: މުހައްމަދު އިސްމާއިލް

ދިވެހިރާއްޖޭގައި ތަފާތު ދީން ތަކަށް ޖާގަ ހޯދައިިދިނުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މޮހައްމަދު އިސްމާއިލް ތުހުމަތު ކުރައްވައިފި އެވެ. 

ޕީޕީއެމް އޮފީސް ދޮރުމަތީގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ ސަރުކާރެއް އުފެއްދުމުގެ މަގްސަދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޚިލާފުވެފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭރު ދުނިޔޭގެ ތާއީދު ހޯދުމަށް އެމްޑީޕީއިން ވަނީ އެމީހުންނަށް ވެރިކަމަށް އާދެވިއްޖެ ނަމަ ރާއްޖޭގައި ދީނީ މިނިވަންކަން ދޭނެކަމަށް ބުނެ ވައުދުވެފަ އެވެ. 

އެވާހަކަތައް އޭރު ރައްޔިތުންގެ ސަމާލުކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ގެނެސްފައިވާނެކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އެއާއެކު ވެރިކަން ބަދަލުވުމުން މިހާރު ފެންނަމުން މިދަނީ ކުރިން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ބުނިގޮތަށް މި ގައުމުގައި ދީނީ މިނިވަންކަން ގެނެސް، ތަފާތު ދީންތަކަށް ޖާގަ ހުޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރާ މަންޒަރުކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

"2018 ގެ ރިޔާސީ ރޭހުގައި ރައީސް ޔާމީން ވާދަކުރަމުން ދިޔައިރުގައި އަނެއްކޮޅުގައި އޮތް ބޭފުޅުން ވާދަކުރަމުން ދިޔައިރުގައި އަޅުގަނޑުމެން މި ކޯލިޝަންގެ ޕޯޑިއަމްތަކުން ދައްކަމުން ދިޔައިމު އޭރުވެސް މި ގައުމުގެ ގޮނޑުދޮށްތަކުން މިޖަހާ ރީތި ރާޅުގެ އަޑު ކެނޑި އަދި މިސްކިތްތަކުން އެ ގޮވަމުންދާ ކެނޑުވުމަށްޓަކައި މިބޭފުޅުން މަސައްކަތް ކުރާނެއޭ. އެ މަންޒަރު މިވީ 4 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ސާފުކޮށް ރައްޔިތުންނަށް ފެނިގެން ދާނެ"

އިދިކޮޅު އިއްތިހާދުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް 

ތަފާތު ދީންތަކަށް ޖާގަ ހޯދުމަށް ފުޅާދާއިރާއެއްގައި ސަރުކާރުން މަސައްކަތް ކުރާކަމަށް މުހައްމަދު އިސްމާއިލް ތުހުމަތުކުރައްވާފައިވާއިރު، އޭނާ ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް މި ސަރުކާރުން ހިމާޔަތްދެމުން ދާ ކަމަށެވެ. 

ދީނަށް ފުރައްސާރަކުރުމާއި މިސްކިތުގެ ހުރުމަތް ކެނޑުމަކީ މި ސަރުކާރުގެ ކުރިމަތީގައި އެމީހެއް ގަދަރު އުފުލިގެންދާ ކަންކަމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. 

އޭގެ އިތުރުން މުހައްމަދު އިސްމާއިލް ވަނީ ރާއްޖޭގައި މަސާޖު ޕާލާތަކާއި ހަށިވިއްކާ ތަންތަން ހުޅުވާ އެތަންތަނުން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާއިރު، ފުލުހުންގެ މުއައްސަސާއިން އެކަންކަން ހުއްޓުވުމަށް އެއްވެސް ފިޔަވަޅެއް ނާޅާކަން ފާހަގަކުރައްވާ ބޮޑެތި ކަންބޮޑުވުންތަކެއްވެސް ހިއްސާކޮށްފަ އެވެ. 

އޭނާ ވިދާޅުވީ މުޖުތަމައުގައި ފާހިޝް ކަންކަން އާންމު ވަމުންދާއިރު، ފުލުހުން ތިބީ އެކަންކަމަށް ލޯ މަރާލައިގެން ކަމަށެވެ. މިއަދު ފުލުހުން ކުރާހާވެސް ކަމަކީ، އިދިކޮޅުގެ މުޒާހަރާތައް ހުއްޓުވާ ރައްޔިތުންގެ އަނގަ ބަންދުކުރުންކަމަށް އޭނާ ވިދާޅުވިއެވެ. 

"ރާއްޖޭގައި އިސްލާމްދީނާއި ޚިލާފަށް އެތައް ކަންތައްތަކެއް ހިނގަމުން ދާއިރުގައި އެ މައްސަލަތައް، އެ ކަންތައްތައް ނުބެލި އަޅުގަނޑުމެންނަށް ގާނޫނު އަސާސީން ލިބިދީފައި ހުރި ހައްގުތަކެއްގެ ބޭނުން ކުރާތީވެ އެކަން ހުއްޓުވުމަށް ޕޮލިހުން ފޮނުވުމަކީ ހިތާމަކުރާ ކަމެއް"

އިދިކޮޅު އިއްތިހާދުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް 

ފުލުހުންގެ މުއައްސަސާގެ ބާރު ކަނޑުވާލާފައި އޮތް އޮތުމަކީ މި ސަރުކާރު ބަދަލުކުރަން ޖެހޭ އެއް ސަބަބުކަމަށް މުހައްމަދު އިސްމާއިލްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.