މޫކޭ އެމްޑީޕީގެ ކޮންފަރެންސްއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
15 Feb 2023 | 11:37
"އަމީނީ މަގުގެ ތުރާ ފިލުވަން އާރްޑީސީ މުވައްޒަފުން ކުރާ ހިތްވަރާމެދު ފަޙުރުވެރިވަން"

ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެނޭޖިންގ ޑިރެކްޓާ މޫސާ ޢަލީ މަނިކު (މޫކޭ) ޖެއްސުމާއި ފުރައްސާރައަށް ބެލުނެއްނެތި އަމީނީ މަގުގެ ތުރާ ފިލުވައިދިނުމަށް އާރްޑީސީގެ މުވައްޒަފުން ކުރާ ގަދަ ހިތްވަރު ފެނުުުމުން ފަޙުރުވެރިވާ ކަމަށް ވިދާޅުވެއްޖެއެވެ.

މޫކޭ މިހެން ވިދާޅުވެފައިަނީ ރޭ ޙާއްސަ ރަސްމިއްޔާތަކާއިއެކު އެމްޓީސީސީއިން އަމީނީ މަގުގައި މުޅިން އަލަށް ތާރު އަޅަން ފެށުމާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައެވެ.

އެގޮތުން މި ޓްވީޓްއްގައި މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ އިތުރުން މޫކޭ ވަނީ އެމްޓީސީސީގެ ގެ ތަޖުރިބާއާއި އެހީތެރިކަަމަށް ބޭނުންވާ ހިނދަކު އެ ކުންފުނީގެ ސީީއީއޯ އާދަމް އާޒިމް ދެއްވާ އިސް ކަމަށް ޙާއްސް ޝުކުރު އަދާ ކޮށްފައެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ނެގުމަށްފަހު ޕްލޭނިން މިނިސްޓްރީއިން އެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. އެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ މި ދިޔަ ސެޕްޓެމްބަރު މަހުގައެވެ. އާރުޑީސީއާއި އެ މަސައްކަތް ހަވާލުކުރީ 7 މަސްތެރޭ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. 

އެހެން ނަމަވެސް މަގު ނުހެދި ގިނަ ލިގުލައިގެން ދިއުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރާއި އާރުޑީސީއަށްވެސް އަމާޒުވަމުން ދިއުމާއި ގުޅިގެން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެފަހުން އެމްޓީސީސީއާއި ހަވާލުކުރިއެވެ. 

ޕްލޭނިން މިނިސްޓްރީއިން ބުނީ އެމްޓީސީސީއާއި ތާރު އެޅުމުގެ މަސައްކަތް ހަވާލުކުރީ ތާރު އަޅާ މެޝިން ބަހައްޓާނެ ޖާގަ އާރުޑީސީއަށް ނުލިބުމުން މަސައްކަތް އަނެއްކާވެސް އިތުރަށް ލަސްވެގެން ހިނގައިދާނެތީ، އެ މަސައްކަތް އަވަސްކުރުމަށް ކަމަށެވެ. 

އެމްޓީސީސީއިން އަމީނީ މަގުގައި ތާރު އަޅާނީ އަމީނީ މަގުގެ ސްޓެލްކޯ ހުންނަ އިމާރާތް ނިމޭ ހިސާބަށެވެ. އެއީ މިހާތަނަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ހިސާބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.