ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--
ހަބަރު
15 Feb 2023 | 14:45
އެފްކޮންސް ހިމެނޭހެން އިންޑިއާ 5 ކުންފުންޏަކުން އިންކަމް ޓެކްސް ދައްކަންނުޖެހޭކަމަށް ކަނޑައަޅައިފި

ރާއްޖޭގައި ހިންގާ އެކި މަޝްރޫޢުތަކުން އާމްދަނީ އިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫޢުތަކުގެ ލިސްޓް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ. 

ވިޔަފާރި މަޝްރޫޢުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީ އިން ޓެކްސް ދެއްކުމުން ޙާއްޞަ އިސްތިސްނާ ދިނުމާބެހޭ ގަވާއިދު ގެ 7 ވަނަ މާއްދާގެ ދަށުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އާމްދަނީ އިން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ދަފްތަރު މިއަދު ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

އެގޮތުން އެގޮތުން އިސްތިސްނާކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ތިލަމާލެ ބުރިޖާއި އައްޑޫގެ މަގުހެދުމުގެ މަޝްރޫޢު ހިންގާ އެފްކޯންސް ކުންފުނި ހިމެނޭއިރު، ބުރިޖު މަޝްރޫޢާ ގުޅިގެން 16 ސެޕްޓެންބަރު 2021 ވަނަ ދުވަހުން ފެށިގެން 17 މޭ 2024 ވަނަ ދުވަހާ ހަމައަށް އެ ކުންފުންޏަށް ވަނީ އިސްތިނާ ދީފައެވެ. އަދި އައްޑޫ މަގުހެދުމާ ގުޅިގެން 26 މޭ 2021 ވަނަ ދުވަހުން 31 ޑިސެންބަރު 2024 ވަނަ ދުވަހާ ހަމައަށް އިސްތިސްނާ ދީފައިވެއެވެ. 

މީގެ އިތުރުން އައްޑޫ ސިޓީ ޑިވެލޮޕްމެންޓު މަޝްރޫޢަށް ކޮންސަލްޓެންސީ ދޭ އިންޑިއާ ދެ ކުންފުނިކަމަށްވާ އެލް އެންޑް ޓީ އިންފްރަސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑްއާއި ލިއާ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިމެޓް ލިމިޓެޑް ޖޭވީ އަށް އިންކަމް ޓެކުސް ޤާނޫނުން 26 މޭ 2021 އިން ފެށިގެން 31 ޑިސެންބަރު 2025 ވަނަ ދުވަހާ ހަމައަށް އިސްތިސްނާ ދީފައިވެއެވެ. 

ހަނިމާދޫ އެއާޕޯޓް އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް 2025 ވަނަ އަހަރާ ހަމައަށް އިސްތިސްނާ އިސްތިސްނާ ދީފައިވެއެވެ. އެގޮތުން، 2025 ވަނަ އަހަރުގެ މާރިޗު މަހާއި ހަމައަށް އިސްތިސްނާ ދީފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ތަކުގެ މަޝްރޫޢުތަކަށެވެ. އަދި އެ އަހަރުގެ އޮކްޓޯބަރު މަހަށް އިސްތިސްނާ ދީފައިވަނީ ހަނިމާދޫ އެއާޕޯޓް ގެ މަޝްރޫއަށެވެ. 

ހަމައެހެންމެ، 6 ރަށެއްގައި ނަރުދަމާގެ މަސައްކަތްކުރާ ވިޝްވަރާޖު އެންވަރަމެންޓް ޕްރައިވެޓް ލިމިޓެޑް 27 ޖުލައި 2021 ވަނަ ދުވަހުން ފެށިގެން 31 މާޗު 2025އާ ހަމައަށް އިންކަމް ޓެކްސް ޤާނޫނުން އިސްތިސްނާކޮށްފައިވެއެވެ.

މި ކުންފުނިތަކުގެ މަޝްރޫއުތަކަށް އިސްތިސްނާ ދިން ސަބަބެއް ކަމުގައި ފިނޭންސް މިނިސްޓްރީން ބުނީ، އެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާ ގުޅޭ ގޮތުން އިންޑިއާގެ އެގްޒިމް ބޭންކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކާ ގުޅިގެން ޓެކުސް ނެގުމުން އިސްތިނާކުރަންޖެހޭތީކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.