މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު: ފޮޓޯ/ މިހާރު
ހަބަރު
16 Feb 2023 | 10:16
ޑްރަގް އަކީ ވެރިންގެ ވިޔަފާރި: ޝިފާ

ޑްރަގް އަކީ ވެރިންގެ ވިޔަފާރި ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާޙިމް ވަހީދު މަޖިލީހުގައި ދެއްކެވި ވާހައެއްގެ ވީޑިއޯ އެއް ހިއްސާކޮށް ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރު މެމްބަރުންނޭ ކިޔައިގެން ތިއްބާ ޑިކްޓޭޓަރޝިޕަކަށް މިއަދުގެ ސަރުކާރު ބަދަލުވެފައިވާ ކަމަށެވެ. 

"އެމްޑީޕީ އުފެދުނީވެސް ގައުމު އިސްލާހު ކުރުމަށް އަދި އިންސާފު ހޯދުމަށް. ޑްރަގް އަށް ނޫނެކޭ ބުނަންޖެހޭ. ބެސްޓް ޕްރެކްޓިސް ކަމަށް ބުނެ ހުރިހާ އުނދަގުލެއް ތަހައްމަލު ކުރަނީ އާއްމު ރައްޔިތުން. ޑްރަގު އަކީ ވެރިންގެ ވިޔަފާރި." ޝިފާ ވިދާޅުވި އެވެ.

ޝިފާ ޓްވީޓް ކުރެއްވި ވީޑިއޯގައި ވަހީދު ވަނީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް މި ސަރުކާރުން މަޝްރޫއުތައް ހިންގަމުންދިޔަ ނަމަވެސް، އެއީ ހަމައެކަނި މެނިފެސްޓޯ ކަމުގައި ދެކި އެހެން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެފައެވެ.

އަދި ސަރުކާރު ޖަވާބްދާރީ ކުރެވޭނެ ނުވަތަ ޒިންމާދާރު ވެރިކަމެއް ހިންގޭނެ ނިޒާމެއް ގާއިމް ނުކުރެވޭ ކަމަށާއި، ސަރުކާރާއި ދެކޮޅަށް ވާހަކަ ދެއްކުމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރާ މެންބަރުން ބުނަމުންދާ ކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.