ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 Feb 2023 | 16:25
ސްޓޫޑެންޓް ލޯން ނުދައްކައިގެން ކޯޓަށް ދާން ޖެހޭ ނަމަ އެކަންވެސް ކުރާނަން: މިނިސްޓަރު

ދަރިވަރުންނަށް ލޯނު ދެނީ ސަރުކާރުން ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށާ، އެ ލޯނު ނުދައްކައިގެން ކޯޓަށް ދާން ޖެހޭ ހިސާބަށް ގޮސްފިނަމަ އެކަންވެސް ކުރައްވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓޫޑެންޓް ލޯން ނުދައްކާ ދަރިވަރުންނާއި މެދު ޢަމަލު ކުރާނެ ގޮތާއި ގުޅިގެން ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ލޯނު ނުދައްކައިގެން ކޯޓަށް ދާން ޖެހިއްޖެ ހާލަތެއްގައި ކޯޓަށްވެސް ދާނެ ކަމަށެވެ. އެހެނީ ދަރިވަރުންނަށް ސަރުކާރުން ލޯނު ދެނީ ވަރަށް ބޮޑު ގުރުބާނީ ތަކެއް ވެގެން ކަމަށާ، ލޯނު ދެއްކުމަކީ ލޯނު ނަގާ ކޮންމެ ދަރިވަރެއްގެ މައްޗަށްވެސް ވާޖިބެއް ކަމަށް ވިދާޅުވިއެވެ. 

"ލޯނު ފައިސާ ހޯދުމަށްޓަކައި އަޅުގަނޑުމެން ކޯޓަށް ދާންޖެހޭ ހިސާބަށް ދިޔައީމާ ކޯޓަށްވެސް ދާނަން. ދަރިވަރުންނަށް ލޯނުމިދެނީ ސަރުކާރުން ވަރަށް ބޮޑު ގުރުބާނީއެއް ވެގެން. ހޭދައެއް ކޮށްގެން. ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް އެބަހުރި ރާއްޖޭގައި ހިންގަންޖެހޭ."

"މިހުރިހާ ކަމެއް ހުއްޓާ، ކޮވިޑް ތެރޭގައިވެސް މިހާރުވެސް އޭގެ ކުރިންވެސް ދަރިވަރުންނަށް ސްޓޫޑެންޓް ލޯން މިދެނީ މީހުން ބިނާ ކުރުމަށްޓަކައި އެކަން މުހިންމު ވާތީ. އެހެންވީމާ ދަރިވަރުންގެ މައްޗަށް އޮތް ޒިންމާއެއް، އެމީހުންގެ މައްޗަށް ވާޖިބެއް އެއީ އެ ފައިސާ ދެއްކުން." މިނިސްޓަރު ވިދާޅުވި އެވެ. 

މިއާއެކު މިނިސްޓަރު ވިދާޅުވީ، މުސްތަގުބަލުގައި އެހެން ދަރިވަރުންނަށް ވެސް ތައުލީމު ހާސިލު ކުރުމަށް ލޯނު ފޯރުކޮށްދެވޭނީ، ކުރިން ލޯނު ނަގާ ދަރިވަރުން އެ ދެއްކުމުން ކަމަށެވެ. އެއީ މުސްތަގުބަލުގައި ގައުމު ބިނާ ކުރުމަށްވެސް މުހިންމު ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ލޯނު ނުދައްކާ ދަރިވަރުންގެ އަތުން އެ ފައިސާ ހޯދުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.  

"އަޅުގަނޑު ގަބޫލުކުރާ ގޮތުގާއި ކޮންމެ ދަރިވަރެއްގެ މައްޗަށް ވެސް ވާޖިބެއް، ސަރުކާރުން ލޯނު ދިނީމާ، އެ ފުރުސަތުގެ ބޭނުން ހިފުމަށްފަހު، އެ ފުރުސަތު ގެ ބޭނުން އެހެން ދަރިވަރުން ހިފުމަށްޓަކައި އެކަން ކުރުން. އެއީ ހަމަ މޯރަލް ރެސްޕޮންސިބިލިޓީއެއް. އެހެންވީމާ އަޅުގަނޑުމެން އެ ފައިސާ ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް
އަހްމަދު
ލޯނު ދޭން މަޖުބޫރު ވަނީ އެހެން ފަރާތްތަކުން ދޭ އެހީގެ ކޮންޑިޝަން އަކަށް އެކަން ވާތީ. ތި އަނބުރާ ކުދިން ދައްކާކަށް ނުޖެހޭނެ. އޮޅުވާލުން ކޮންމެ ކަމެއްގަވެސް.
17 Feb 2023
ޅިޔަނު
ފްރީ ޑިގްރީ މިހާރު ލިބޭވަރު ކުރިން ލޯން ދިން ކުދިން އަތުން ކަނޑާ ދެވިދާނެތޯ؟ ޙައްގެއް ނުންތޯ
18 Feb 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.