ހަނާކުރި ކުކުޅު-
ހަބަރު
17 Feb 2023 | 08:01
މި ހުކުރު މިގޮތަށް ކުކުޅު ހަނާކޮށްގެން ކާލަން ސަޅިވާނެ!

ހުކުރު ދުވަހަކީ އާއްމުކޮށް ކުކުޅަށް ޚާއްސަ ދުވަހެކެވެ. މިއަދު ގިނަ ގޭގޭގެ މެންދުރު ކެއުމަށް ސުފުރާމަތިން ފެންނާނީ ކޮންމެވެސް ގޮތަކަށް ތައްޔާރު ކޮށްލާފައި ހުރި ކުކުޅެވެ. އެހެންކަމުން މި ހުކުރު ވޮއިސް ގެ ބަދިގެއިން ވެސް މި ގެނެސްދެނީ މީރުކޮށް ކުކުޅު ހަނާކުރާނެ ގޮތެވެ. 

ބޭނުންވާ ތަކެތި 

1 ކުކުޅު (1400 ގުރާމުގެ، ހަންގަނޑު ނޮޅައިފައި ބޮޑެތިކޮށް ކޮށާފައި)

4 މޭޒުމަތީސަމުސާ ދިވެހި ހަވާދު (ހިމުންކޮށް މުގުރާފައި)

½ ސައިސަމުސާ މުގުރި ފޮނިތޮށިކާފޫރުތޮޅި (ބޭނުން ނަމަ)

½ ސައިސަމުސާ އަސޭމިރުސް (މުގުރި)

5 ލޮނުމެދު (ގާނައިފައި) 

1 ސައިސަމުސާ އިނގުރު (ގާނައިފައި)

2 ފިޔާ (ބޮޑު، ތުނިކޮށް ކޮށާފައި)

½ ސައިސަމުސާ ރީނދޫ

½1 ޖޯޑު ކާށިކިރު 

ތެޔޮ

ހިކަނދިފަތް، ރާނބާފަތް، ގިތެޔޮމިރުސް، އަދި ރަހަލާވަރަަށް ލޮނު

ތައްޔާރުކުރާނެ ގޮތް

1) ކުކުޅުގައި އަސޭމިރުހާއި، ރީނދުލާއި، 1/2 ސައިސަމުސާ މުގުރާފައި ހުރި އިނގުރާއި ލޮނުމެދު، އަދި ރަހަލާނެ ވަރަށް ލޮނު ލުމަށްފަހު 10 މިނެއްޓު ވާންދެން މެރިނޭޓް ކޮށްލާށެވެ. 

2) ދެން އެ ކުކުޅު ކޮޅު ރަން މުށި ކުލަ އަރަންދެން ތެލުލާލާށެވެ. 

3) އެއަށްފަހު ތެޔޮ ފޮދެއްގެ ތެރޭގައި ފިޔާ މީރުކޮށް ލާށެވެ. އަދި ފިޔާކޮޅު މޯޅިވީމައި ހިކަނދި ފަތާއި ރާނބާފަތް އަދި ބާކީހުރި އިނގުރާއި ލޮނުމެދު އެއްކޮށްފައި، ކުޑަކޮށް ފްރައި ކޮށްލާށެވެ. 

4) ދެން އެއަށް ހަވާދު އެޅުމަށްފަހު ގާތް ގަނޑަކަށް 2 މިނެޓް ވަންދެން ހަނާކޮށްލާށެވެެ. 

5) އެއަށްފަހު ތެލުލި ކުކުޅުކޮޅު އަޅާލައި ރަނގަޅަށް އެކުލަވައި ލުމަށްފަހު، ބައި ޖޯޑު ކާށިކިރު އަޅައިފައި، މަތިޖަހައިގެން، މަޑު ގިނީގައި 15 މިނެޓް ވަންދެން ކައްކާލާށެވެ. ކައްކާއިރު، ކޮންމެ 3 މިނެއްޓަކުން ކުކުޅުކޮޅު ފުށުންޖަހައިލަން ވާނެއެވެ.  

6) ބާކީ ހުރި ކާށިކިރުޖޯޑުގެ ތެރެއަށް ފޮނިތޮށިކާފޫރުތޮޅި، ގިތެޔޮމިރުސް (ބޭނުންވާ ވަރަކަށް) އަޅައިލުމަށްފަހު އެ ކާށިކިރުޖޯޑު ކުކުޅުކޮޅުގެ ތެރެއަށް އަޅައިލާށެވެ. 

7) ދެން ރަނގަޅަށް އެއްކޮށްލައިފައި ލޮނު ހެޔޮވަރުކޮށްލުމަށްފަހު ކުޑަކޮށް ފެންގަނޑު ހިނދެންދެން ކައްކައިލާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.