ސައީދު ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Feb 2023 | 06:26
ދިވެހި ސިފައިން ނިކުމެ މާރިޔާ ހައްޔަރުކުރަން ޖެހޭ: ސައީދު

ދިވެހި ސިފައިން ނިކުމެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މާރިޔާ ދީދީ ހައްޔަރުކުރަން ޖެހޭކަމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް ޖަގަހަ ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއަށް ފާޑުކިޔުންތައް އަމާޒު ކުރައްވަމުންނެވެ. 

ސައީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ސިފައިން ކުޑައިމީސްކޮށް، ދިވެހިރާއްޖޭގެ ދިފާއީ ބާރަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ ރިކޯޑެއް އޮތް ބޭފުޅެއްކަމަށެވެ. 

އެގޮތުން ދިވެހި ސިފައިންނަކީ "ފިނޑި ފިނދަނަ" ތަކެއްގެ ގޮތުގައި މާރިސާ ސިފަކުރައްވާ ވާހަކަފުޅުދައްކަވާފައި ވާކަމަށް ސައީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ބޭނުންވެއްޖެނަމަ ރާއްޖެ ހިފިދާނެކަމަށް މާރިޔާ ވިދާޅުވެފައިވާކަމަށެވެ. އަދި އެފަދައިން އޭނާ ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި ބަސްދީގަތުމެއްގައިކަން ސައީދު ފާހަގަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެފަދަ ވާހަކަތަކަކީ ދިފާއީ ވަޒީރަކު ދެއްކުން އެކަށީގެންވާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެފަދަ ޒިންމާދާރު މަގާމެއްގައި ހުންނަވާ ފަރާތްތަކުން އެފަދަ ބަސްމަގެއް ގެންގުޅުއްވުމަކީ އެ މަގާމަށް ކުފޫ ހަމަނުވާކަން ދައްކައިދޭ ކަމެއްކަމަށެވެ. 

ސައީދުގެ ވާހަކައިގައި ވަނީ ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ، އަދި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ޞަމަދަށް މަލާމާތްކޮށް މާރިޔާ ދެއްކެވި ވާހަކަތަކަށްވެސް އަލިއަޅުވާލައްވާފަ އެވެ. 

ޞަމަދަށް އިންޑިއާއިން ކުރިމަތިވި ކަންކަމަށް މަލާމާތްކޮށް ހަޖޫ ޖައްސަވާ މާރިޔާ ދެއްކެވި ވާހަކަތަކަށް އެކަނި ބަލާލިޔަސް، ސިފައިން ސިފައިން ނިކުމެ އޭނާ ހައްޔަރުކުރަން ޖެހޭކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ. 

"އަޅުގަނޑުމެން އެންމެ ކުޑަމިނުން ބުނަން ޖެހޭ ބަސް މި ބުނަނީ.. މި ރާއްޖޭގައި ބޭރުގެ ސިފައިންނަކަށް ނުތިބެވޭނެއޭ. އެ ވާހަކަ ދެއްކި ބޭފުޅެއް ޞަމަދުބެއަކީ، އިންޑިއާއަށް ދިޔައިމަ ފޮނުވާލީމަ އެ ޖެހީ ޖޯކު. އެ ދެއްކި ވާހަކައިން އެކަނިވެސް ފުދޭ ދިވެހި ސިފައިން ނުކުމެ މާރިޔާ ހައްޔަރުކުރަން. ދިވެހި ސިފައިން ނިކުމެ މާރިޔާ ހައްޔަރުކުރަން ޖެހޭ"

މަޖިލީހުގެ މާވަށު ދާއިރާގެ ރައީސް މުހައްމަދު ސައީދު 

އޭގެ އިތުރުން ސައީދު ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވާ މާރިޔާ މަލާމާތްކުރީ ދިވެހި ރައްޔިތަކަށް ކަމަށެވެ. ކޮންމެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވި ނަމަވެސް، އަދި ސިޔާސީ ވަކި ޕާޓީއަކަށް ނިސްބަތްވާ ރައްޔިތަކަށް ނުވި ނަމަވެސް ގާނޫނު އަސާސީން އެމީހަކަށް ލިބެންޖެހޭ ހައްގުތަކެއް ވާކަމަށް ސައީދު ވިދާޅުވިއެވެ.

ދިވެހިރައްޔިތުންނަށް ބޭރު ގައުމުތަކުގައި ރައްކާތެރިކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ޚާރިޖިއްޔާގެ ކޮނޑުގައިވެސް އެޅިފައިވާ ޒިންމާއެއް ކަންވެސް އޭނާ ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެކަން އެހެން އޮއްވާ ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ދިވެހި ރައްޔިތެއްގެ ސިފައަށް މަލާމާތްކޮށް މި ގައުމުގެ އިއްޒަތާއި ކަރާމާތައް ބުރޫއަރާ މޭރުމުން ވާހަކަދައްކަވާފައިވާ ކަމަށެވެ. 

އެހެންކަމުން އެއީ ސިފައިން ނިކުމެ މިއަދު މާރިޔާ ހައްޔަރުކުރަން ޖެހޭ ސަބަބެއްކަމަށް ސައީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.