އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
20 Feb 2023 | 14:41
ރިޔާސީ އިންތިހާބަށް ފައިސާ ހޯދަން ތިލަފުށިން ބިން ކުއްޔަށް ދޫކުރަނީ އިންޑިޔާއަށް: ޝިޔާމް

ކ. ތިލަފުށީން ބޭރުގެ ކުންފުނިތަކަށް ބިން ކުއްޔަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ސިޔާސީ ބޭނުމަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފައިސާ ހޯދައި ވައްކަން ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ތިލަފުށިން 99 އަހަަރަށް ބޭރުމީހުންނަށް ބިން ކުއްޔަށް ދޫކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ހުރި ކަންބޮޑުވުންތައ  ހިއްސާ ކުރުމަށް އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ބިންތައް ނުއަގުގައި، ގާނޫނު އަސާސީ އާއި ބިމުގެ މުއާމަލާތް ތައް ހިންގުމަށް ހެދިފައިވާ ގާނޫނު ތަކާއިވެސް ޚިލާފަށް، ސިޔާސީ ބޭނުމަށް ވިއްކުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އަދި ތިލަފުށީގެ ބިމަކީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ހިއްކާފައިވާ ބިމެއް ކަމަށް ވާއިރު، އެ ބިމުން ބައެއް، ވަކި ބަޔަކަށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިވަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ފައިސާ ހޯދުމަށްޓަކައި ކަަމަށެވެ. 

"މިބިންތައް ސަރުކާރުން، ވަކިން ޚާއްސަކޮށް މި އަހަރަކީ މިއީ ރިޔާސީ އިންތިޚާބު އޮންނަ އަހަރަށްވާތީ އާއި އެކީގައި، ރިޔާސީ އިންތިޚާބަށް ފައިސާ ހޯދުމުގެ ބޭނުމުގަޔާއި، އަދި ވައްކަން ކުރުމުގެ ނިޔަތުގައި މި ބިންތައް ނުއަގުގައި، ބޭރު މީހުންނަށް، ވަކިން ޚާއްސަކޮށް އަޅުގަނޑުމެންނަށް މި އެނގެނީ، ނި ޑޮކިޔުމެންޓްގެ ކަރުދާސްތައް ފަރުމާކުރެވިފައި ހުރި ގޮތުން، އަޅުގަނޑުމެންނަށް މި އެނގެނީ، ސީދާ ވަކި ބަޔަކަށް، ވަކި ކުންފުނި ތަކަކަށް، ވަކި ގައުމެއްގެ، އިންޑިއާ ގެ ވަކި ކުންފުނި ތަކަކަށް ދިނުމުގެ ބޭނުމުގައި ތައްޔާރުކޮށް ފަރުމާ ކުރެވިފައިވާ ކަރުދާސްތަކެއް މި ހުރީ."

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް

ޝިޔާމް ވިދާޅުވީ ދިވެހިރާއްޖެ އަކީ މިނިވަން މުސްތަޤިއްލު ގައުމަކަށްވާއިރު، މި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫ އަރާފަދަ އެތައް ކަމެއް މިސަރުކާރުން ކުރަމުންދާ ކަމަށާއި، އެއީ އިދިކޮޅުންނާއި ދިވެހި ރައްޔިތުންވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެހެންކަމުން، އިދިކޮޅުން އަޑު އުފުލަމުން ދަނީ، އެފަދަ ކަންކަމާއި ދެކޮޅަށް ކަމަށާ، ތިލަފުށީގެ ބިން، "އުމުރު ދުވަހަށް" ބޭރުގެ ކުންފުނިތަކަށް ނު އަގުގައި ދެވޭ ދިނުމަކީ އެއްގޮތަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

ތިލަފުށިން ބީލަމުގެ އުސޫލުން ބިން ދޫކުރާއިރު ބޭރު ފަރާތްތަކަށް ބިން ދޫކުރާނީ ކުއްޔަށް ކަމަށާއި، އަދި އެފަދައިން ބިންތައް ދޫކުރާނީ ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނި ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން(އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ. 

އެގޮތުން ތިލަފުށިން 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ބިންތަކުގެ ތެރެއިން 4.3 ހެކްޓަރު (ވަކި 50 ޕްލޮޓެއްގެ ގޮތުގައި) ބީލަމުގެ އުސޫލުން ދޫކުރުމަށް 2023 ފެބުރުއަރީ 7 ވަނަ ދުވަހު އެ ކުންފުނިން އިއުލާނު ކޮށްފައިވާ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކަށް އެ ބީލަމުގައި ބައިވެރިވެވޭނީ އެ ވިޔަފާރިތަކަކީ ސަރުކާރުގެ ފޮރިން ޑިރެކްޓު އިންވެސްޓުމަންޓު ޕޮލިސީގެ ދަށުން އެފަރާތްތަކުން ކުރަން ގަސްދުކުރާ ވިޔަފާރިއަކަށް ހުއްދަ އޮތް އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ކަމަށެވެ. އެފަދަ ކުންފުނިތަކަށްވެސް ބިން ދޫކުރާނީ ކުއްޔަކަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.