ޕީޕީއެމް ޖަގަހަ ޖަސްލާގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Feb 2023 | 20:05
ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީތައް ޕީޕީއެމްގެ ފަހަތަށް އެރުމަށް ދަޢުވަތުއަރުވަން: އަބްދުއްރަހީމް

އިސްލާހަށް މަސައްކަތް ކުރަން ބޭނުންވާ ސިޔާސީ ޕާޓީތައް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަހަތަށް އެރުމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ދަޢުވަތުއަރުވައިފި އެވެ. 

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަހަތަށް އެރުމަށް ސިޔާސީ ޕާޓީތަކަށް އަބްދުއްރަހީމް ދަޢުވަތުއަރުވާފައި ވަނީ ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރަށް ވާގަވެރިވާ ގިނަ ލީޑަރުންތަކެއް ރިޔާސީ އިންތިޚާބު ބޯމަތިވުމުން ސަރުކާރަށް ފާޑުކިޔަން ފަށާފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީއާއި ޚިލާފު ކަންތައްތަކެއް ސަރުކާރުން ކުރަމުންދާކަމަށް ސަރުކާރު ކޯލިޝަންގައި ތިބި ލީޑަރުން ދެއްކެމަކީ އެމީހުންގެ އިޚްލާސްތެރި ކަމާމެދު ސުވާލު އުފެދޭ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ހަމަ ހަގީގަތުގައިވެސް މިހާރު ގޯސްކޮށް ހިނގާ ކަންކަން އިސްލާހުކޮށް ގައުމުގާއި ރައްޔިތުންގެ ހައްގުގައި މަސައްކަތްޕުޅު ކުރަން ބޭނުންފުޅުވާ ސިޔާސީ ލީޑަރެއް ހުރިނަމަ އެ ބޭފުޅަކު ޕީޕީއެމްގެ ފަހަތަށް އަރާވަޑައިގަތުމަށް ދަޢުވަތުއަރުވާ ކަމަށެވެ. 

"ރައީސް ޔާމީންގެ ނަން މިފަހަރުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ. ޕީޕީއެމްގެ ފަހަތަށް އަރަންވީ އެހެން މީހުން. ޕީޕީއެމްއަކީ ރާއްޖޭގައި އޮތް އެންމެ ޕާޓީ. ބައިބައި ނުވެ ސާބިތުކަންމަތީ ހަރުދަނާ ލީޑަރެއްގެ ފަހަތުގައި ގައުމިއްޔަތުގެ ދިފާއުގައި ދީނުގެ ހައްގުގައި އޮތް ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ޕީއެންސީ. ތިޔަ ވިދާޅުވާ ވަރަށް މި ގައުމު ދެކެ ލޯބިވަންޏާ، ތިޔަ ވިދާޅުވާގޮތަށް ގައުމުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭން ބޭނުންކަމަށް ވަންޏާ، ހުރިހާ ކަމެއް ހުއްޓާލާފަ އަންނަންވީ ނޫން ތޯ ޕީޕީއެމް އާއެކު މި މަސައްކަތުގައި ބައިވެރިވާން"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް އޮތް ކަމަށެވެ. އެހެން ނަމަވެސް އެކުގައި މަސައްކަތް ކުރުމަށް ޝަރުތުތަކެއް ހުރިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވަނީ އެ ޝަރުތުތައްވެސް ހިއްސާ ކުރައްވާފަ އެވެ. 

"ޕީޕީއެމްގެ ދޮރު މިއޮތީ ހުޅުވާލެވިފަ. އެކަމަކި ޝަރުތަކާއެކީގައި. އެ ޝަރުތަކީ ހަމައެކަނި ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަންވާނީ. މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރަންވާނީ. ދީން ހިމާޔަތްކުރާ ވާހަކަ ދައްކަންވާނީ. ސަރުކާރުން މަށަށް ލިބޭނެ އެއްޗެއްގެ ވާހަކަ ދައްކަންވީ ވަގުތެއް ނޫން މީކީ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވިދާޅުވީ މިއީ ދެން އަންނަ ވެރިކަމެއްގައި ތިމަންނާމެންނަށް ލިބެން އޮތީ ކޮން މަންފާއެއްތޯ ބަލަންވީ ވަގުތު ނޫން ކަމަށެވެ. އަދި މިއީ އަމިއްލަ އެދުން ދޫކޮށްލާ ގައުމު އިސްކުރަންވީ ފަހަރު ކަމަށެވެ.

މިފަހަރު ބަލަންވީ ގައުމަށް ގައްދާރިވި މި ސަރުކާރުގެ އިސްވެރިންގެ ކިބައިން ގައުމު ސަލާމަތްކޮށްދެވޭނެ ގޮތެއް ކަމަށާއި، އެކަން ކުރުމަށް ސިޔާސީ ޕާޓީތަކުން ޕީޕީއެމްއާއި އެކު މަސައްކަތް ކުރުމަށް ނިކުމެވަޑައިގަތުމަށް އަބްދުއްރަހީމް ގޮވާލެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.