P ޕްރަމޯދް މުތަލިކް/އިންޑިޔާގެ ޕޮލިޓީޝަނެއް
ހަބަރު
21 Feb 2023 | 09:15
މުސްލިމް އަންހެންކުދިން ލޯބީގެ ދަލުގައި ޖައްސާ، ވަޒީފާ ކަށަވަރުކޮށްދޭނަން: ޕްރަމޯދް

މުސްލިމް އަންހެން ކުދިން ލޯބީގެ ދަލުގައި ޖެއްސުމުން ވަޒީފާ ކަށަވަރިކޮށްދޭނެ ކަމަށް އިންޑިޔާގެ ޕޮލިޓީޝަނެއް ކަމަށްވާ ޕްރަމޯދް މުތަލިކް ހިންދޫ ދީނުގެ ޒުވާނުންނަށް ގޮވާލައިފިއެވެ.

ޢާންމުކޮށް ހުޅުވާލެވިގެން ކަރްނާޓަކާގެ ބަގަލްކޯޓްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން ޕްރަމޯދް ބުނެފައިވަނީ "މިކަން ހިނގާގޮތް އަހަންނަށް އެބައިނގޭ، އަހަރެން ބޭނުން މިތާގައި ތިބި އަހަރެމެންގެ ޒުވާނުންނަށް ދައުވަތުދެން، ހިންދޫ އެއް އަންހެން ކުއްޖަކު ގެއްލިއްޖެއްޔާ މުސްލިމް 10 އަންހެން ކުދިން ލޯބީގެ ދަލުގައި ޖައްސަން، އެގޮތަށް ކަންތައް ކޮށްފިނަމަ އަހަރެންގެ "ޝްރީ ރާމް ސޭނާ" އިން ތި ޒުވާނުންގެ ޒިންމާ ނަގާނަން، ރައްކާތެރިކަން ކަށަވަރުކޮށްދޭނަން، ވަޒީފާވެސް ޔަޤީން ކޮށްދޭނަން" މިހެނެވެ.

ޕްރަމޯދް އަކީ އިންޑިޔާގެ ބީޖޭޕީ އަށް ނިސްބަތްވާ މީހެކެވެ.

އެރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޕްރަމޯދް ހިންދޫ ދީނުގެ ޒުވާނުންނަށް ގޮވާލައިފައިވަނީ  "ލަވް ޖިހާދު" ގައި ޖެހުނު ހިންދޫ ދީނުގެ އަންހެން ކުދިންނަށް ޓަކައި ބަދަލު ހިފުމަށް މުސްލިމް އަންހެން ކުދިން ލޯބީގެ ދަލުގައި ޖެއްސުމަށެވެ.

"އަދިވެސް ހާލަތު އޮތީ ހަމަ އެގޮތަށް، އަހަރެމެންގެ އަންހެންކުދިން ލޯބީގަ ޖެހި "ލަވް ޖިހާދު" ގެ ޝިކާރައަކަށް ވެގެން މިދަނީ، ޤައުމުގެ އެކި ކަންކޮޅުތަކުގައި މިކަން މިދަނީ ތަކުރާރު ވަމުން، އެތައް ހާސް އަންހެން ކުދިންނަކަށް ލޯބީގެ ނަމުގައި ދަނީ މަކަރުހަދަމުން، އަހަރެމެންގެ އަންހެން ކުދިން މިކަމަށް ހުޝިޔާރު ކުރުވަން އެބަޖެހޭ" ޕްރަމޯދްގެ ވާހަކައިގައި ބުނެފައިވެއެވެ.

"ލަވް ޖިހާދު" ގެ ނަމުގައި މުސްލިމުންގެ ބޮލުގައި އަޅުވާ އިލްޒާމަކީ ހުދު ހިންދޫއިން އިސްލާމްދީނާއި ދެކޮޅަށް އުފައްދާފައިވާ ފިކުރެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެފިކުރަކީ މުސްލިމުންނާއި މެދުގައި މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ފޯއްދައި ފެންދީ ބޮޑު ކޮށްފައިވާ ފިކުރެކެވެ.

"ލަވް ޖިހާދު" ގެ ތިއަރީ އަކީ މުސްލިމް ފިރިހެނުން ހިންދޫ ދީނުގެ އަންހެނުން ލޯބީގެ މަޅީގައި ޖައްސައި އެއަންހެނުންނަށް އިސްލާމް ދީނަށް ވަނުމަށް މަޖުބޫރު ކުރުވާ ކަމަށެވެ. އަދި އެއަންހެނުން މެދުވެރިކޮށް މީހުން މަގުފުރެއްދުމާއި، ރަހީނު ކުރުން ފަދަ ބޮޑެތި ކުށްތައް ކުރާ ކަމަށާއި، ބައިނަލް އަޤްވާމީ ބޮޑެތި ކުށްވެރިންނާއި ގުޅިގެން އިންޑިޔާއާއި ދެކޮޅަށް ރޭވުންތައް ރޭވުން ކަމަށް އެފިކުރު އުފެއްދި ހިންދޫން ވަނީ ހަދައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.