ބްލައިންޑް އެންޑް ވިސުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)ގެ ބައެއް މެންބަރުން: ފޮޓޯ/ މީސްމީޑިއާ
ހަބަރު
21 Feb 2023 | 15:54
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިނިވަންކަމާއި އެކު ވޯޓު ލުމުގެ ހައްގު ހޯދާއިދޭން އެދި ޕެޓިޝަން

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިނިވަންކަމާއި އެކު ވޯޓު ލުމުގެ ހައްގު ހޯދާއިދޭން އެދި ޕެޓިޝަން ދިވެހި ރާއްޖޭގެ ލޯފަން މީހުންގެ ހައްގުތަށް ހޯދައި ދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާ، ބްލައިންޑް އެންޑް ވިސުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) ފަރާތުން ފެޓިޝަނެއް އެކުލަވާލައިފިއެވެ.

މި ޕެޓިޝަނުގައި އެ ޖަމިއްޔާއިން ވަނީ، ދިވެހި ރާއްޖޭގައި ނިންމާ ބޮޑެތި ނިންމުންތައް ނިންމުމައްޓަކައި ނެގޭ ވޯޓަކީ ސިއްރު ވޯޓަކަށް ވުމުގެ ހައްގަކީ ކޮންމެ ދިވެހި ރައްޔިތަކައްމެ ލިބިގެން ވާ ހައްގަކަށް ވީ ހިނދު ވެސް ދުނިޔޭގެ ގައުމު ތަކުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހަކަށް ބާރޯސާ ވުމެއް ނެތި ސިއްރު ވޯޓެއް ލުމައްޓަކައި ހަމަޖައްސާފައި ހުންނަ ތަފާތު ވަސީލަތް ތަކުގެ ތެރެއިން އެއްވެސް ވަސީލަތެއް ދިވެހި ރާއްޖޭގައި ބޭނުން ނުކުރާކަން ފާހަގަކޮށްފައެވެ. 

އަދި އޭގެ ސަބަބުން ދިވެހި ރާއްޖޭގައި އުޅޭ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަނީ މިނިވަންކަމާއި އެކު ވޯޓުލުމުގެ ހައްގުން މަހުރޫމު ވެފައި ކަމަށްވެސް ބުނެފައިވެއެވެ. 

"އެހެން މީހަކަށް ބަރޯސާ ވެގެން ވޯޓު ލުމަށް މަޖުބޫރު ވެފައި ވުމުން އެހީތެރިކަން ހޯދާ ފަރާތުގެ ނުފޫޒާއި ހުރެ އަމިއްލަ ވިސްނުމާއި އެއްގޮތަށް ވޯޓު ލުމަށް ވަނީ ހުރަސް އެޅިފައެވެ." ބްލައިންޑް އެސޯސިއޭޝަންގެ ޕެޓިޝަނުގައި ބުނެފައި ވެއެވެ. 

މި ސަބަބު ތަކާއި ހުރެ، އެ ޕެޓިޝަނުގައި ވަނީ، ކުރިއަށްވެސް އޮތީ ގައުމުގެ އެންމެ ބޮޑު ނިންމުން ނިންމާ އިންތިހާބު ކަމަށް ވުމާ އެކު ފެނުމުގެ ނުކުޅެދުން ތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހަކަށް ބަރޯސާ ވުމެއް ނެތި ވޯޓު ލުމައްޓަކައި ހުރި ހުރަސްތަ މި ހިނދުން މި ހިނދަށް ނައްތާލާ، މި ހައްގު ކަށަވަރު ކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށާއި، ސިޔާސީ ޕާޓީ ތަކަށާއި، ކަމާއި ގުޅުން ހުރި ދައުލަތުގެ އެންމެހައި މުވައްސަސާތަކަށް ދިވެހި އެންމެހައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ނަމުގައި ގޮވާލާފައެވެ. 

އަދި މި ޕެޓިޝަނުގައި ވީހާވެސް ގިނަ ފަރާތްތަކުން ސޮއި ކުރުމަށްވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.